Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

ފުރަތަމަ ދުވަހު ވެސް 5.10 ކްރޯޑް ރުޕީސް ލިބިފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 5 މާރިޗު 2017 | އާދީއްތަ 04:08
"ކޮމާންޑޯ2" ގެ ލީޑް ރޯލުން ފެނިގެންދާ ވިދްޔުތް ޖަމްވަލް

"ކޮމާންޑޯ2" ގެ ލީޑް ރޯލުން ފެނިގެންދާ ވިދްޔުތް ޖަމްވަލް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ކޮމާންޑޯ 2" އަށް ބޮކޮސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ވިދްޔުތް ޖަމްވަލް ލީޑް ރޯލުންފެނިގެންދާ މި ފިލްމް އެޅުވި ފުރަތަމަ ދުވަހު ވެސް 5.10 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރ ވިޕުލް ޝާހް ބުނެފައިވަނީ ފިލްމުގެ ކާސްޓުންނާއި ކްރޫއިން ތިބީ މި ކާމިޔާބީއާ މެދު ވަރަށް އުފަލުން ކަމަށެވެ.

މީގެ ކުރިން ރިލީޒް ކޮށްފައިވާ "ކޮމާންޑޯ: އަ ވަން މޭން އާރމީ" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 3.69 ރުޕީޒް އެވެ.

ފިލްމުގެ ޕްރޮޑިއުސާރ ޝާހު ބުނެފައިވަނީ ބޮލީވުޑްގެ ބޮޑެތި ތަރިން ކުޅެފައިވާ ފިލްމުތަކަށް ވުރެން މި ފލްމުގެ ފެށުން ރަނގަޅު ކަމަށާއި ބެލުންތެރިން ވަނީ މި ފިލްމާއި ފިލްމުގެ ތަރި ވިޔުތް ބަލައިގެންފައި ކަމަށެވެ.

ދެވަނައަށް ނެރޭ ފިލްމަށް ބޮޑު ކާމީޔާބީއެއް ލިބުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް "ކޮމާންޑޯ އަށް ވުރެން ބޮޑު ކާމިޔާބީއެއް "ކޮމާންޑޯ 2 " އަށް މިވަނީ ލިބިގެން ގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.

އަދި މި ފިލްމު ބެލި ފަރާތްތަކަށް ފިލްމު ކަމުގޮސްފައިވާތީ އެކަމާއި ވަރަށް ހިތްހަމަ ޖެހޭކަމަށް ޝާހް ވަނީ ބުނެފައެވެ.

ވަގު ފައިސާގެ މުއާމަލާތް ހިންގަމުންދާ މަންޒަރުތައް ދައްކުވައިދޭ މި ފިލްމައި ވިދްޔުތް ޖަމްވަލްގެ އިތުރުން ލީޑް ރޯލުން ފެނިގެން ދަނީ އީޝާ ގުޕްތާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު