Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަސަން ލަތީފު ކެމްޕައިން

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2017 | ހުކުރު 09:08
 އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ހަސަން ލަތީފް ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިމްތިޔާޒު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ހަސަން ލަތީފް ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިމްތިޔާޒު ވާހަކަ ދައްކަވަނީ

މިހާރު އޮތީ މުޖުރިމުންނާއި ވައްކަމާއި ޚިޔާނާތުގެ ސަރުކާރެއް ކަމަށާއި އެކަން އިރުއިރު ކޮޅުން އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނ.ވެލިދޫ އެމްޑީޕީ ޖަގަހަ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެކަން ބަދަލު ކުރުމަށް އެމްޑީޕީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ސަރުކާރުން ހިންގާ ޖަރީމާތަކާއި ރައްޔިތުންނަށް ވަމުންދާ އޮޅުވާލުންތައް އަމިއްލަ ނަފްސަށް އަބަދުވެސް ހަނދާން ކޮށްދެންޖެހޭ ކަމަށާއި މިކަން އައިލާގެ މީހުންނާއި ރައްޓެހިންނަށްވެސް ހަނދާން ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވައުދުވި އެހެން ނަމަވެސް މިހާތަނަށް ފުއްދާދީފައިވާ ނުވާ ކަންތައްތައް ގިނަ ކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ވަޒީފާގެ ތަނަވަސްކަން އެތައް ގުނައަކުން އިތުރު ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. ކޮންމެ އައިލާއަކަށް ޑޮކްޓަރުން ތިބޭނެ ކަމަށް ބުނި ނަމަވެސް އެކަން ވެސް ސަރުކާރުން ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިމްތިޔާޒް ވިދާޅުވީ، ރިސޯޓު ތަކުގައި އުޅޭ ޒުވާނުންނަށް އެމީހަކު އުޅޭ ރިސޯޓަކުން ހިއްސާ ލިބޭނެ ކަމަށް ބުނި ނަމަވެސް އެކަމަށް ވެފައިވާގޮތެއްވެސް ނޭނގޭ ކަމަށާއި މަސްވެރިންނަށް ބެއަސް ނުބެއަސް ދިހަ ހާސް ރުފިޔާ ދޭނެ ކަމަށް ބުނި ބުނުމުގެ މާނައެއް ނެތް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އިމްތިޔާޒް ވަނީ މި ސަރުކާރަކީ ކޮރަޕްޝަނުގެ ސަރުކާރެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ."މި ސަރުކާރުން ވައްކަން ކުރި އަދަދު ސާފު ނުވޭ. ހާމަވެފައިވާ މިންވަރުންވެސް ރައްޔިތުން ވަނީ ސިއްސައިގެން ގޮސްފަ،" އިމްތިޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ތިން ހަތަރު ބިލިއަނުން ވައްކަން ކުރި ނަމަވެސް އޭގެ އިން އެންމެ ބައި ރުފިޔާއެއްވެސް އަނބުރާ ރައްޔިތުންގެ ތިޖޫރިއަށް ލާފަނުވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފެނަކައިންނާއި އެމްޕީއެލް އިންވެސް މިލިއަނުން ވައްކަންކޮށް އާއްމު ރައްޔިތުންގެ ދަރީންގެ މުސްތަގްބަލު ވަގަށް ނަގާފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ޖީއެމްއާރް އާއި ނެކްސްބިޒް އަށް ސަރުކާރުން ދައްކަން ޖެހުނު ފައިސާގެ ވާހަކަ ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ މި ހުރިހާ ޖަރީމާތައް ހިންގުމަށްޓަކާ ކުރާ ކަންކަމަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް، ސިޔާސީ ހަރަކާތްތަކާއި ހުރަސް އަޅާ ސިޔާސީ ލީޑަރުން ޖަލައްލުމެވެ.

އިމްތިޔާޒް ވިދާޅުވީ، މި ސަރުކާރުން ހިންގި ޖަރީމާތައް ފޮރުވުމަށްޓަކައި މޫނުމަތި ރީތި ކުރުމަށްވެސް ގިނަ އަދަދުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކިތަންމެ ގިނަ ފައިސާއެއް ހޭދަކުރި ނަމަވެސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ރީތިވެފަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިމްތިޔާޒް ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވި ވަކިވުމަށް ފާޑުވިދާޅުވެ، އެކަމުން ލިބޭ ގެއްލުމުގެ ޒިންމާ ފޮރިން މިނިސްޓަރާއި ބަންޑާރަނައިބު ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރަކީ އެންމެ ބާރުގަދަ ތަން ކަމަށް ހީކޮށްގެން ނުވާނެ: ރޮޒެއިނާ

މިސަރުކާރަކީ އެންމެ ބާރުގަދަ ތަން ކަމަށް ހީކޮށްގެން ނުވާނެ: ރޮޒެއިނާ

15 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު

ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު

08 އެޕްރީލު 2017
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

02 އެޕްރީލު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު