Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީލަންކާ-ދިވެހިރާއްޖެ

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކޮށްގެން ޔާމީން ސަރުކާރުންވަނީ ކައުންސިލަރުން ސަސްޕެންޑް ކޮށްފައި

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2017 | ހޯމަ 09:24
ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރަކާއި ޑިޕްލޮމޭޓަކު ސްރީލަންކާގެ އިދިކޮޅު ފަރާތަކާ އެކު ބޭއްވި ބައްދަލު ކުރުމުގެ ތެރެއިން

ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރަކާއި ޑިޕްލޮމޭޓަކު ސްރީލަންކާގެ އިދިކޮޅު ފަރާތަކާ އެކު ބޭއްވި ބައްދަލު ކުރުމުގެ ތެރެއިން

ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ ގައުމަކުން ބެހުމަކީ ދިވެހި ސަރުކާރުން ވަރަށް ރުޅިގަދަވާ ކަމެއްގެ ގޮތުގައި އޮތީ ފާހަގަ ކުރެވިފައެވެ. މިގޮތުން ބޭރު ގައުމެއްގެ ސަފީރަކު، އިދިކޮޅު ފަރާތްތަކާ ބައްދަލުކުރުމާ މަޝްވަރާ ކުރުމަކީ ޔާމީން ސަރުކާރަށް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. އަބަދުވެސް މިއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮންނަނީ ފާހަގަ ކުރެވިފައެވެ. އެއީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި، އެތެރޭގެ ކަންކަމާ ބެހުން ކަމަށް ސަރުކާރުން ފާހަގަ ކުރެއެވެ. މިކަން މިހެން ހިނގަމުން ގޮސް ސަރުކާރުގެ ރުޅި ފަޅައިގެން ދިޔައީ، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބައެއް ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލު ކުރެއްވި ހިސާބުންނެވެ.

އިންތިޚާބު ކުރެވޭ ކައުންސިލަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓަކުން މަގާމަށް ހޮވޭ ބައެއް ކަމުގައި ވިޔަސް، ސަރުކާރުގެ މުށުތެރޭގައި އޮންނަ ލޯކަން ގަވަންމަންޓް އޮތޯރިޓީން ވަނީ އިންޑިއާ ސަފީރުއާ ބައްދަލު ކުރެއްވި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން 3 މަސް ދުވަހުގެ މުއްދަތައް ސަސްޕެންޑް ކޮށްފައެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރައްޔިތުން އައްޔަން ކޮށްފައިވާ ކައުންސިލެއް ކުއްލިއަކަށް ސަސްޕެންޑް ކުރީ، އިންޑިއާ ސަފީރު އާ އެކު ބޭއްވި ބައްދަލުވުމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މައްސަލަ މިހާ ބޮޑަށް ގޯސް ވެގެން ދިޔައީ، ސަފީރު އާ ބައްދަލު ކުރި ކައުންސިލަރުންގެ ގޮތުގައި ތިއްބެވީ ސަރުކާރަށް ސަނާ ކިޔާ މެމްބަރުންނަށް ނުވި ނުވުން ކަމަށް ބެލެއެވެ.

ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ ރުޅި ފަޅައިގެން ގޮސް ކައުންސިލް ތަކުން ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރެވޭނީ އެ އޮތޯރިޓީގެ ހުއްދަ ކުރިން ހޯދައިގެން ކަމަށްވެސް މިހާރު ހަމަޖައްސައިފިއެވެ. ސަފީރުގެ ބައްދަލުވުމާއެކު، އަމިއްލަ ސިއްކަ އޮންނަ، އަމިއްލަ ނަމުގައި ލޯނު ނެގޭ، އަމިއްލަ ނަމުގައި ދައުވާ ކުރެވޭ ފަދަ ބާރުތައް ގާނޫނުން ދީފައިވާ ކައުންސިލްގެ ބާރުތަކާ މިނިވަންކަމަށް އެ އޮތޯރިޓީން އަރައިގަނެފިއެވެ.

ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާ ނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމީ ރާއްޖޭގެ ސިޔާދަތާއި ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ކަމުގައެވެ. ކައުންސިލްތަކާ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކުގެ މަންދޫބުން ބައްދަލު ކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ޔާމީން ސަރުކާރުން ކޮންމެ އަކަސް ނިންމައިފިއެވެ. ޔާމީން ސަރުކާރުން ކަންބޮޑުވަނީ، ރާއްޖޭގެ ދާހިލީ ސިޔާސަތު ކަނޑައަޅަނީ ސަރުކާރުން ކަމަށް ވެފައި ކައުންސިލްތަކުން ވަކިން ބޭރުގެ މަންދޫބުންނާ ބައްދަލުކޮށް، މައުލޫމާތު ދިނުމަކީ ބޭރުގެ ގައުމުތަކާ އެކު ރާއްޖެ އިން ދަމަހައްޓާ ގުޅުމަށް ބުރޫއަރާފާނެ ކަމެކެވެ. ރާއްޖޭގައި މިހާރު އޮތް ސަރުކާރުން މި ބުނަނީ، ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭ ގޮތުން ސަރުކާރަށް ނޫން ފަރާތަކަށް ބޭރުގެ އެއްވެސް ފަރާތަކަށް މައުލޫމާތުދީ ގުޅުން ބަދަހިކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

މިއީ މިކަން އޮންނަންވާނެ ގޮތް ކަމަށް ދިވެހި ސަރުކާރަށް މި ފެންވަރަށް ގަބޫލު ކުރާއިރު ހައިރާންވާން ކަމަކީ، ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުން ބޭރު ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކޮށް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމެވެ. މިގޮތުން ހުވަދު އަތޮޅު ކައުންސިލަރުން ސަސްޕެންޑް ކުރުމާ އެކުއެކީ ކަހަލަ ގޮތަކަށް ފެނިގެން ދިޔައީ ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުންނާއި، މިނިސްޓަރުން އަވައްޓެރި ސްރީލަންކާގެ އިދިކޮޅު ޕާޓީގެ އިސް ފަރާތަކާ ބައްދަލުކޮށް، އެކަމާ އެކްސައިޓް ވެގެން އުޅުއްވި މަންޒަރުތަކެވެ. ތިމާމެން ކުރުމުން މިއީ ރަނގަޅު ކަމަކަށް ވެފައި އަނެކާ ކުރުމުން އެއީ ގޯސް ކަމަކަށް ވާ ކަންކަން މިއީ ޔާމީން ސަރުކާރުގައި އާއްމުކޮށް ފެންނަ ކަމެކެވެ. އެއީ ހަގީގަތުގައި ހައިރާންވާން ޖެހޭ ވެސް ކަމެއް ނޫނެވެ. ނަމަވެސް މިވާހަކަ ފާހަގަކޮށްލަން މިޖެހުނީ ތާރީޚަށް ޓަކައި މިގައުމުގައި އޮތް ސަރުކާރުން ކަންކަން ކޮށްފައި ހުންނަ ދެކޮޅު ނުޖެހޭ ކަންކަން ފާހަގަ ކޮށްލުމުގެ ހަމައެކަނި ބޭނުމުގައެވެ.

ކޮޅުނބުގައި ހުންނަވާ ރައީސް ޔާމީންގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް އާއި ރައީސް ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު، ލަންކާގެ އިދިކޮޅު ޕާޓީތައް ތަމްސީލް ކުރައްވާ މެމްބަރު އަދި ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ އާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކަށް ފަހު ކުރެއްވި ޓްވީޓެއްގައި ހާމަ ކުރައްވާފައި ވަނީ، ރަނގަޅު ވާހަކަތަކެއް ކުރިއަށް ދިޔަ ކަމަށެވެ.

ސްރީލަންކާގެ މީޑީއާއިން ހާމަކޮށްފައިވަނީ ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރަކާއި ކޮޅުނބުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް، މި ދެބޭފުޅުން ލަންކާގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ބާއްވަވައިފި ކަމަށެވެ.

ދިވެހި ސަރުކާރުން ލަންކާގެ އިދިކޮޅު ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، ފާޅުގައި ބައްދަލުވުން ތައް ބާއްވާއިރު، އެ ގައުމުގެ ރައްޔިތުން ވޯޓު ލައިގެން ހޮވާފައިވާ ގާނޫނީ ސަރުކާރެއް އެބައޮތެވެ. ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުން އެހެން ގައުމުތަކުގެ އަދި ޚާއްސަކޮށް އަވައްޓެރި ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަކީ މައްސަލައެއް ކަމަކަށް ރައީސް ޔާމީން ދެކެވަޑައި ނުގަންނަވަނީތާއެވެ؟ އެހެން ކަމަށް ވާނަމަ، ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުމުން ސަރުކާރުން ފަޔަށް ހިނި އަރައިގެން އުޅޭ ގޮތައް މިއުޅެނީ ކީއްވެގެން ބާވައެވެ؟ ސްރީލަންކާގެ އިދިކޮޅު ފަރާތްތަކާއި ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރެއްވާ މަޝްވަރާ ކުރެއްވުމަކީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރާފާނެ ކަމެއް ކަމަކަށް ދިވެހި ސަރުކާރުން ނުދެކެނީތާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު