Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އަމާނާ ތަކަފުލް

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ފައިދާގެ 12.5 އިންސައްތަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 13:43
އަމާނާ ތަކަފުލްގެ އަހަރީ ޖަލްސާގެ ތެރެއިން

އަމާނާ ތަކަފުލްގެ އަހަރީ ޖަލްސާގެ ތެރެއިން

އަމާނާ ތަކާފުލް (މޯލްޑިވްސް)ގެ އާމްދަނީ އާއި ހިއްސާދާރުންގެ ފައިދާގެ އިތުރުން ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ހިއްސާ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި އިސްލާމީ ޝަރިއާގެ އުސޫލުން ވިޔަފާރިކުރާ އަމާނާ ތަކަފުލްގެ ހަ ވަނަ އަހަރީ އާންމު ޖަލްސާ 14 މެއި 2017 ވަނަދުވަހު ވަނީ ބާއްވާފިއެވެ. މިޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާނެ މިންވަރު ވަނީ ކަނޑައަޅާފައެވެ.

އަހަރުން އަހަރަށް ހިއްސާގެ ފައިދާ އިތުރުވަމުންގޮސް، މިދިޔަ 2016 ވަނަ އަހަރަކީ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު އަދަދެއް ދިނުމަށް ނިންމި އަހަރެވެ. އެ ގޮތުން 2016 ވަނަ އަހަރަށް ކަޑައަޅާފައިވާ ހިއްސާގެ ފައިދާގެ މިންވަރަކީ 12.5 އިންސައްތައެވެ. އަދި 2016 ވަނަ އަހަރުގެ އޯގަސްޓް އަދި ޑިސެމްބަރު މަހު ދޫކޮށްފައިވާ އިންޓެރިމް ފައިދާއާ އެކު މިފަހަރުގެ އަހަރީ އާންމު ޖަލްސާގައި މިވަނީ ޖުމްލަ ޑިވިޑެންޑް ގޮތުގައި ބަހާނެ މިންވަރު ކަނޑައަޅާ ފާސްކޮށްފައެވެ.

"ކުންފުނީގެ ވިޔަފާރީގެ ނަތީޖާއަށް ބަލައި ކުންފުނީގެ ފަރާތުން 2016 ވަނަ އަހަރުގެ އޯގަސްޓް އަދި ޑިސެމްބަރު މަހު ދޫކޮށްފައިވާ އިންޓެރިމް ޑިވިޑެންޑާ އެކު މުޅިޖުމްލަ ހިއްސާއެއްގެ މޫނުމަތީ އަގުގެ 12.5 އިންސައްތަ ހިއްސާދާރުންނަށް ބެހުމަށް އުފަލާއެކު ކަނޑައަޅާ އެކަން އިއުލާންކުރަމެވެ،" ކުންފުނީގެ ޗެއާމަން ތައްޔިބު އަކުބަރު އަލީ ވިދާޅުވިއެވެ.

ކުންފުންޏަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޗެއާމަން އަކްބަރު ޢަލީ ވިދާޅުވީ ކުންފުންޏަށް ދިމާވި ގޮންޖެހުންތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދިނުމުން މަހްރޫމުވުމުގެ ގޮންޖެހުމާ އެކު ކުންފުނީގެ އަމާޒަށް ވާސިލުވުމަށް އިތުރަށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ.

އަކްބަރު އަލީ އިތުރަށް ވިދާޅުވި ގޮތުގައި ތަފާތު މާކެޓުތަކަށް ހާއްސަކޮށް ހިދުމަތްތައް ތައާރަފުކޮށް ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުތަށް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރެވުމުގެ ސަބަބުން އުނިވެގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް އިންޝުއަރަންސުން ދިމާވި ގެއްލުމަށް ހައްލެއް ހޯދުނެވެ.

އަމާނާ ތަކަފުލުން ބުނީ ވޭތުވެދިޔަ އަހަރު ކުންފުނިން ރެކޯޑް އަދަދެއްގެ އާމްދަނީ ހޯދާފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ކުންފުނީގެ އެއްއަހަރު ދުވަހުގެ އާމްދަނީ 100 މިލިޔަން ރުފިޔާގެ ލަނޑުދަނޑި ހާސިލުވި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އަހަރުން އަހަރަށް އާމްދަނީ އިތުރުވާ މިންވަރު ވަނީ 19 އިންސައްތަ މައްޗަށް ޖެހިފައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އަމާނާ ތަކަފުލުން އިން ބުނީ މި އިތުރުވުމުގައި ކުންފުނިން ފޯރުކޮށްދޭ އިންޝުއަރަންސުގެ ހުރިހާ ހިދުމަތްތަކެއް ހަމަހަމަކޮށް ޝާމިލުވެފައިވާނެ ކަމަށެވެ.

އަމާނާ ތަކަފުލްއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 3.3 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ޙަރީޒް ސުލައިމާން ވިދާޅުވި ގޮތުގައި ކުންފުނީގެ ލަނޑުދަނޑިތަކާއި އެކަންކަން ހާސިލުކުރުމަށް ރޭވިފައިވާ ޕްލޭން ފަރުވާތެރިކަމާއެކު މުރާޖައާކުރަމުން ދިޔައީ އިންޝުއަރަންސްގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ބޭނުންވާ ގޮތްތަކަށް އިސްކަންދީގެން ކަމަށެވެ. އަދި، ކުންފުނީގެ މަގްސަދަކީ ވިޔަފާރިއަށް އާ ދޮރުތައް ހުޅުވައި ކުންފުނީގެ ފައިދާގެ މިސްރާބު އަމާޒަށް ވާސިލްވާނެހެން ދެމެހެއްޓުން ކަމަށް ވެސް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް ޕަބްލިކްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ، ޠައްޔިބް އަކްބަރް އަލީ (ޗެއަރމަން)، އުސްމާން ކާސިމް، ދާތޯ މުޙައްމަދު ފަޒްލީ ޔޫސުފް، އެމް.އެޗް.އެމް ރަފީޤް، ޑރ.އަބްދުﷲ ޝިހާމް، ޢަބުދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

22 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު