Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ އިގްތިސާދީ ރިވިއު

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި 4990.6 މެޓްރިކް ޓަން މަސް ވަނީ ކިރާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 ފެބުރުއަރީ 2017 | ހުކުރު 12:17
އެމްއެމްއޭ

އެމްއެމްއޭ

ނިމިގެންދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފަތުރުވެރިކަމުގެ ދާއިރާއަށް މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް މަސްވެރިކަމުގެ ދާއިރާ 32 ޕަސެންޓް ކުރިއަށްޖެހިލާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބުނެފި އެވެ.

ދައުލަތުގެ މަރުކަޒީ ބޭއްކުން އާއްމުކުރާ އިގްތިސާދީ މުރާޖާ ރިޕޯޓުގައިވާ ގޮތުން، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 119،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު ފަތުވެރިން ޒިޔާރަތްކުރި އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ.

މި މުއްދަތުގެ ތެރޭގައި ޖުމްލަކޮށް ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ. އަހަރުން އަހަރަށް ބަލާއިރު، ޑިސެމްބަރު މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ޖުމްލަކޮށް އިތުރުވެފައިވަނީ އޭޝިއާގެ ޤައުމުތަކުން ކަމަށް އެމްއެމްއޭގެ ތަފާސް ހސިާބުތަކުން ދައްކަ އެވެ. އެގޮތުން އިންޑިޔާ އަދި މެލޭޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ޔޫރަޕުގެ ބޮޑެތި މާކެޓްތައްކަމުގައިވާ ޔޫކޭ އަދި ޖަރުމަނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަޅާބަލާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފަތުރުވެރިކަމުގެ އޮކިއުޕެންސީ ވަނީ ތިން ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން 2015 އަހަރު އޮކިއުޕެންސީ ރޭޓް 67 ޕަސެންޓްގައި ހުރި އިރު މިދިއަ ޑިސެމްބަރު މަހު ހުރީ 64 ޕަސެންޓްގަ އެވެ.

މަސްވެރިކަމުގެ ދައިރާއަށް ބަލާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަސް ހާސް މެޓްރިކް ޓަނާ ގާތްކުރާ އަދަދެއްގެ މަސް ވަނީ ކިރައިފަ އެވެ. މިއީ 2015 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 32 ޕަސެންޓްގެ އިތުރު ވުމެކެވެ. ނަމަވެސް މިއީ ފާއިތުވެދިޔަ ނޮވެންބަރު މަހާ އަޅައިބަލާއިރު 13 ޕަސެންޓް ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މަހުގެ އެކްސްޕޯޓަށް ބަލާއިރު، ފާއިތުވި ނޮވެންބަރު މަހު މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ 2015 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު 19 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވަނީ 26 ޕަސެންޓް ދަށްވެފައެވެ.

މަސް އެކްސްޕޯޓްކުރި މިންވަރު މައިގަނޑުގޮތެއްގައި އިތުރުވެފައިވަނީ ތާޒާ އަދި ފިނިކުރި ކުރި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ބުނި އިރު މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދަށްވެފައިވަނީ ގަނޑުކުރި މަހާއި ތާޒާ މަސް އަދި ފިނި ކުރި ކަންނެލި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދައްވެފައެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2021

ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް

17 އެޕްރީލު 2021
ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް
28 ފެބުރުއަރީ 2021

ދިރާގު ސިއެމް – ސައިބަރ ސެކިއުރިޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް

28 ފެބުރުއަރީ 2021
ދިރާގު ސިއެމް – ސައިބަރ ސެކިއުރިޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް
26 މެއި 2020

15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް ނަގާ ފީ ކުޑަކުރުމަކީ ލިބުނު ކުރިއެރުމެއް

26 މެއި 2020
15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް ނަގާ ފީ ކުޑަކުރުމަކީ ލިބުނު ކުރިއެރުމެއް
30 ސެޕްޓެމްބަރު 2019

އެކްސްޕޯޓަށް މަހެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް

30 ސެޕްޓެމްބަރު 2019
އެކްސްޕޯޓަށް މަހެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް
29 އޯގަސްޓު 2019

ފުރަތަމަ 6 މަސް ދުވަހު ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ މިއަހަރު : އެމްއެމްޕީއާރްސީ

29 އޯގަސްޓު 2019
ފުރަތަމަ 6 މަސް ދުވަހު ފަތުރުވެރިކަމުގެ އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ މިއަހަރު : އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު