Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސިސް

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

އިރާގުގެ ބައެއް ސަރަހައްދުތަކަށް އައިސިސް އިން ހަމަލާދީ ހިފުމާ ގުޅިގެން އިރާގު އަސްކަރިއްޔާއިން ދަނީ އައިސިސްއާ ދެކޮޅަށް ހަމަލާ ދެމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ފެބުރުއަރީ 2017 | ހޮނިހިރު 12:13
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް، އައިސިސް އަށް އިރާގުގައި ހަމަލާ ދިނުމަށް މިސްރާބު ޖަހަނީ

އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް، އައިސިސް އަށް އިރާގުގައި ހަމަލާ ދިނުމަށް މިސްރާބު ޖަހަނީ

އިރާގުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)، ގެ ޓާގެޓްތަކަށް ބޮމުގެ ހަމަލާތައް ދީފިއެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރް އަލް-އަބަދީ ވަނީ އިރާގު ބޯޑަރުން ބޭރުގައި އައިސިސް އަށް ހަމަލާ ދިން ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

"އަހަރުމެންގެ ރައްޔިތުން މަރަން މަސައްކަތް ކުރާ ޓެރަރިސްޓުންގެ ފަހަތުން ދުވަން. އެއީ ކޮންމެ ތަނެއްގައި ތިއްބަސް،" އެމެރިކާގެ މަދަދު ލިބެމުންދާ އަލް-އަބަދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިރާގުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ސިރިޔާގައި ހަރަކާތްތެރިވާ އައިސިސްގެ ޓާގެޓުތަކަށް އިރާގު އެއާފޯސްއިން ފުރަތަމަ ފަހަރަށް ހަމަލާ ދޭން ފަށާފައިވާ ކަމަށާއި، މިހަމަލާތައް އިރާގު އަސްކަރިއްޔާއިން ދިނީ މި ފެބްރުއަރީ 15 އަދި 16 ގައި އިރާގުގެ ބަގްދާދަށް އައިސިސްއިން ހަމަލާ ދިނުމާ ގުޅިގެން ކަމަށެވެ.

އިރާގުގެ ބައެއް ސަރަހައްދުތަކަށް 2014 އިން ފެށިގެން އައިސިސް އިން ހަމަލާދީ ހިފުމާ ގުޅިގެން އިރާގު އަސްކަރިއްޔާއިން ދަނީ އައިސިސްއާ ދެކޮޅަށް ހަމަލާ ދެމުންނެވެ.

އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މޫސަލްގައި އިރާގު ސިފައިން، އައިއެސްއާ ދެކޮޅަށް ހަމަލާދީ، ދަނީ ކުރި ހޯދަމުންނެވެ. އެގޮތުން އައިއެސް އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި، މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައެވެ. އިރާގުގެ އިރުމަތީ މޫސަލް، އަސްކަރިއްޔާއިން ވަނީ މިދިޔަ މަހު އަލުން ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
04 އެޕްރީލު 2017

ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު

04 އެޕްރީލު 2017
ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު
30 މާރިޗު 2017

ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަން ނިންމާލައިފި

30 މާރިޗު 2017
ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަން ނިންމާލައިފި
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު