Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިއެސް

އައިއެސް ހަނގުރާމަވެރިންގެ އާއިލާތައް ޖަރުމަނުގައި މުޒާހަރާކޮށްފި

ޖަރުމަނުން ދަނީ އިރާޤުގައި ތިބި ޖަރުމަނު ކުދިން އަނބުރާ ޤައުމަށް ގެންދަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2019 | އަންގާރަ 06:28
އިރާޤާއި ސީރިއާގެ ޖަލުތަކާއި ކޭމްޕްތަކުގައި ޖަރުމަނުގެ އެތައް އައިލާއެއް ތާށިވެގައި ތިބި ކަމަށްވޭ

އިރާޤާއި ސީރިއާގެ ޖަލުތަކާއި ކޭމްޕްތަކުގައި ޖަރުމަނުގެ އެތައް އައިލާއެއް ތާށިވެގައި ތިބި ކަމަށްވޭ

އައިއެސްގެ ނަމުން މަޝްޙޫރު ވެފައިވާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތް، ދައީޝް، އާއި ގުޅިގެން ހަނގުރާމަ ކުރަމުންދިޔަ ޖަރުމަނު ރައްޔިތުންގެ އާއިލާތަކުން އެ ޤައުމުގައި މުޒާހަރާކޮށްފިއެވެ.

ހޯމަ ދުވަހު ޖަރުމަނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި ކުރި މުޒާހަރާގައި ހަނގުރާމަވެރިންގެ އާއިލާތަކުން ގޮވާލާފައި ވަނީ ހަނގުރާމައަށްދިޔަ މީހުންގެ އަނބިންނާއި އެމީހުންގެ ކުދިން އަނބުރާ ޖަރުމަނަށް ގެންގޮސްދިނުމަށެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ބުނެފައި ވަނީ ކުޑަކުދިންނަކީ ހަނގުރާމައަށް ދިޔަ މީހުން ކުރި ކަންކަމަށް ޒިންމާވާން ޖެހޭ ބައެއް ނޫން ކަމަށާއި، ޖަރުމަނު ސަރުކާރު، ކުށެއް ނެތް އެ ކުދިން މަރުވާން ދޫކޮށްލައިގެން ބަލަން ތިބެނީ ކަމަށެވެ.

މުޒާހަރާގައި ބައިވެރިވި މީހަކު މީޑިއާގައި ބުނެފައިވަނީ އޭނާގެ ދެ މާމަދަރިން އުފަންވީ ސީރިއާގައި ކަމަށާއި، އޭނާ ބޭނުން ވަނީ އެ ކުދިން އަނބުރާ ޖަރުމަނަށް ގެންގޮސް، އެކުދިންނަށް ރައްކާތެރި، އަމާން އަދި އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.

ޖަރުމަނުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާރޗު މަހުގެ ނިޔަލަށް ޖަރުމަނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ 59 ކުދިން ސީރިއާގައި ދިރިއުޅެމުން ދިޔައެވެ.

ސީރިއާގައި ހަނގުރާމަކުރަމުންދިޔަ އައިއެސްގެ އެންމެ ފަހު ފައުޖު ނިމިގެންދިޔަ މަހު ބަލިކުރެވުމާ އެކު، ސީރިއާގައި ތިބި ބިދޭސީ ހަނގުރާމަވެރިންގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ސީރިއާގައި އައިއެސް ބަލިކުރުމަށް ފަހު ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން އެމީހުން ނިސްބަތްވާ ގައުމުތަކަށް އަނބުރާ ނުގެންގޮސްފި ނަމަ، އެ މީހުން ޖެހޭނީ ދިގު މުއްދަތައް ވަގުތީ ކޭމްޕްތަކުގައި، ނުވަތަ ޖަލުތަކުގައި ބައިތިއްބާށެވެ. މިއީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް ބެލެވޭއިރު، އެ ޚަރަދު ކުރާނެ ގޮތެއް ސީރިއާ އަށް ވެސް، އަދި އެހެން ޤައުމުތަކަށް ވެސް ހޯދިފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ މުޒާހަރާއާ ގުޅިގެން ޖަރުމަނު ސަރުކާރުން ބުނެފައި ވަނީ މި އޭޕްރިލް މަސް ފެށުނީއްސުރެ އިރާޤުގައި ތިބި ޖަރުމަނުގެ ކުދިން އަނބުރާ އެ ޤައުމަށް ގެންދަމުންދާ ކަމަށާއި، ނަމަވެސް ސީރިއާގައި ޖަރުމަނުގެ ސީދާ ކޮންސިއުލަރ ޚިދުމަތް ނެތުމުން، އެ މަސައްކަތް ސީރިއާގައި ކުރެވޭނެ މަގެއް އަދި ފެނިފައި ނުވާ ކަމަށެވެ.

ކަން އެހެން އޮތް ނަމަވެސް ސީރިއާގައި ތިބި ޖަރުމަނުގެ ކުޑަކުދިން ވެސް އަނބުރާ ޤައުމަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު