Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މިނިވަން ވިޔަފާރި

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

އެއްބަސްވުންތައް ފަށާފައިވަނީ 08 ސެޕްޓެމްބަރ 2015 ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2017 | ހޯމަ 15:33
ރާއްޖެ އާއި ޗައިނާއާ ދެމެދު 2015 ވަނަ އަހަރު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެެއިން

ރާއްޖެ އާއި ޗައިނާއާ ދެމެދު 2015 ވަނަ އަހަރު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެެއިން

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލޮޕްމަންޓުން ހޯމަ ދުވެހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އެއްބަސްވުންތައް ފަށާފައިވަނީ 08 ސެޕްޓެމްބަރ 2015 ގައި ކަމަށާއި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 އިން 16 އަށް ކަމަށެވެ. އަދި މި ވިޔަފާރި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ބެއިޖިންގ ގައި ކަމަށާއި މަޝްވަރާތަކުގެ 5 ބައްދަލުވުމެއް ވަނީ ބާއްވާފައި ކަމަށް ބަޔާނުގައި ވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނާއި މަސް އަދި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކަށާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދުނިޔޭގެ ބާޒާރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ ބާޒާރުތަކުގައި ދިވެހިން ބާނާ މަސް ފަސޭހަކަމާއި އެކު އެކްސްޕޯޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މަހާއި މަހުގެ ބާވަތްތަކާއި ސީފުޑް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ރަގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފަސޭހަ ކަމާއިއެކު ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި މާލީ އަދި ބޭންކިންގ ގެ ވިޔަފާރީގައި، ދިވެހި ވިޔަފާރިވެރިންނަށް މުއާމަލާތް ކުރެވޭނެ މަގުތައް ހޯދައި ދިނުމަށް މަޝްވަރާ ތަކުގައި ސަރުކާރުން އިސްކަންދޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޗައިނާގެ އިތުރުން އެމެރިކާ، ޔޫރަޕް، ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާން ފަދަ ޤައުމުތަކަށް މިނިވަން ވިޔަފާރީގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން ވަނީ އެ ޤައުމުތަކަށް ދައުވަތު ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު