Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

7 މާރިޗު 2017 | އަންގާރަ 17:06

ފުލުހަށް ހާޒިރުކޮށް 3 މީހެއްގެ ބަޔާން ވަނީ ނަގާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 މާރިޗު 2017 | އަންގާރަ 17:06
ފ އަތޮޅު ވިއްކާލުމާ ގުޅޭގޮތުން ބިލެތްފަހީގައި  ލިޔެފައިހުރި ލިޔުމެއް ފުލުހުން ގޮސް ފުހެލަނީ

ފ އަތޮޅު ވިއްކާލުމާ ގުޅޭގޮތުން ބިލެތްފަހީގައި ލިޔެފައިހުރި ލިޔުމެއް ފުލުހުން ގޮސް ފުހެލަނީ

ފ އަތޮޅު ވިއްކާލުމާ ދެކޮޅު ޝުޢޫރު ފާޅުކުރާކަމަށް ބުނެ ށ. ބިލެތްފަހީގެ ކެމްޕޭން ޓީމުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް އިންޒާރު ދެމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ބުނީ ފ. އަތޮޅު ވިއްކާލުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވާތީ އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ށ.ބިލެތްފަހީގައި އެރަށުގެ ރައްޔިތުން ފޮތިގަނޑުތައް ދަމައި، ޞުލްޙަވެރިކަމާއެކު ޝުޢޫރުތައް ފާޅުކުރުމުން އެކަން ހުއްޓުވާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެއީ ޚިޔާލުފާޅުކުރުމުގެ ޙައްޤު ނިގުޅައިގަތުން ކަމަށާއި، އެރަށުގެ އެމް.ޑީ.ޕީގެ އިސްފަރާތްތައް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަނީ ބިރު ދެއްކުމަށް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ މި ހަފްތާގެ އާދީއްތަ ދުވަހު ށ.ބިލެތްފަހީގެ ބަނދަރުމަތީގައި “ފ.އަތޮޅު ވިއްކާނުލާ” ލިޔެފައިވާ ފޮތިގަނޑެއް ބަޔަކު ދަމާފައިވާތީ ޤާނޫނާ ޚިލާފަށް އަމުރުކޮށް ފުލުހުން އެ ފޮތިގަނޑު ނެގުމަށް އަންގައި އެފޮތިގަނޑުތައް ނަގުވާފައިވާކަމަށެވެ. ހަމަ އެދުވަހުގެ ހަވީރު ފުލުހުން ށ.ބިލެތްފައްސަށް ގޮސް އެ ފޮތިގަނޑުތައް ހުރިތޯވެސް ވަނީ ބަލާފައި ކަމަށެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ ރޭ އަނެއްކާ އެ ރަށުގެ ރައްޔިތުން ފ.އަތޮޅު ވިއްކާނުލުމަށް ލިޔުންތައް ލިޔެ ޝުޢޫރުފާޅުކުރިކަމަށް އެމްޑީޕީން ބުންޏެވެ. އެކަމާ ގުޅިގެން 6 ވަނަ ދުވަހު 10 ވަރަކަށް ފުލުހުން ބިލެތްފައްސަށް ގޮސް އެމް.ޑީ.ޕީ ކެމްޕޭން ޙަރަކާތްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރާ 3 މީހުން ޤާނޫނީ އިމުގެ ބޭރުން ހާޒިރުކޮށްފައިވާކަމަށް އެމްޑީޕީން ބުނެ އެވެ. އެއަށްފަހު ބަޔާންތައް ނަގައި 3 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށްފަހު ފ. އަތޮޅާ ބެހޭގޮތުން އެއްވެސް އިދިކޮޅު ޙަރަކާތެއް ރޭވުމުގައި ބައިވެރިނުވާނެކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށް އިގްރާރުވެ ބަޔާނުގައި ސޮއިކުރުވިކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. އަދި އެފަދަ އެއްވެސް ކަމެއް ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ދީފައިވާކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ފ.އަތޮޅު ވިއްކުމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމުގައި ފުލުހުންނަށް ހަނދާކޮށްދޭ ކަމަށާއި ފުލުހުންގެ ދައުރަކީ ޤާނޫނީ އިމުގެތެރެއިން ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް މަގުފަހުކޮށްދިނުން ކަމުގައިވާއިރު އެފަދަ ޝުޢޫރުފާޅުކުރުން ހުއްޓުވައި ރައްޔިތުންނަށް ބިރުދެއްކުމަކީ ޤާނޫނު އަސާސީއާ އަދި ފުލުހުންގެ ޤާނޫނާ ޚިލާފް ކަމެއް ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު ކަންކަމުން ފުލުހުން ދުރުވެ، ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް