Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއަމާނާ ތަކާފުލް

އަމާނާ ތަކާފުލް އިން 22 އިންސައްތައިގެ ވިޔަފާރީގެ ކުރިއެރުމެއް ހޯދައިިފި

ޖުމްލަ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 އެޕްރީލު 2019 | ހޯމަ 06:40
އަމާނާ ތަކާފުލްގެ ޑިރެކްޓަރުންގެ ބޯޑް

އަމާނާ ތަކާފުލްގެ ޑިރެކްޓަރުންގެ ބޯޑް

އަމާނާ ތަކާފުލް މޯލްޑިވްސް ޕލކ އިން 22 އިންސައްތައިގެ ވިޔަފާރީގެ ކުރިއެރުމެއް މިދިޔަ އަހަރު ހޯދައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ އިންޝުއަރަނަސް ސިނާއަތް ކުރިއެރި 14 އިންސައްތައާ އަޅާބަލާއިރު ރެކޯޑްކުރިއެރުމެކެވެ.

ޝަރީޢާގެ އުސޫލުން ރާއްޖޭގައި އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި އަމާނާ ތަކާފުލް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރިތާ މިހާރު އަށް އަހަރު ވެފައިވާއިރު އެ ކުންފުނީގެ އަށް ވަނަ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައެވެ.

2018 ވަނަ އަހަރުގެ މާލީ އަހަރު ނިމުނުއިރު ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބިފައި ވެއވެެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2017 ވަނައަހަރުގެ އާމްދަނީ އާއި ވިޔަފާރި ފައިދާ އަޅާބަލާއިރު 23 އިންސައްތަ އާއި 113 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ކުރިއެރުންތައް އެންމެ ބޮޑަށް ބިނާވެފައި ވަނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކުން ލިބުނު ކުރިއެރުންތަކާއި އަދި މާކެޓިންގ ހަރަކާތްތައް ރޭވުންތެރިކަމާ އެކު ހަރުދަނާ ގޮތެއްގައި ހިންގުމުގެ ސަބަބުން ކަމަށް އަމާނާގެ ޑިރެކްޓަރުންގެ ބޯޑުން ބުންޏެވެ.

އަމާނާ ތަކާފުލްއިން ވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ވިދިވިދިގެން އަށް ވަނަ އަހަރު ބެހުމަށް ނިންމާފައެވެ. އަދި 2018 ވަނަ އަހަރު ބެހި އިންޓެރިމް ޑިވިޑެންޑްއާ އެކު ރަސްމީ ޑިވިޑެންޑްއެއް ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެގޮތުން ހިއްސާއެއްގެ މޫނުމަތީގެ އަގުގެ 15 އިންސަތައިގެ ފައިދާއެއް 2018 ގައި ނިމުނު މާލީ އަހަރުގައި ބެހުމަށް ވަނީ ނިންމާފައެވެ.

ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމުގެ ބޭނުމަށް ހިއްސާގެ ރަޖިސްޓްރީ ބަންދުކުރާ އެންމެ ފަހުގެ ތާރީޚަކީ 20 އެޕްރިލް 2019 އެވެ. އެމުއްދަތާއި ހަމައަށް ރަޖިސްޓްރީވެފައިވާ ހުރިހާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އަމާނާ ތަކަފުލްގެ މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލައިމާން ވިދާޅުވީ ހެޔޮ ހިންގުމުގެ ނިޒާމުގެ މާނައަކީ ރަނގަޅު ވިޔަފާރި، އެގޮތުން އަމާނާ ތަކާފުލް ދެމި އޮންނާނީ ވިޔަފާރީގެ އަޚްލާޤް އަދި ކޯޕަރޭޓް ގަވަނަންސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާ އަދި އެމަގުން އެކަން ތަންފީޒުކުރުމާއި އެކު ހިރާސް މެނޭޖްކުރުން ހަރުދަނާކުރުމާއި ކުންފުނީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުންމަތީ ކަމަށެވެ.

ކުންފުނީގެ ހިއްސާދާރުން ވަނީ ކުންފުނީގެ ބޯޑުގައި މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި އިންނަވާ ޑރ.އަބްދުﷲ ޝިހާމް އާ ދައުރަކަށް އަލުން އިންތިޚާބުކޮށްފައެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް ވަނީ ކުންފުނީގެ ހިއްސާދާރުންނަށް ހިލޭ ޕަރސަނަލް އެކްސިޑެންޓް ކަވަރއެއް ދިނުމަށް ނިންމާފައެވެ.

ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވާ ޑިރެކްޓަރުންނަކީ، ތައްޔިބް އަކްބަރް އަކީ (ޗެއަރމަން)، އުސްމާން ކާސިމް، ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް، ޑރ. އަބްދުﷲ ޝިހާމް، އަބްދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި
28 އޮކްޓޯބަރު 2017

"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

28 އޮކްޓޯބަރު 2017
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު