Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވާރލްޑް ހެލްތު އެސެމްބްލީ

ސިއްހަތު ޖަމްއިއްޔާގެ 72 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީ ނިމިއްޖެ

28 މެއި 2019 | އަންގާރަ 18:21

ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ގައުމުން ބައިވެރިވި

އަމްނާ އިމާދު
އަމްނާ އިމާދު | 28 މެއި 2019 | އަންގާރަ 18:21
ވާރލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ވަފްދު މިނިސްޓަރު އަމީންގެ އަރިހުގައި

ވާރލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ވަފްދު މިނިސްޓަރު އަމީންގެ އަރިހުގައި

ސްވިޒްލޭންޑްގެ ޖެނީވާގައި ބޭއްވުނު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ވާރލްޑް ހެލްތު އެސެމްބްލީ"ގެ 72 ވަނަ ބައްދަލުވުން ނިމިއްޖެއެވެ.

މިމަހުގެ 20 އިން 28 އަށް މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ގައުމުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ގައުމުތަކުގެ ސިއްހަތާއިބެހޭ ވަޒީރުންނާ ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ބައިނަލް އަގުވާމީ މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މިއަހަރުގެ މިބައްދަލުވުމުގައި ބައިވެރިވި ރާއްޖެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. މީގެ އިތުރުން މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގައި ކޮމިޓީ-ބީގެ ވައިސް ޗެއަރމަންކަން މިނިސްޓަރު އަމީން ވަނީ އަދާކުރައްވާފައެވެ.

މިއަހަރުގެ ބައްދަލުވުމުގައި ގައުމުތަކުގެ އިސްބޭފުޅުން ތަގުރީރު ކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ މައުޟޫއަށް ރާއްޖޭގެ ވަފްދުގެ ފަރާތުން މިނިސްޓަރު އަމީން ތަގްރީރު ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ސިއްޙީ މައްސަލަތަކުގެ މައްޗަށްވެސް ވާހަކަފުޅުދެއްކެވިއެވެ.

މިއަހަރުގެ ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ދިޔަ ސިއްހަތާއި ގުޅުންހުރި މުހިންމު ކަންކަމާއި ގުޅޭ ސައިޑް އިވެންޓްތަކުގައި ރާއްޖޭގެ ވަފުދުން ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި ވައި ނުސާފުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ކުރިމަތިވާ މައްސަލަތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާއިމެދު މަޝްވަރާ ކުރުމަށް ސައިޑް އިވެންޓް ވަނީ ބާއްވާފައެވެ.

އެގޮތުން މިއިވެންޓް ފެށުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯސް ދެއްކެވި ވާހަކަފުޅުގައި ތިމާވެއްޓަށް ދިމާވާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ސިއްޙަތަށް ދިމާވާ ކަންތައްތަކާއި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ގްލޯބަލް ޕްރޮގްރާމް އޮފް ވޯކް އާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ ތެރެއިން އެފަދަ ކަންތައްތައް ރަނގަޅު ކުރަން ކުރެވެމުންދާ މަސައްކަތްތަކާއި މެދު ވާހަކަދެއްކެވިއެވެ.

މި އިވެންޓްގައި މިނިސްޓަރ އަމީން ދެއްކެވި ވަހަކަފުޅުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ސިއްޙަތާމެދު ވިސްނާ އެކަމަށް މަސައްކަތް ކުރުމުގެ މުހިއްމުކަމާމެދު އަލިއަޅުވާލެއްވިއެވެ. އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެންވައިރަމަންޓާއި އެކު ކުރެވޭ މަސައްކަތްތަކާއި ގްރީން ކްލައިމެޓް ފަންޑްގެ ދަށުން ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތްތަކާމެދުވެސްވަނީ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން "ސޭފް އެންޑް އެފޯޑަބްލް ސަރޖަރީ" އާއި ބެހޭ ސްއިޑް އިވެންޓެއްގައި މިނިސްޓަރު އަމީންއާއި މިނިސްޓްރީގެ ވަފްދުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ސައިޑް އިވެންޓަކީ ފީޖީ ސަރުކާރުން އިސްނަންގަވައިގެން، ރާއްޖެއާއި ބަހާމާސް އަދި ޓޮންގާ އިން ކޯ-ސްޕޮންސަރ ކޮށްގެން ކުރިޔަށް ގެންދިޔަ ސައިޑް އިވެންޓެކެވެ.

މިސައިޑް އިވެންޓްގައި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ކަމާ ގުޅުންހުރި ފަރާތްތަކާއި އެހެނިހެން ޖަމިއްޔާ ތަކާއި ޤައުމުތަކުގެ ވަފްދުތަކުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއިވެންޓްކުރިޔަށް ގެންދެވުނީ ޕެނަލް ޑިސްކަޝަންއެއްގެ ގޮތުގައި ކުދި އަދި ޖަޒީރާ ގައުމުތަކުގައި އިމަރޖެންސީ ފަރުވާ އާއި ސާރޖަރީގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާމެދު ހުށަހެޅުނު ސުވާލުތަކެއްގެ ގޮތުގައެވެ.

ވާރލްޑް ހެލްތު އެސެމްބްލީގައި މިފަދަ ސައިޑް އިވެންޓްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ގައުމުތަކުން މިފަދަ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކުރުވާ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމެވެ.

"ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ހެލްތް މިނިސްޓްރީއާ ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުއާއި ދެމެދު ފަހުމުނާމާ އެއްގައި ވަނީ ސޮއިކޮއްފައެވެ.

މި ފަހުމުނާމާގެ ދަށުން ދެފަރާތް ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯރަޓޮރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކުރުމަށް ވަނީ އެއްބަސްވެފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކިއުބާ ސަރުކާރުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޓްރެއިނިންގެ އިތުރު ފުރުސަތު ހޯއްދަވާދެއްވުމަށް މިނިސްޓަރ އަމީން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދުމަށް މިބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.

މިއަހަރުގެ ވޯރލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖެއިން ވަނީ އަޅުވެތިކޮށްފައިވާ ފަލަސްޠީންގެ ސަރަހައްދުތަކުގެ ސިއްހީ ހާލަތު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ގޮވާލާ ތައްޔާތުކޮށްފައިވާ ރިޕޯޓްގައިވާ ކަންކަމާ މަޝްވަރާކޮށް، މިކަމާގުޅިގެން ނިންމި ނިންމުމަށް ތާއީދުކޮށް ވޯޓްދީފިއެވެ. އަދި ދިވެހިރާއްޖެއިން ވަނީ ފަލަސްތީން ރިސޮލުޝަން ކޯ ސްޕޮންސަރ ވެސް ކޮށްފައެވެ.

ރާއްޖޭގެ ވަފްދުން ވަނީ، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސައުދީ އަރަބިޔާ، މެލޭޝިޔާ، އިޓަލީ، އިންޑިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް އަދި ފިލިޕީންސް ގެ ވަފްދުތަކާއި ބައްދަލުކުރައްވާފައެވެ.

ދިވެހި ވަފްދުން ވަނީ، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މެލޭޝިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް ފަދަ ގައުމުތަކާއ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ އަދި ސްޓޮޕް ޓީބީ ޕާރޓްނަރޝިޕް އާއިއެކު ބައްދަލުވުންތައް ބާއްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި، ސިއްހީ ދާއިރާއިން ގައުމުތަކާއިއެކު އިތުރަށް ގުޅުން ބަދަހިކުރުމާއި، ސިއްހީދާއިރާ ކުރިއެރުވުމަށް ގައުމުތަކުން އެހީތެރިކަން ހޯދިދާނެ ގޮތްތަކަކާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

29 ޖުލައި 2017

ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި

29 ޖުލައި 2017
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި
14 ޖޫން 2017

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
09 އެޕްރީލު 2017

ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު

09 އެޕްރީލު 2017
ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް