Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ބޮން ގޮއްވުން

ބޮން ގޮއްވުމުގައި 9 މީހުން ބައިވެރިވި، 8 މީހަކު ވަނީ ދެނެގަނެފައި: ފުލުހުން

ބައެއް މީހުންނަކީ އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުން ކިޔަވައިގެން ތިބި މީހުން

އަލީ ސަމާޚް
އަލީ ސަމާޚް | 24 އެޕްރީލު 2019 | ބުދަ 11:50
ބޮންގޮވުމުގެ ސަބަބުން ޗާޗެއް އެއްކޮށް ހަލާކުވެފައި

ބޮންގޮވުމުގެ ސަބަބުން ޗާޗެއް އެއްކޮށް ހަލާކުވެފައި

ލަންކާގެ ަތަކާއި، ހޮޓާތަކުގައި ބޮން ގޮއްވާލުމުގައި ނުވަ މީހަކު ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރެއިން އަށް މީހަކު ދެނެގަނެވިފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ލަންކާގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ، ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި މިހާތަނަށް 60 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ބޮން ގޮއްވާލުމުގައި ބައިވެރިވި ހުރިހާ އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށާއި، އޭގެ ތެރެއިން ދެމަތަގޮޑާގައި ބޮން ގޮއްވާލާފައި ވަނީ އަންހަނެކު ކަމަށް ބުނެ އެވެ. މި އެންމެންވެސް ބޮން ގޮއްވާލާފައި ވަނީ ހަށި ގޮއްވާލައިގެންނެވެ.

ވެރި ރަށް ކޮޅުނބުގައި ބޭއްވި ޕްރެސް ކޮންފަރެންސް ގަސްޓޭޓް މިނިސްޓަރ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނަ ވިދާޅުވީ، އޭގެ ތެރެއިން ބައެއް މީހުންނަކީ އިނގިރޭސިވިލާތުންނާއި އޮސްޓްރޭލިއާއިން ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ މީހުން ކަމަށެވެ. ޝަންގްރީއްލާގައި ބޮންގޮއްވާލާފައި ވަނީ ތައުހީދު ޖަމާއަތުގެ ލީޑަރުކަމަށް ވެސް ވިދާޅުވިއެވެ. ވިޖެވަރްދަނަ ވިދާޅުވީ، ލަންކާއަށް ދިން ހަމަލާ އަކީ ނިއުޒިލޭންޑްގެ ކްރިސް ޗާޗުގައި ހުންނަ މިސްކިތައް ދިން ހަމަލާގެ ބަދަލު ހިފުމެއް ކަމަށެވެ.

ހާދިސާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުން ވަނީ ނަގާފައެވެ. އަދި އެ ޖަމާއަތުން ވަނީ ބޮން ގޮއްވުމުގައި ބައިވެރިވި މީހުން އައިއެސްގެ ލީޑަރު އަބޫބަކްރު އަލް ބަޣްދާދީ އަށް ބައިއަތު ހިފާ ވީޑިއޯއެއް އާއްމުކޮށްފައެވެ.

މިފަހުގެ ތާރީހެއްގައި ލަންކާގައި ހިނގި އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއަށް ފަހު މުއްދަތެއް ނެތް ގޮތަށް މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.

ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު 6600 ސިފައިން ވަނީ އެގައުމުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ. ކޮޅުނބު ހިމެނޭ ވެސްޓަން ޕްރޮވިންސްގައި އެކަނިވެސް އިތުރު 1000 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ބުދަ ދުވަހު ހެނދުނު ބޮން ހުރި ކަމަށް ޝައްކު ކުރެވޭ ސައިކަލެއްގެ އިތުރުން ކޮޅުނބުގެ ތިމިބިރިގަސްގަޔާ އަވަށުގެ ރެސްޓޯރެންޓެއް ވަނީ ޗެކްކޮށްފައެވެ.

ބޮން ގޮއްވުމުގެ ހާދިސާގައި ވަނީ 359 މީހަކު މަރުވެ 500 މީހަކު ޒަހަމްވެފައެވެ. އޭގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު