Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ފިސްތޯލަ ގެންގުޅުނުކަން ސާބިތެއް ނުވޭ، ހުކުމް ބާތިލް ކޮށްދޭން ދައުލަތުން އެދެފި

28 އެޕްރީލު 2019 | އާދީއްތަ 10:57

ދަށު ކޯޓުން ވަނީ އަދީބްގެ މައްޗަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 އެޕްރީލު 2019 | އާދީއްތަ 10:57
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދެފިއެވެ.

އެމައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އާދީއްތަ ދުވަހު ބާއްވާފައިވާއިރު އަދީބު ފިސްތޯލައެއް ގެންގުއްވި މައްސަލާގައި ދަށު ކޯޓުން އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އިސްތިއުނާފުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް ބޭނުންވާ ސަބަބުތައް ހާމަ ކޮށްފައެވެ.

އަދީބުގެ ވަކީލު ވިދާޅުވީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަން އެނގޭ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހަމައެކަނި ހެކިންގެ ހެކިބަހުގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށާއި ހުށައެޅި ތިން ހެކިންގެ ތެރެއިން ދެ ހެއްކަކީ ހަތިޔާރު ވަކިކުރަން ނޭނގޭ ބައެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ހެކިން ބުނެފައިވާ ފިސްތޯލައިގެ ޑިސްކްރިޕްޝަން ގާނޫނުލް އުގޫބާތުގައި ބުނާ ބުނުމަށް ނުފެތޭ ކަމަށާއި ގާނޫނު ބުނާގޮތުން ފިސްތޯލަ ނުވަތަ ބަޑި އަކީ 60 ފޫޓަށް ވަޒަން ދަތުރާއެއްޗަކަށް ވާން ޖެހޭ ކަމަށެވެ.

މިމައްސަލައިގެ އިސްތިއުނާފުގައި އަދީބު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި ސިޔާސީ ގޮތުން އެމަނިކުފާނު ފްރޭމް ކޮށްފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު 24 އޮކްޓޯބަރ 2015 ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު ކުރި ދައުވާއެއް ކަމަށާއި އެމައްސަލައިގެ ހެކިވެރިން ސިއްރު ކުރީ ސިޔާސީ ކަމެއް ގޮތުގައި ދެކިގެން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުން އަދީބުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށައަޅާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ (ރ)އަށް ރިއާޔަތް ކޮށް ކަމަށެވެ. އެމާއްދާގައި ބުނެފައިވާ ގޮތުން އެކި ވައްތަރުގެ ބަޑި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކިވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދަނެތި ރާއްޖެއަށް އެތެރެކުރުން ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން ނުވަތަ ގެންގުޅުން ނުވަތަ ވިއްކުން ނުވަތަ އެކަކު އަނެކަކަށް ދީހެދުން ނުވަތަ ބެހެއްޓުން އެއީ ކުށެއް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ތާއީދު ކޮށްފައިވީނަމަވެސް ތަފްސީލީ ގޮތުން ހައިކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫންކަމަށް އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އަދީބްގެ މައްޗަށް ކޮށްފައިވާ 10 އަހަރުގެ ހުކުމާއެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރައްވަމުންނެވެ. އެހެން ކަމުން މިމައްސަލައިގެ ހުކުމް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ ދެން އެމަނިކުފާނު ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭ 33 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވާނެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް