Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ބުރާސްފަތި ދުވަހު ހަވީރު ފުލުހުން ހަރުގެ ހިންގާ ޢިމާރާތަށް ވަދެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 22:34
ބުރާސްފަތި ދުވަހު ފުލުހުން އެމްޑީޕީގެ ހަރުގެ ސަރަހައްދު ބަނދުކޮށް، އެތަން ބަލައި ފާސްކުރަނީ

ބުރާސްފަތި ދުވަހު ފުލުހުން އެމްޑީޕީގެ ހަރުގެ ސަރަހައްދު ބަނދުކޮށް، އެތަން ބަލައި ފާސްކުރަނީ

ސިޔާސީ ޕާޓީތަކުގެ މުދަލަށް އަރައިގަތުމުގެ ޙައްޤު ފުލުހުންނަށް ލިބިގެނެއްނުވާ ކަމަށާއި އެމްޑީޕީ ހަރުގެއިން ފޭރިގަނެފައިވާ މުދާ މިހާރުން މިހާރަށް ހަވާލުކުރަން އެ ޕާޓީން ގޮވާލައިފި އެވެ.

އެމްޑީޕީގެ ހަރުގެއަށް ފުލުހުން ތިން ވަނަ ފަހަރަށް ވަދެ ބަލައި ފާސްކޮށްފައިވާއިރު، މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޙަރަކާތްތަކާއި ޖަލްސާތައް ބޭއްވުމަށާއި، މެމްބަރުންނާއި ތާޢީދުކުރާ ފަރާތްތައް ޖަމާވުމަށް ހާއްސަކޮށްފައިވާ ހަރުގެއަށް ބުރާސްފަތިދުވަހު ހަވީރު ފުލުހުން ވަދެ، އެތަން ހިސާރުކޮށް، ޕާޓީގެ ވެރިންނާ ނުލައި ޤާނޫނާ ޤަވާއިދާ ޚިލާފަށް ހަރުގެ ފާސްކޮށް ޕާޓީގެ ކެމްޕޭން ޙަރަކާތްތައް ހިންގުމަށް ބޭނުންކުރާ ތަކެއްޗާއި މުދާ ފޭރުން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

Advertisement - newsAdvertisement

ހަމަމިއާއު މިއަދު މެންދުރު މުޙައްމަދު ޝާވިން ފުލުހުން ހާޒިރުކޮށް އޭނާގެ ޕްރިންޓިން ސްޓޫޑިއޯގައި ހުރި މުދަލާ ތަކެތިވެސް ފުލުހުން "ފޭރިގެންފައިވާތީ" އެކަންވެސް އެމްޑީޕީން ކުށްވެރިކުރަމެވެ. ބުރާސްފަތި ދުވަހު ހަވީރު ފުލުހުން ހަރުގެ ހިންގާ ޢިމާރާތަށް ވަދެ، އެ އިމާރާތް ފާސްކުރަމުން ދިޔަ ވަގުތު ޕާޓީގެ އެއްވެސް އިސްމީހަކު އެ އިމާރާތަށް ވަނުމަށް ހުރަސްއެޅި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ސިޔާސީ ކަންކަން ހަލަބޮލިވެ، ޢަބްދުﷲ ޔާމީންގެ ނިންމުންތަކާ ދެކޮޅަށް ރައްޔިތުން ބަސްބުނާ ކޮންމެ ހިނދެއްގައި އެމްޑީޕީގެ މުދަލަށް އަރައިގަނެ، ލީޑަރުންނަށް ބިރުދެއްކުމަކީ ޢަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތީމުން، ގަދަބާރުން އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކަށް ފުރައްސާރަ ކުރުމަށް ކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

ފާފު އަތޮޅާ ގުޅޭ ބޮޑު މަޝްރޫޢެއްގެ މައުލޫމާތު އެއްވެސް މިންވަރަކަށް ރައްޔިތުންނާ ހިއްސާނުކޮށް ސިއްރިއްޔާުތުގައި ޢަބްދުﷲ ޔާމީންގެ ގާތް ބަޔަކާއެކު ރާވައިފާއިވާ މަޝްރޫޢާމެދު ދިވެހި ރައްްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

ފާފު އަތޮޅު މައްސަލާގައި ރައްޔިތުން އެކިގޮތްގޮތަށް އިހްތިޖާޖްކުރަމުން ގެންދާއިރު، ސިޔާސީ ޕާޓީތަކަށާއި، އެކަމާ ދެކޮޅަށް ބަސްބުނާ ހުރިހާ ފަރާތްތަކަށް ބިރުދައްކައި، ފިއްތައިގެން ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގާ ޖަރީމާ ބަލައިނުގަނެވޭނެ ކަށް އެމްޑީޕީން ބުނެ އެވެ.

ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގަންނަވާއިރު ބޭރުގެ ޢިއްޒަތްތެރިންނަށް ޙިމާޔަތްދިނުމުގެ ނަމުގައި ދިވެހިރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ރައްކާތެރިކަމާއި ކަރާމާތާއި މިނިވަންކަމަށް ޢަބްދުﷲ ޔާމީން އަރައިގަނެ، ޚުދުމުހުތާރުކަން ފަތުރަމުން އަންނައިރު މުވައްސަސާތައް ހިމޭނުންތިބުމަކީ ލަދުވެތިވާންޖެހޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ފާފު އަތޮޅު ވިއްކާލުމާ ގުޅިގެން އިހްތިޖާޖު ކުރުމާ ޚިޔާލުފާޅުކުރުން ފުލުހުން ހުއްޓުވަައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު