Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރުން

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017 | އަންގާރަ 14:10

މި ސަރުކާރުން ހުށަހަޅާ އެއްވެސް އެއްޗަކަށް އާއެނކޭ ނުބުނާނަން

| 14 ފެބުރުއަރީ 2017 | އަންގާރަ 14:10
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލައި، ވައްކަން ކުރަމުންދާ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ މި ސަރުކާރުން ހުށަހަޅާ އެއްވެސް އެއްޗަކަށް އާނބަސް ވިދާޅުނުވާނެ ކަމަށެވެ.

"އެނަޖީ ޑްރިންކޭ، ސިނގިރެޓޭ، ދުންފަތޭ، އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ކޮންމެ ފަހަރަކު ރައްޔިތުން އަތުން ދެކޮޅުން، ދެކޮޅުން ފެލަމުން ގެންދިއުމަށް ޓަކައި ހުށަހަޅާ ބިލުތަކެއް މިއީ،" ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުން ކުރާ ކަންކަން ދެކޮޅު ނުޖެހޭކަން ހާމަކޮށްދެއްވުމުގެ ގޮތުން ޝާހިދު ވަނީ ރަނުންނާއި ލަގްޒަރީ ޔޮޓުން ޑިއުޓީ ނުނަގައި، ޒަރޫރީ އެހެން ބައެއް ތަކެތިން ޑިއުޓީ ނުނާ މައްސަލައަށް ހަޖޫޖައްސަވާފަ އެވެ.

"މިއަދު އަޅުގަނޑު ޖަލްސާއަށް މިއައީ ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ތެރެއިން ސަރުކާރުގެ ހެޔޮފުޅުކަމުން އިމްޕޯޓް ޑިއުޓީން ދެއްވާފައިވާ ލުއި އެއީ ސުން ޕަސެންޓަށް ރަނާއި ލަގްޒަރީ ޔޮޓުން ޑިއުޓީ ނަންގަވާތީ، ހެންވޭރު އުތުރުގެ ގިނަ ރައްޔިތުން ގައިގާ ރަން އަޅައިގެން ލަގްޒަރީ ޔޮޓުގައި އުޅުމުގެ ފުރުޞަތު ދެއްވާފައިވާތީ، އެކަމަށް ޝުކުރު އަދާކުރުމަށް،" މަލާމާތުގެ ރާގެއްގައި ޝާހިދު ވިދާޅުވި އެވެ.

ރަނުންނާއި ލަގްޒަރީ ޔޮޓުން ޑިއުޓީ ނުނަގާއިރު، ހިއަރިން އެއިޑާއި ކިޔަވާކުދިން ބޭނުންކުރާ ސާމާނުން އަދި ކަނބަލުންގެ ސެނެޓަރީ ނެޕްކިންއިން ޑިއުޓީ ނަގަނީ އެ ތަކެއްޗަކީ މި ސަރުކާރަށް ލަގްޒަރީ އެއްޗެހީގެ ގޮތުގައި ދެކޭތީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ލަގުޒަރީ ޔޮޓުން ސުން ޕަސެންޓަށް ޑިއުޓީ ކަނޑާލާފައި، އަޑު އިވުމުން މަޙުރޫމުވެފައިވާ މީހާގެ ކަންފަތުގައި ހަރުކޮށްލާފައި އިންނަ ހިއަރިން އެއިޑުން 5 ޕަސެންޓް ޑިއުޓީ ނަގާކަން އެއީ މި ސަރުކާރުގެ ހެޔޮފުޅުކަން ކަމުގައި ވެސް އަޅުގަނޑު ނުދެކެން. އިއްޒަތްތެރި ރައީސް، ކިޔަވާ ކުދިންނާއި ދޭތެރޭ ވެސް ކަންތައް އޮތީ މި ބީދައިން. އަޅުގަނޑުމެންގެ ޓެކްސް ބިލަށް ބަލައިލައިފިއްޔާ ހަމަ އެގޮތަށް 5 ޕަސެންޓްގެ ޓެކްސް ކިޔަވާކުދިން ބޭނުންކުރާ ސާމާނުން ނަގާ. އަޅުގަނޑުމެންގެ އަންހެން ކަނބަލުން ބޭނުންކުރައްވާ ސެނެޓަރީ ނެޕްކިން އެއީ ވެސް ލަގްޒަރީއެއްގެ ގޮތުގައި ހަމަގައިމުވެސް މިއަދުގެ ސަރުކާރުން ދެކެވަޑައިގަންނަވާ ކަމެއް،" ޝާހިދު ވިދާޅުވިއެވެ.

ސިއްހަތަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކާއިރު މާލޭގެ ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވާ މައްސަލަ ހުއްޓުވޭނެ ގޮތެއް ހައްދަވައިދެއްވައިފި ނަމަ އެކަމަށް ޝުކުރު އަދާކުރަމުން، ގިނަ އަދަދެއްގެ މީހުން ޕީ.ޕީ.އެމަށް ސޮއިކޮށްފާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ސިއްހަތުގެ ނަމުގައި ޓެކްސްތައް ނަގަނީ ބޮޑު އަގުގައި ހިންގާ މަޝްރޫއުތަކަށް އަގު އަދާކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ޓެކްހާ ބެހޭ ގޮތުން ހުށަހެޅިފައިވާ ބިލަކަށް ވިޔަސް ޓެކްސް ބޮޑުކުރެއްވުމުގެ ބަހަނާއެއް ކަމުގައި މިދައްކަވަނީ ސިއްޙަތު. އައި.ޖީ.އެމް.އެޗްގައި 25 ބުރީގެ ޢިމާރާތެއް އަޅަނީ. އޭގެ އަގު، އޭގެ ބިލު ބަލައިލީމާ އެބައެނގޭ އެ 25 ބުރީގެ ޢިމާރާތަށް އެބަ އަރާކަން އޭގެ 5 ޢިމާރާތުގެ އަގު. އެ އަގު އަދާކުރާނެ ގޮތެއް އެބަޖެހޭ ހަދަން،" 140 މިލިއަން ޑޮލަރުގެ އެ އިމާރާތާ ބެހޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް