Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޕީއެންސީއަށް އިދިކޮޅު ޕާޓީއެއްގެ ރޯލް ކުޅެވިދާނެތަ؟

27 އެޕްރީލު 2019 | ހޮނިހިރު 14:33

ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައި ކުރިއަށްދިޔުމަށް ޕާޓީގެ ވިސްނުމަށް ބަދަލުތައް ގެންނަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 އެޕްރީލު 2019 | ހޮނިހިރު 14:33
ޕީޕީއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ޕީޕީއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއްގައި ޒިންމާދާރު، ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުމަކީ މުހިންމު ކަމެކެވެ. ސަރުކާރު ޒިންމާދާރުކޮށް، ނުކިއްސަރުކޮށްދާ ވަގުތުތަކުގައި، ސަރުކާރު ހަމަ މަގަށް އެޅުވުމުގެ ބޮޑު ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެއީ އެވެ.

ސެޕްޓެމްބަރުގެ ވޯޓަށްފަހު، ރާއްޖޭގައި ނެތީ ހަރަކާތްތެރި، ޒިންމާދާރު އިދިކޮޅު ފަރާތެކެވެ. ވެރިކަންކުރި ޕީޕީއެމް އިދިކޮޅު ބޮޑު ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނެކަމަށް ގިނަ ބަޔަކަށް ހީކުރެވިފައި އޮތް ނަމަވެސް، އެ މަންޒަރު ފެނިގެންގޮސްފައެއް ނުވެ އެވެ. ބަދަލުގައި ދުވަހެއް ދުވަހަކަށް ފެނިގެންދިޔައީ އެ ޕާޓީ، ބަލިކަށިވެ ނިކަމެތިވަމުން އައި މަންޒަރު އެވެ. ޕީޕީއެމްގެ ތެރެއިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެެންސީ) ގެ ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފަންވެގެން އައިނަމަވެސް މަންޒަރަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ދެ ޕާޓީއެކުވެ ކުރި މަސްކަތްތައް ވެސް ފެނިގެންގޮސްފައި ވަނީ ލޮނު މަޑުކޮށެވެ.

ނިމިދިޔަ މަޖިލީސް އިންތިހާބުގެ ނަތީޖާއިން ވަނީ އެކަން ވަރަށް ސާފުކޮށް ފެނިގެންގޮސްފައެވެ. ހަރަކާތްތެރި އިދިކޮޅު ޕާޓީއެއް ނެތުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ސަރުކާރު ހިންގާ މައި ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެން ދިޔުމެވެ. އެކަމުގައި ޕީޕީއެމް/ޕީއެންސީންވެސް އެކި ބަހަނާތައް ދައްކަ އެވެ.

ލީޑަރޝިޕްގެ ކޮލިޓީއެއް ނެތީއޭ، ލީޑަރޝިޕް ފެއިލްވީއޭ ވިދާޅުވެ، އެއް ބޭފުޅާކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުން ގޮސް، ދެ ޕާޓީގެ ލީޑަރޝިޕަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ޕީޕީއެމް ހަރުދަނާ ކުރުމަށް، ތިން ބޭފުޅަކު ނައިބް ލީޑަރުކަމަށް އައްޔަންކުރިއިރު، ދިވެހިން ނޫނެކޭ ބުނެ ލަދު ގަންނުވާލާފައިވާ ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ ޕީޕީއެމްގެ ލީޑަރޝިޕާއި ހަވާލުވުމުގެ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

ޕީޕީއެމް، ޕީއެންސީ އާއިދެމެދު ކޯލިޝަން އެއްބަސްވުން އެކުލަވާލުން -- ފޮޓޯ: ރާއްޖެ.އެމްވީ

އެފަދަ ހާލަތެއްގައި ޕީޕީއެމްގެ މުސްތަޤުބަލެއް ފެނަންން ނެތް އިރު، ދެން އޮތީ ޕީއެންސީއެވެ. ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި އެތައް ބޭފުޅުންތަކަކާއެކު، އެތަކެއް އާންމު މެމްބަރުންނެއް ވަނީ މި ފަހަކުންވެސް ޕީއެންސީއާއި ގުޅިފަ އެވެ. އެ ބޭފުޅުންނާއެކު، ހުކުރު ދުވަހު ޕީއެންސީގެ ލީޑަރޝިޕް އެކުލަވާލައިަފއިވާއިރު، މިހާރު އޮތް ސުވާލަކީ ހަރަކާތްތެރި، ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ފެނިގެެން ހިނގައިދާނެތޯ އެވެ.

ޕީއެންސީގެ ލީޑަރޝިޕްގައި، ދޫ ހަލުވި، ސިޔާސީ މަސްރަހުގައިވެސް ހަރަކާތްތެރި ގިނަ ބޭފުޅުންތަކެއް ހިމެނިފައިވެއެވެ. ވަކިން ހާއްސަގޮތެއްގައި ނިމުނު ދެ ތިން އަހަރުގެ ތެރޭގައި ދިވެހިންނަށް އެންމެ ފަރިތަ ބައެއް މޫނުތައް ހިމެނިފައިވާއިރު، އެ ބޭފުޅުން ވިދާޅުވަނީ ޕީއެންސީއަކީ ވަރަށް ހަރަކާތްތެރި އިދިކޮޅު ޕާޓީއަކަށްވެގެންދާނެ ކަމަށެވެ. ނަމަވެސް ފެންނަ މަންޒަރަށް ބަލާއިރު، ހަރަކާތްތެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ގެނިގެންދިޔުމުގެ ފުރުސަތު ވަރަށްވެސް ކުޑަ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ބުރާސްފަތި ދުވަހުގެރޭ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރު ޒިންމާދާރުކުރުމަށް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ހަރަކާތްތެރިވާނީ ކޮންގޮތަކަށްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވި ޖަވާބުންވެސް ވަނީ އެކަން ސާފުވެގެންގޮސްފަ އެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެ ޕާޓީގެ މާބޮޑު ވިސްނުމެއް ނެތްކަން އެނގިގެންދިޔަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމާއި، ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް މިހާރު ނުކުރަނީ ސަރުކާރުން އެވަރުގެ މަސައްކަތްތަކެއް ނުކުރާތީ ކަމަށެވެ. މިސާލެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވވީ ސަރުކާރު ވެރިކަމާއި ހަވާލުވެ، ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައިނުވުމެވެ. އެގޮތުން ބަނދަރާއި، ނަރުދަމަޔާއި، ފެނުގެ ނިޒާމާއި، ބިން ހުއްކުމުގެ އެއްވެސް ޕްރޮޖެކެޓެއް ކުރިއަށް ނުގެންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް ކަމުގެ ހަޤީޤަތަށް ޖެހިލަމާތޯ އެވެ. ސަރުކަރު ވެރިކަމާއި ހަވާލުވެ، ނިމުނު ފަސް މަސް ދުވަހުގެ ތެރޭގައި ވަނީ 20 ރަށަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ. އޭގެތެރެއިން ބައެއް ރަށްރަށުގެ މަސައްކަތްތައް ވެސް ފަށާފަ އެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ގެންދަނީ ވަމުންނެވެ. ބަނދަރުތައް ހެދުމާއި ބަނދަރުތައް މަރާމާތުކުރުމުގެ މަސައްކަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެއާޕޯޓްތައް އެޅުމާއި، އެއާޕޯޓްތައް އެޅުމަށް ކުރަންޖެހޭ ސާރވޭތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. ނިމުނު ސަރުކާރުން ނަމެއްގައި ހުޅުވި ކުޅުދުއްފުށި އެއާޕޯޓް، ރަނގަޅު ފެންވަރަށް ތަރައްޤީކުުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މަފަރު އެއާޕޯޓް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމަށް އެތަށް ރަށަކަށް ވަނީ އައު ޖަނަރޭޓަރުތައް ފޮނުވާ، އިންސްޓޯލްކޮށްފަ އެވެ.

އަބްދުއްރަހީމާއި، އެ ޕާޓީން ސިފަކުރާ ތަރައްޤީގެ އެތަކެއް ޕްރޮޖެކްޓްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އިންސާނީ ހައްޤުތައް ކަށަވަރުކުރުންކަމަށްވިޔަސް، ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ނަމަވެސް ސަރުކާރުން އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރު ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި -- ފޮޓޯ: ރާއްޖެ.އެމްވީ

އެހެންކަމުން، ސަރުކާރުން ޖާވާބުދާރީކުރުމުގެ މަސައްކަތް ނުކުރަނީ، ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްނުގެންދާތީ ކަމަށް ބުނުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. ސަރުކާރުން އެންމެ އެދެވޭ ސްޕީޑްްގައި މަސައްކަތް ނުކުރިނަމަވެސް އެއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅު ޕާޓީއަކުން ބަސްކިޔައި، ހަރަކާތްތައް ހިންގަންޖެހޭ ކަމެކެވެ.

ސަރުކާރެއް ޖަވާބުދާރީ ކުރުވައި، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ އެންމެ މުހިންމު އެއް ކަމަކީ ސަރުކާރުން ވާ ވައުދުތައް ފުއްދޭތޯ ބެލުމެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަސް ނިންމާލައި، އެކަމުގެ އުފާ ސަރުކާރުން ފާޅުކުރިއިރު، އިދިކޮޅުު ފަރާތްތަކުން ތިބީ ނިދާފައެވެ. ކިތައް ވައުދު ފުއްދިކަމެއް، ކިތައް ވައުދު ނުފުއްދުނުކަމެއްވެސް ނާނގައެވެ. ޒިންމާދާރު، އިދިކޮޅު ޕާޓީއެއްގެ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އެހެންކަމުން ޕީއެންސީގެ އައު ލީޑަރޝިޕާއެކު ވެސް، މިހާރު އެ ޕާޓީ ކުރިއަށްދާ ވިސްނުމުގައި އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ. ޒިންމާދާރު، ހަރަކާތްތެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ ޕީއެންސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެ އެވެ. އެ ބެފުޅުންގެ ވިސްނުމާއި، މަސައްކަތްތައް މުޅިން ބަދަލުކުރަންޖެހެ އެވެ. އެހެން ނޫންނަމަ، އެ ޕާޓީއަކީވެސް މާބޮޑު މުސްތަގުބަލެއް އޮތް ޕާޓީއެއް ކަމަކަށް ނުބެލެވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2017

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

22 ޑިސެމްބަރު 2017
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.
18 ޑިސެމްބަރު 2017

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!
26 އޮކްޓޯބަރު 2017

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!
29 ސެޕްޓެމްބަރު 2017

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!
30 އޯގަސްޓު 2017

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟
06 އޯގަސްޓު 2017

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!
26 ޖޫން 2017

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް