Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

މިހާރު ވިއްކަމުންދަނީ  ފުރަތަމަ ފަސް ޝޯގެ ޓިކެޓު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ފެބުރުއަރީ 2017 | އަންގާރަ 00:11
 "މަލިކާ"ގެ ޕްރޮމޯޝަނަލް ޕޯސްޓަރު

"މަލިކާ"ގެ ޕްރޮމޯޝަނަލް ޕޯސްޓަރު

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މަލިކާ" އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފިލްމްގެ މާކެޓިން ހެޑް ހުސައިން ނޫރައްދީން ބުނެފިއެވެ.

މައުލޫމާތު ދެމުން ނޫރު ބުނީ މި ފިލްމުގެ ޓިކެޓް އާދިއތް ދުވަހު ވިއްކަން ފަށާފައިވާއިރު މި ފިލްމަށް ހީކުރި ވަރަށްވުރެ ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

މި ފިލްމުގެ ޖުމްލަ 20 ޝޯ ދެއްކުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް މިހާރު ވިއްކަމުންދަނީ ފުރަތަމަ ފަސް ޝޯގެ ޓިކެޓު ކަމަށްވެސް އޭނާ ބުންޏެވެ.

އަންނަ މާޗް މަހުގެ 2 ގައި ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން މާޗް 1 ގައި މީޑިއާ ތަކާއި ދައުވަތު ދެވޭ ފަރާތަކަށް ފިލްމްގެ ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މާރޗް 2 އިން 20 އަށް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓްގެ އަގަކީ 200 ރުފިޔާ އެވެ. އަދި އިތުރު ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާ އަށެވެ.

އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

"މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

01 މާރިޗު 2017
 "މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު