Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ

ގެސްޓް ހައުސް ހިންގާ ފަރާތްތަކައް ޚާއްސަކޮށްގެން އެމްއެމްޕީއާރްސީން ވޯކްޝޮޕެއް ހިންގަނީ

18 އެޕްރީލު 2019 | ބުރާސްފަތި 11:59

ގެސްޓް ހައުސްތައް މާރކެޓް ކުރުމަށްޓަކާ ކުރެވިދާނެ ކަންތައް ދަސްކޮށް ދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ބާއްވާ ވޯކް ޝޮޕެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 18 އެޕްރީލު 2019 | ބުރާސްފަތި 11:59
ވޯކް ޝޮޕްގައި ދަސްކޮށްދެނީ މާރކެޓް ކުރުމުގެ އެންމެ އާދައިގެ އުކުޅުތައް

ވޯކް ޝޮޕްގައި ދަސްކޮށްދެނީ މާރކެޓް ކުރުމުގެ އެންމެ އާދައިގެ އުކުޅުތައް

ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ވޯކްޝޮޕެއް މޯލްޑިވްސް މާރކެޓިން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކައް ޚާއްސަކޮށްގެން ބާއްވާ ވޯކް ޝޮޕަކީ، އެ ފަރާތްތަކަށް ގެސްޓް ހައުސްތައް މާރކެޓް ކުރުމަށްޓަކާ ކުރެވިދާނެ ކަންތައް ދަސްކޮށް ދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ބާއްވާ ވޯކް ޝޮޕެއް ކަމަށެވެ.

Advertisement - newsAdvertisement

ވޯކް ޝޮޕްގައި ބަލާލާނީ މާރކެޓް ކުރުމުގައި ގެންގުޅެވިދާނެ އެންމެ އާދައިގެ އުކުޅުތައް ކަމަށާއި، މިކަން ކުރަނީ ކޯޕަރޭޓް މޯލްޑިވްސް އާއި ހަވާލުކޮށްގެން ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"އޭގައި ބަލާލަނީ ޖުމްލަ ގޮތެއްގައި ބޭސިކް މާކެޓިންގ އަށް . އެބޭފުޅުންގެ މަސައްކަތް މާރކެޓް ކުރުމަށްޓަކާ ކުރެވިދާނެ ކުރެވިދާނެ އެކި ކަންކަން . މިކަން ކުރަނީ އައުޓް ސޯސްކޮށްގެން" ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ އެ ވޯކް ޝޮޕަކީ ވަރަށް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދެވޭނެ ވޯކް ޝޮޕެއް ކަމަށާއި،ބޭރުގެ ދެ ފަރާތަކުން މި ވޯކް ޝޮޕްގައި ބައިވެރިވާނެ ކަމަށެވެ. މި ވޯކް ޝޮޕަކީ އެމްއެމްޕީއާރްސީން ހިލޭ ކުރިއަށް ގެންދާ ވޯކް ޝޮޕެއް ކަން ތޮއްޔިބް ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ މަސައްކަތް ކުރިއަށްދާ ގޮތާއި ދޭތެރޭ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ތޮއްޔިބް ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭން އެ ކުންފުންޏާއި ހަވާލުކުރެވުނު ދެ ވައުދުވެސް ފުއްދިފައިވާ ކަމަށެވެ.

"ސަރުކާރުގެ ވައުދުގައި ވަނީ ހަތަރު ފަރާތަކަށް ވޯކް ޝޮޕް ހިންގުން. އެމްއެމްޕީއާރްސީން ޕްލޭންކުރީ 11 ސަރަހައްދަކަށް ބަހާލައިގެން 11 ވޯކް ޝޮޕް ހިންގަން. މިހާތަނަށް ހަތް ވޯކް ޝޮޕް ހިންގާފައިވޭ. ފުދޭ ވަރެއްގެ ރަނގަޅު ކާމިޔާބެކޭ ދެންނެވިދާނެ" ތޮއްޔިބް ވިދާޅުވިއެވެ.

100 ދުވަހުގެ ވައުދުގެ ތެރޭން އެ ކުންފުންޏާއި ހަވާލުކުރެވުނު ދެ ވަނަ ވައުދަކީ ފަތުރުވެރިކަން މާރކެޓް ކުރާނެ ޕްލޭނެއް އެކުލަވާލުން ކަމަށާއި، އެކަންކޮށް ނިމިފައިވާ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއަކީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް