Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު 12 ކްރޯޑް ރުޕީޒް ލިބިފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 މާރިޗު 2017 | ހޮނިހިރު 14:40
އާލިޔާ ބަޓް އާއި ވަރުން ދަވަން

އާލިޔާ ބަޓް އާއި ވަރުން ދަވަން

މިދިޔަ ހުކުރު ދުވަހު ރިލިޒް ކުރި އާލިޔާ ބަޓް އާއި ވަރުން ދަވަން ފެނިގެންދާ ފިލްމް "ބްދަރިނާތްކީ ދުލްހަނިޔާ"އަށް ފުރަތަމަ ދުވަހު ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ކަރަން ޖޯހަރުޑައިރެކްޓް ކޮށްފައިވާ މިފިލްމަށް ކްރިޓިކްސް އަދި ބެލުންތެރިންގެ ފަރާތުން ދަނީ "ޕޮޒިޓިވް" ކޮމެންޓްސް ލިބެމުންނެވެ.

އަދި ވަރުން އާއި އާލިޔާގެ ޕާފޯމަސްގެ އިތުރުން ޝަޝާންކް ކައިތަންގެ ޑައިރެކްޝަނަށް ވަނީ ތައުޜީފް ކޮށްފައެވެ.

ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި ލިބުނު އާމްދަނީއާބެހޭ ގޮތުން ޓްރޭޑް އެންލިސްޓް ތަރަން އަދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ ފުރަތަމަ ދުވަހު ފިލްމްގެ ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާ ކަމަށާއި އަދި ހަފްތާ ބަންދުގައި ކުރިން އުއްމީދު ކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ފިލްމް ޑިސްޓްރިބިއުޓަރ އަކްޝޭ ރާތީ އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު 12 ކްރޯޑް އިންޑިއަން ރުޕީޒް ލިބިފައިވއިރު ހަފްތާ ބަނދުގައި 40 ނުވަތަ 50 ކްރޯޑް ރުޕީޒް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"ބަދްރީނާތްކީ ދުލްހަނިޔާ" އަކީ ވަރުން އާއި އާލިޔާ އެކުގައި ކުޅޭފައިވާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން "ސްޓޫޑެންޓް އޮފް ދަ އިޔާ" އާއި "ހަމްޓީ ޝަރްމާކީ ދުލަހަނިޔާ" ގައި މި ދެތަރިން އެކުގައި ވަނީ ފެނިގެން ގޮސްފައެވެ.

"ބަދްރީނާތްކީ ދުލްހަނިޔާ" އަކީ 2014 ވަނަ އަހަރު ބޮލީވުޑްގައި ކުރިއަރައިގެންދިޔަ ހެއްވާ މަޖާ ފިލްމެއް ކަމުގައިވާ " ހަމްޕްޓީ ޝަރްމާކީ ދުލްހަނިޔާ" ގެ ދެވަނަ ބައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު