Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ނިންމުމެއް ނިންމަވާފައެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2017 | ބުދަ 03:29
ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓު - އެ ކޯޓުގެ ނިންމާއެކު ސުވާލުތައް ވަނީ އިތުރުވެގެންގޮސްފައި

ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓު - އެ ކޯޓުގެ ނިންމާއެކު ސުވާލުތައް ވަނީ އިތުރުވެގެންގޮސްފައި

އިދިކޮޅު ފަރާތްތަކަށް ނޭވާއެއް ލުމުގެ ފުރުސަތު ދިނުމަށްވެސް ސަރުކާރުން ބޭނުމެއް ނުވެ އެވެ. ހުދުމުހުތާރުވެރިޔަކު ކުރައްވާނެ ހުރިހާ ކަމެއް، މި ސަރުކާރުން ގެންދިޔައީ ކުރަމުންނެވެ. މަޖިލީހުގައި ތަޅު އަޅުވައި، މެމްބަރުން ހައްޔަރުކުރަމުންނެވެ. މެމްބަރުންގެ މައްޗަށް ދައުވާތައްކޮށް، ދަންވަރު ކޯޓުތައް ހުޅުވައި ހުކުމްތައް އިއްވަމުންނެވެ. ސަލާމަތީ ހިދުމަތްތަކުގެ ބަޔަކު މަގުތަކަށް ނެރެ، އެ މީހުން ލައްވާ ރައްޔިތުންނަށް އަނިޔާކުރަމުންނެވެ.

ސަރުކާރުގެ އަމަލުތައް ހައްދުފަހަނަ އަޅައިގޮސް، ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ބޭރުވުމުންވެސް، އިދިކޮޅު ފަރާތްތައް މަސައްކަތްކުރީ، ޤާނޫނު އަސާސީ ބުނާގޮތުގެމަތިން ސަރުކާރު މައިތިރިކޮށް ހަމަޔަކަށް އެޅުވުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ދުލެއް ދިނުމެއް ނެތި، އިދިކޮޅު ފަރާތްތައް އަޅާކޮންމެ ފިޔަވަޅަކަށް ސަރުކާރުން ގެންދިޔައީ، ރޯމާ ދުވާލުގައި އަނިޔާވެރިކަން އިސްކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތައް މުގުރަމުންނެވެ. މި ހަނގުރާމައިގެ ތެރޭގައި އިދިކޮޅު ފަރާތްތައް ނެތިކޮށްލުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ގޮސް، މެމްބަރުންތަކެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ހުކުމެއް ހޯދި އެވެ. ބަންޑާރަ ނައިބް ފޮނުވައިގެން ހުކުމް ހޯދުމަށްފަހު ސަރުކާރުން ފަހަރަކު މެމްބަރަކު ޕާޓީން ވަކިކޮށް، މެމްބަރުކަން ގެއްލިފައިވާކަމަށް އިއުލާންކުރަމުންގެންދިޔަ އެވެ.

އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެން، އެ ކޯޓު ދޮރުމަތީގައި -- ފޮޓޯ: މުހައްމަދު ޝަރުހާން / ރާއްޖެ.އެމްވީ

ސިޔާސީ މަސްރަހުގެ ބޮޑު ހަނގުރާމައިގެ ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި އިދިކޮޅު ފަރާތްތައް އިސްކުރީ ޤާނޫނު އަސާސީގައި ބުނެފައިވާ މަގެވެ. އެގޮތުން އިދިކޮޅު ފަރާތްތައް ސުޕްރީމް ކޯޓަށް ވަޑައިގެން، މައްސަލައަށް އަވަސް ފަރުވާއެއް ހޯދައިދީ، އަލިފާން ގަނޑު ނިއްވާލަދީ، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެދުނު އެވެ. ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވޭނީ ހަމައެކަނި އެ ކޯޓަށް ކަމަށްވާތީ އެވެ. އެ މައްސަލަ ހައްލުކުރުމަށް ޤާނޫނު އަސާސީ ލާޒިމްކޮށް، އެ ބާރުވެސްދީފައިވަނީ ހަމައެކަނި އެ ކޯޓަށް ކަމަށްވާތީ އެވެ.

މައްސަލައިގެ ޝަރީއަތްތުގެ އަޑުއެހުންތައް ނިންމާލުމަށްފަހުވެސް، ސުޕްރީމް ކޯޓުން އެތަށް ދުވަހަކު ހުކުމް ނުކޮށް ހިފަހައްޓައިގެންތިބި އެވެ. މުޅި ޤައުމު އެ ނިންމުމަކަށް އިންތިޒާރުކޮށްގެންތިބި ހުކުމް ލަސްވެގެންދިއުމާއެކުވެސް އެކަމުގައި ނުރަނގަޅު ނުފޫޒުތަކެއް އުޅެކަމުގެ ހެއްކެއްކަމަށް ގިނަ ބަޔަކަށް އޮތީ ގަބޫލުކުރެވިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބިސް ޖަހައި، ސިފައިން ބޭނުންކޮށް މެމްބަރުން މަޖިލީހުން ބޭރުކޮށް، މެމްބަރުންގެ މެދުގައި މަރާމާރި ހިންގައި، ދޮރުތަކާއެއްޗެހި ހަލާކުކޮށް، މުޅި ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް، ކުއްލިގޮތަކަށް ސަރުކާރުގެ އިސްބޭފުޅުންތަކެއް ދަންވަރު ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވި އެވެ. ބަންޑާރަ ނައިބް ހިމެނޭގޮތަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ސުޕްރީމް ކޯޓަށް ވަދެވަޑައިގަތުމާއެކު، ސަރުކާރުން ކުޅޭ ކުޅިގަނޑު ވަރަށް ސާފުވެގެންދިޔަ އެވެ. ސުޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއްކޮށްފާނެކަމާއިމެދު ގިނަ ރައްޔިތުންތަކެއް ސުވާލުވެސް އުފައްދަމުންގެންދިޔަ އެވެ.ޖެއްސެވި ސަކަރާތެއް ކުރެއްވި ކަމެއް ނޭނގެ އެވެ. ދެން ފެނުނީ ޖެހިގެން އައި ދުވަހު މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމުމެއް ނިންމައި ނެރުނު ތަނެވެ.

ބަންޑާރަ ނައިބްކަމަށް ބެލެވޭ މީހަކު ސުޕްރީމް ކޯޓުގައި ދަންވަރުގެ ވަގުތުގައި -- ފޮޓޯ: ސޯޝަލް މީޑިއާ

ސަރުކާރުން އެ ހުރިހާ ސަކަރާތެއްޖެހިއިރުވެސް އިދިކޮޅު ފަރާތްތައް ބުނަމުންގެންދިޔައީ ސުޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއް އިއްވާނެކަމަށެވެ. އެ މީހުން އުއްމީދުކޮށްގެންތިބީ ސުޕްރީމް ކޯޓުން ކޮންމެވެސް އެއްކޮޅެއްގައި ޖައްސައި، ހުޅުގަނޑު ނިއްވާލައި، ސިޔާސީ މަސްރަހު ފިނިކޮށްލާނޭކަމަށެވެ. ކޮންމެ ގޮތަކަށް ހުކުމް އޮތް ނަމަވެސް ހުކުމްކޮށްދެއްވުމަށް އެދި އިދިކޮޅު ފަރާތްތައް އާދޭސްކުރަމުންގެންދަނިކޮށް، ސިޓީގެ ޖަވާބު ދިނުމަށްކަމަށް ބުނެ ކޯޓަށް ހާޒިރުކޮށް، މައްސަލައިގެ ނިންމުން ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.

ހީކުރެވިފައި އޮތް ގޮތާއި ހިލާފަށް، ސުޕްރީމް ކޯޓުގެ ނިންމުމާއެކު މައްސަލައަށް ހައްލެއް ނުލިބުނު އެވެ. ސިޔާސީ މަސްރަހުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައެއްވެސް ނުދިނެވެ. ބަދަލުގައި ސުޕްރީމް ކޯޓުން ހޫނުވެފައިވާ ސިޔާސީ މަސްރަހު އިތުރަށް ހޫނުކޮށްލި އެވެ. ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ބޮޑުވުމަށް އެޔަށް ބޭނުންވާ ޕެޓްރޯލް އަޅާލިފަދަ އެވެ. އެހެނީ ސުޕްރީމް ކޯޓުގެ ނިންމުމުން އެގަހުކޭލެއް މިގަހު ކޭލެއް ސާފުނުވާތީ އެވެ.

އިދިކޮޅު ފަރާތްތަކަށް ސުޕްރީމް ކޯޓުގެ ނިންމުންވެގެންދިޔައީ އެ މީހުންނާއި އެއްކޮށްޅަށް ނިންމި ނިންމުމަކަށެވެ. ސަރުކާރަށް އެ ނިންމުންވެގެންދިޔައީ އެ މީހުން ބޭނުންވިގޮތަށް ނިންމި ނިންމުމަކަށެވެ. އެއްވެސް ބަޔަކު ދޫދޭކަށް ބޭނުމެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމު އޮތްގޮތުން އެއީ ކޮންމެ ކޮޅަކަށްވެސް މާނަކުރެވިދާނެ އެއްޗެއްކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެ އެވެ. ކޮންމެއަކަސް ސާފު މައްސަލައެއްގައި ނިންމުމެއް ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމަށް އެ ކޯޓުން ނިންމި ނިންމުމުން އެ މައްސަލައެއް އެއްވެސް ފާރުވާއެއް ހޯދައިދީފައެއް ނުވެއެވެ. ފަހަރުގައި ހަނގުރާމައިގެ ތެރޭގައި ސަލާމަތްކަން ހޯދަން ހުރިހާ ކޮޅެއްވެސް މޮޅުގޮތަކަށް ސުޕްރީމް ކޯޓުން ނިންމުމެއް ނިންމީކަމަށްވެދާނެ އެވެ.

މިއާއެކު އުފެދިގެންދާ ސުވާލަކީ، ސިޔާސީ މަސްރަހުގައި އަދަމުންދާ އަލިފާންގަނޑު އިތުރަށް ބޮޑުވަމުންދާއިރު، ސިޔާސީ މަސްރަހު ފިނިކުރާނީދެން ކޮންގޮތަކަށްތޯ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތައްދާނެ އިތުރުތަނެއް ނޯންނާނެ އެވެ. ފަހުބަސް ބުނަން އޮތްތަނުން އެ ވަނީ ވާނުވާ ނޭނގޭގޮތަށް ނިންމުމެއް ނިންމާ ދެ ކޮޅުވެސް މޮޅުކޮށްދީފަ އެވެ. މިހާރު މި އޮތީ އެ މީހަކާއި، އެ މީހަކަށްވެފަ އެވެ.

ސިޔާސީ މަސްރަހު ފިނިކުރަން ބޭނުންކަމުގައިވާނަމަ މައްސަލަ ކޮންމެވެސް އެއްކޮޅެއްގައި ޖައްސަންޖެހެ އެވެ. އެކަންކުރެވެން އޮތީ، ތިން ގޮތެކެވެ. އެއްގޮތަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަނެއްކާވެސް، ނިންމުން ތަފްސީލްކޮށްދީ އަމުރެއް ނެރުމެވެ. ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނުނެރިއްޖެނަމަ، އިދިކޮޅު ފަރާތްތަކަށްދެން އޮންނާނީ މަގު މަތިން ވެރިކަން ބަދަލުކުރުމެވެ. ޤާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގެ ބޭނުން ހިފުމެވެ. ދެން އޮތީ ސަރުކާރު އެވެ. ސަރުކާރުން މައްސަލަ ހައްލުކުރަން ބޭނުންކަމުގައިވާނަމަ އޮތް ހަމައެކަނި ގޮތަކީ ގޮތްދޫކޮށް މަޝްވަރާކުރުމެވެ. އެ ނޫންގޮތަކަށް މައްސަލައަށް އެއްވެސް ހައްލެއް ނެތެވެ.

މިހާރު މިއޮތް ހާލަތަށް ބަލާކަމުގައިވާނަމަ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެ، ބަޔެއްގެ ފުރާނަ ދިޔުމަކީވެސް އެކަށީގެންވާކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

07 ނޮވެމްބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

16 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު