Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް ބޮކްސް އޮފީސް

އިންޑިއާގައި ނެރުނު ހަފުތާގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަކަށް ''އެވެންޖަރޒް: އެންޑްގޭމް''

4 މެއި 2019 | ހޮނިހިރު 11:38

ފިލްމަށް ފުރަތަމަ ހަފުތާގެ ތެރޭގައި 44.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 4 މެއި 2019 | ހޮނިހިރު 11:38
\'\'އެވެންޖަރޒް: އެންޑްގޭމް\'\'ގެ ޕޯސްޓަރެއް: މިއީ \'\'އެވެންޖަރޒް\'\' ސިލްސިލާގެ ފަހު ފިލްމު

\'\'އެވެންޖަރޒް: އެންޑްގޭމް\'\'ގެ ޕޯސްޓަރެއް: މިއީ \'\'އެވެންޖަރޒް\'\' ސިލްސިލާގެ ފަހު ފިލްމު

ބޮލީވުޑްގެ ފިލްމްތަކުން ހަދާފައި ހުރި ރެކޯޑްތައް މުގުރާލުމަށް ފަހު، ފުރަތަމަ ހަފުތާގައި އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް މާވެލްގެ "އެވެންޖަރޒް: އެންޑްގޭމް" ވެއްޖެއެވެ.

ފިލްމުގެ އޯޕަނިން ވީކެންޑްގެ އާމްދަނީއަށް ޖުމްލަ 310 ކްރޯޑް ރުޕީޒް (44.8 މިލިއަން ޑޮލަރު) ލިބިފައިވެއެވެ. ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހުގައި އެކަނިވެސް އެ ފިލްމުން 50 ކްރޯޑް ރުޕީޒްގެ އާމްދަނީއެއް ހޯދާފައިވާއިރު، ހަފްތާ ބަންދުގެ ތެރޭގައި އެކަނިވެސް 150 ކްރޯޑު ރުޕީޒްގެ (21.6 މިލިއަން ޑޮލަރުގެ) އާމްދަނީއެއް ފިލްމުން ހޯދާފައި ވެއެވެ.

އިންޑިއާގައި މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން މި ފިލްމާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބުނީ "ބާހޫބަލީ"ގެ ދެވަނަ ބަޔަށެވެ. އެ ފިލްމަށް ފުރަތަމަ ހަފުތާގެ ތެރޭގައި 247 ކްރޯޑް ރުޕީޒްގެ (35.7 މިލިއަން ޑޮލަރުގެ) އާމްދަނީއެއް ލިބިފައިވެއެވެ. މި ލިސްޓްގެ ތިން ވަނައިގައި އުޅެނީ ސަލްމާން ހާންގެ "ސުލްތާން" އެވެ. އެ ފިލްމަށް 227 ކްރޯޑް ރުޕީޒްގެ (32.8 މިލިއަން ޑޮލަރުގެ) އާމްދަނީއެއް ލިބިފައިވެއެވެ.

"އެވެންޖަރޒް އެންޑްގޭމް" އަށް މުޅި ދުނިޔެއިން ލިބުނު އާމްދަނީއަށް ބަލާއިރު، އެ ފިލްމަށް ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނި ވެސް 1.6 ބިލިއަން ޑޮލަރުުުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ "އެވެންޖަރޒް" ސިލްސިލާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އޭޖް އޮފް އަލްޓްރޯން" އާއި "ދި އެވެންޖަރޒް" ގެ ޖުމްލަ އާމްދަނީއަށް ވުރެން ވެސް ބޮޑު އާމްދަނީއެކެވެ. "އެވެންޖަރޒް" ސިލްސިލާގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކީ "އެވެންޖަރޒް: އިންފިނިޓީ" ވޯއެވެ. އެ ފިލްމަސް ދެ ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މާހިރުން ބުނާ ގޮތުގައި "އެންޑްގޭމް" އިން ފަސޭހަކަމާ އެކީ މި ރެކޯޑް މުގުރާލުމަށް ފަހު، ހޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖޭމްސް ކެމެރަންގެ އެވެޓަރގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
06 މާރިޗު 2017

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް