Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

ހަބަރު ލިޔުނު އިރު ފަސާހަތުގެ ބަސް ހޯދުމަށް މަސައްކަތް ކުރިން އޭނާ ޖަވާބެއް ނުދިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 22:24
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު

ރޭޕްގެ މައްސަލައަކާ ގުޅޭ ގޮތުން ލިޔުނު ހަބަރެއްގެ މައްސަލައިގައި އަބުރު ރައްކާތެރިރުމާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ ދަށުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރިއިރު އެ މައްސަލައިގައި ޖަވާބްދާރީ ވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް އެ ހަބަރު ލިޔުނު ރާއްޖެޓީވީގެ އޭރުގެ ނޫސްވެރިޔާ އާލާ އިބްރާހީމް ރަޝީދު ބުނެފިއެވެ.

ރޭޕްގެ ހަބަރާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ތަހުގީގަށް ފަހު ކޮށްފައިވާ ޖޫރިމަނާއާ ގުޅިގެން އާލާ ބުނީ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެ ރޭޕް ކޭސްއާ ގުޅޭ ހަބަރު ލިޔުމުގެ ކުރިން އައްޑޫ ސިޓީގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އިސް ފަރާތެއް ކަމަށްވާ ފަސާހަތު ހުސެންގެ ބަހެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ރޭޕްގެ އެ މައްސަލައާ ގުޅިގެން އެކަން ދިމާވި ކުއްޖާގެ އާއިލާއިން ދިން މައުލޫމާތުތަކާ އަދި އައްޑޫ ސިޓީގައި ޖެންޑާ މިނިސްޓްރީގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި ފަސާހަތު އަށް ކުރި ތުހުމަތުތަކާ ގުޅިގެން ފަސާހަތުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް އޭނާގެ ފޯނަށް ގުޅާ މެސެޖު ކުރި ކަމަށެވެ. އަދި އެއިން އެއްވެސް މެސެޖަކަށް ވެސް އަދި ފޯން ކޯލަކަށް ވެސް ފަސާހަތު ޖަވާބް ދީފައި ނުވާ ކަމަށް އާލާ ބުންޏެވެ. އަދި ފަސާހަތު ފޯނަށް ޖަވާބް ދީފައި ނުވާކަން ހަބަރުގައި ގެނެސްދީފައިވާނެ ކަމަށް ވެސް އާލާ ބުންޏެވެ.

Advertisement - newsAdvertisement

ފަސާހަތު

އާލާ ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން އެ ހަބަރާ ގުޅޭ މައްސަލަ ބެލިއިރު އޭނާގެ ބަހެއް ހޯދާފައި ނުވާތީ ނުހަނަު ކަންބޮޑުވާ ކަމަށެވެ. އަދި އެ ހަބަރާ ގުޅިގެން ޖަވާބްދާރީ ވުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ވެސް އަދި ޖަވާބްދާރީ ވުމަށް އެއްވެސް ސިފައެއްގައި ފުރުސަތު ނުދީ، ބޮޑު ޖޫރިމަނާއެއް ކުރީތީ ކަންބޮޑުވާ ކަމަށް އާލާ ބުންޏެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާރަ ދުވަހު ރާއްޖެޓީވީއަށް ފޮނުވާފައިވާ މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ، ނޮވެމަބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރުގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް ނިންމާފައިވާ ކަމަށް ވެސް މި ރިޕޯޓްގައި ވެއެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، މި ޚަބަރު ތައްޔާރު ކުރި، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000ރ އިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ޖޫރިމަނާ ކޮށްފައިވާ ދެފަރާތުން ވެސް، މި ފައިސާ މާޗް 7، 2017 އިން ފެށިގެން، 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

މިކަމާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ވިދާޅުވީ އައްޑޫ ހިތަދޫގައި ހިނގި ރޭޕް މައްސަލައަކާ ގުޅިގެން ލިޔުނު އެ ޚަބަރު ގެނެސްދިނުމުގައި ކަމާ ގުޅޭ ހުރިހާ ފަރާތެއްގެ ބަސް ހޯދުމަށް ރާއްޖެޓީވީން މަސައްކަތްކޮށްފައިވާ ކަމަށާއި އަދި ކޮމިޝަނުން އެ މައްސަލަ ބެލި އިރު އެ މައްސަލަ އަށް ރާއްޖެޓީވީގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކަށް ބަލާފައި ނުވާކަމަށެވެ. އަދި ޖޫރިމަނާއާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖެޓީވީގެ މެނޭޖްމަންޓުން އަޅަމުން ގެންދާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރާއްޖެޓީވީން ކޮންމެ ޚަބަރެއް ގެނެސްދިނުމުގައި ވެސް ކަމާ ގުޅުންހުރި ފަރާތްތަކުގެ ބަސް ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރާ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދުމުގައި ރާއްޖެޓީވީ އަށް ގިނަ ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި ރާއްޖެޓީވީ ރޯކޮށްލުމާއި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ބިރު ދެއްކުމާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލެމުން ނުދާކަން ރާއްޖެ ޓީވީން ފާހަކުރެއެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީޑިއާއެއް، އަދި ނޫސްވެރިއަކުވެސް ޖޫރިމަނާ ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މި ނޫނަސް ރާއްޖެ ޓީވީއާ ގުޅޭ ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. ނަމަވެސް އެހެން ޓީވީ ޗެނެލްތަކާ ގުޅިގެން ބަލާ މިފަދަ މައްސަލަ މަދުވެފައި އަދި ބަލާ މައްސަލަތަކުގައި ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް މައްސަލަތައް ނުބަލާ ގޮތައް ކޮމިޝަނުން ނިންމާފައިވާ ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

05 އެޕްރީލު 2017
މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

05 އެޕްރީލު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު