Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޔޫ އެސްޔޫ

ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ހިންގާ ކޮމެޓީއަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކޮށްފި

19 އެޕްރީލު 2019 | ހުކުރު 07:16

ގައުމީ ޔުނިވަރސިޓީގެ ޝަރަފްވެރިކަމުގެ އިނާމަކީ 2018 ވަނަ އަހަރު ތައާރަފް ކޮށްފައިވާ އިނާމެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 19 އެޕްރީލު 2019 | ހުކުރު 07:16
އެމްއެންޔޫ އެސްޔޫގެ ހިންގާ ކޮމެޓީއަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލު ކުރުމުގެ ރަސްމިއްޔާތު

އެމްއެންޔޫ އެސްޔޫގެ ހިންގާ ކޮމެޓީއަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލު ކުރުމުގެ ރަސްމިއްޔާތު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓް ޔޫނިއަން ހިންގާ ކޮމެޓީގެ ގޮފިތަކަށް ހޮވުނު ދަރިވަރުނަށް މަގާމު ހަވާލު ކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޔުނިވާސިޓީގެ މާލޭގެ ކެމްޕަހުގެ ގޮފިތަކުގެ ހިންގާ ކޮމެޓީގެ ރައީސްގެ މަގާމަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލު ކޮށްދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒެވެ.

ސްޓޫޑެންޓް ޔޫނިއަންގެ ނައިބު ރައީސް އިލްމީގެ މަގާމަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ އެވެ. ހަޒާންދާރުގެ މަގާމަށް ހޮވިފައިވާ ދަރިވަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާއެވެ. ސްޓޫޑެންޓް ޔޫނިއަންގެ ނައިބު ރައީސް އަމަލީގެ މަގާމަށް ހޮވިފައިވާ ދަރިވަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ޔުނިވާސިޓީގެ ކޮންޓްރޯލަރ އޮފް އެގްޒެމިނޭޝަންސް ފާތިމަތު ނާޒިޔާ އެވެ. އަދި މީޑިއާ ކޯޑިނޭޓަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ޔުނިވަރސިޓީގެ ޑީން އޮފް ރިސާރޗް ޑރ. ރަހީމާ އަބްދުއްރަހީމް ވެއެވެ.

ގައުމީ ޔުނިވަރސިޓީގެ ޝަރަފްވެރިކަމާއި، އިއްޒަތްތެރިކަމުުގެ ނިޝާންގެ ވެރިޔާގެ މަޤާމު ލިބުނު ފަރާތްތަކަށް ހަވާލު ކޮށްދެއްވާފައި ވަނީ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފެވެ. އެ ފަރާތްތަކަކީ އިބްރާހިމް މަފާޒް، މުހައްމަދު ޝިހާން، ހާލިދު މުހައްމަދު، އަލީ އަމީރު، ހުސެއިން މޫސާގެ އިތުރުން ހުސެއިން ފަޒީލް އަދި ހުސެއިން އަމީން އެވެ.

އެކި ރޮނގުތަކުން ގައުމީ ޔުނިވާސިޓީއަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށް ދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ގައުމީ ޔުނިވަރސިޓީގެ ޝަރަފްވެރިކަމުގެ އިނާމު ތައާރަފުކުރީ 2018 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް