Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ19 ވަނަ ރައްޔިތުންގެ މަޖިލީސް

ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސަން ސިޔާމް

30 އެޕްރީލު 2019 | އަންގާރަ 09:40

އާ މަޖިލީސް ހުވާކުރާއިރު ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގައި އެންމެ ގިނަ ދައުރު ފުރިހަމަކުރެއްވި މެމްބަރެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 އެޕްރީލު 2019 | އަންގާރަ 09:40
18 ވަނަ ރައްޔިތުންގެ މަޖިލިސް

18 ވަނަ ރައްޔިތުންގެ މަޖިލިސް

ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ގާނޫނު ބުނާ ގޮތުން އާ މަޖިލީސް ހުވާކުރާއިރު ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގައި އެންމެ ގިނަ ދައުރު ފުރިހަމަކުރެއްވި މެމްބަރެކެވެ. ސިޔާމް ވަނީ މަޖިލީހުގައި ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ. އަދި އޭނާ ވަނީ ހަތަރު ވަނަ ދައުރަށް މީދޫ ދާއިރާގެ މެމްބަރު ކަމަށް އިންތިޚާބު ވެފައެވެ. ނަމަވެސް ސިޔާމްއަކީ ފާއިތުވި އަހަރުތަކުގައި މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގަންނަވާ މެންބަރެވެ.

Advertisement - newsAdvertisement

މަޖިލީހުގެ އިދާރާ އިން ބުނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވައި ކުރުމުގެ ކަންކަން އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގެ ރޭ 9:30 ގައި ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ ކަމަށެވެ. އަދި އެރޭ އާ މަޖިލީހުގެ ޖަލްސާއެއް ވެސް އޮންނާނެ ކަމަށެވެ.

އެ އިދާރާ އިން ބުނީ އާ މަޖިލީހުގެ މެމްބަރުން މެމްބަރުކަމުގެ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މަޖިލީހުގެ ރައީސް ކުރައްވަން ޖެހޭ ކަމަކަށް ވާތީ ހުވާ ކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ އިދާރާ އިން ކުރަމުންދާ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން ވަނީ ހޮވާފައެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުން ވެސް ހުވާ ކުރައްވާފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވާ މީހަކު އެ މަޖިލީހުގެ މެންބަރު ކަމުގެ މަޤާމް ފުރަން ފެށުމުގެ ކުރިން އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގައި ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް އެ ހުވައިގެ އިޤްރިރާރުގައި ސޮއިކުރައްވާނެ ކަމުގައެވެ. އަދި ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ. އަދި އެމުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމުގައެވެ. އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނެ ކަމުގައެވެ.

ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވަނީ ޢާންމު އިންތިޚާބަށް ފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެމަޖިލީހުގެ ރައީސަކާއި ނައިބު ރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރަން ވާނެ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ (ހ) ގައި ވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވާ މެންބަރުން ޤާނޫނު އަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުރަންޖެހޭ މަޖިލީހުގެ މެންބަރު ކަމުގެ ޤާނޫނީ ހުވައި ކުރުމުގެ އިންތިޒާމް މަޖިލީހުގެ ރައީސް ހަމަޖައްސަވަން ވާނެ ކަމުގައެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 60 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސް ކަމަށް ގެންނާނީ އެ ޕާޓީގެ މެންބަރުން ކަމަށް އެ ޕާޓީން ބުނެފައިވާއިރު މިހާތަނަށް ގިނަ ބޭފުޅުންތަކެއް ވަނީ އެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް