Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނގާ ކުރުން

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ބުލީ ކުރުން އާންމުގޮތެއްގައި ފެންނަނީ ނުފޫޒު ގަދަ އަދި ބާރުވެރިކަން ހުންނަ މީހުންގެ ކިބައިން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 17:18
ބުލީގެ ޝިކާރައަކަށް ވެފައިވާ މީހެއް

ބުލީގެ ޝިކާރައަކަށް ވެފައިވާ މީހެއް

ހަނގާކުރުމަކީ އަނެކާއަށް އަނިޔާވެރި ވުމެވެ. އެއީ ޖިސްމާނީ އަނިޔާއަކަށް ވިޔަސް ނުވަތަ ނަފްސާނީ އަނިޔާއަކަށް ވިޔަސް އެކަމެއް ހިމެނެނީ ބުލީކުރުން ނުވަތަ ހަނގާކުރުމުގެ ތެރޭގައެވެ.

ހަނގާ ކުރާ މީހާއަށް މިކަމަކީ އެހާ ބޮޑު ކަމަކަށް ނުވި ކަމުގައި ވިޔަސް، ނުވަތަ އެއީ ހަމަ މަޖަލަކަށް ކުރާ ކަމެއް ކަމުގައި ވިޔަސް، މިކަމުގެ ސަބަބުން ދެން ހުންނަ މީހާ އަށް ވަރަށް ނޭދެވޭ އަސަރު ތަކެއް ކުރެއެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުވެގެން ދެއެވެ.

މި އަމަލު އާންމުގޮތެއްގައި ފެންނަނީ ނުފޫޒު ގަދަ އަދި ބާރުވެރިކަން ހުންނަ މީހުންގެ ކިބައިން އަނެއްމީހާގެ ދެރަކަމާއި ނިކަމެތިކަން އިހުސާސް ކުރުވުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.

މި ކަމަކީ ދެމީހެއްގެ ދޭތެރޭގައި ޖެހޭ މައްސަލައެއްގެ ސަބަބުން ނުވަތަ އަނެއް ފަރާތް ކަމުނުދާތީ ނުވަތަ މަޖަލަށް ވެސް ކުރާ ކަމެކެވެ. އަދި މިގޮތަށް ތަކުރާރުކޮށް ވަކި މީހަކަށް ނިސްބަތްކޮށް ކަންކަން ކުރުމަކީ ބުލީ ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން މީހަކު ބާކީ ކޮށްފައި ބެހެއްޓުން، އެމީހަކާއި ބޭއަދަބީ ބަހުން މުޚާތަބު ކުރުން، ބޭއަދަބީ ނަންތައް ބޭނުން ކުރުން، އެ ފަރާތަކާއި ބެހޭގޮތުން ހަގީގަތާއި ޚިލާފް ވާހަކަ ދެއްކުން، ތާފަތު ނަންނަމުން މުޚާތަބު ކުރުމުގެ އިތުރުން ވަކީ ޖިންސަކަށް ވީތީ، ވަކީ ދީނަކަށް ތަބާވާތީ އަދި ވަކި ނަސްލަކުން އައުން ވެސް ހިމެނެއެވެ. އަދި ގަސްތުގައި މީހެއްގެ ނަފްސަށް ގެއްލުން ދިނުން، ލިބިފައިވާ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ.

ބުލީ ކުރުމަކީ މުޖުތަމައުގައި އާންމު ކަމަކަށް ވުމުގެ އިތުރުން ސްކޫލުތަކުގަޔާއި މަސައްކަތުގެ މާހައުލުގެ ގައިވެސް އާންމު ކަމެކެވެ.

ބުލީކުރާ ގޮތްތައް

ފޭސްޓްފޭސް ބުލީ ( ސީދާ ގޮތެއްގައި ހަނގާކުރުން)

މީހެއް ނުވަތަ ބައެއްގެ ކުރީމަތީގައި އެއްޗިހިގޮވުން، މިހެއްގެ ގައިގައި ޖެހުން، އަނގައިން ބުނާ އެއްޗެއްގެ ސަބަބުން ނުވަތަ އެމީހަކަށް ދެރަ ނިކަމެތި ބަސްތައް ކުރިމަތީގައި ބުނުން ހިމެނެއެވެ. އަނގަބަހުންނާއި ގައިގައި އަތްލައިގެންނާއި ހިތަށްތަދުކޮށްގެން ވެސް ސީދާގޮތެއްގައި ހަނގާ ކުރެވިދާނެއެވެ.

ނުސީދާ ގޮތުން ބުލީ ކުރުން

މިގޮތަށް ބުލީ ކުރުމުން ވެސް އެމީހާއަށް ކުރާ އަސަރު ވަކި ކުޑައެއްނޫނެވެ. އާންމުގޮތެއްގައި މިގޮތަށް ބުލީ ކުރާއިރު މުޖުތަމައުން މީހާ ބާކީކޮށްލުން، ހަގީގަތެއް ނެތް ވާހަކަ ދެއްކުން، މީހަކާއި ގުޅޭގޮތުން ދޮގުވާހަކަތަށް ފެތުރުން ހިމެނެއެވެ. ނަމަވެސް މީ އާންމުކޮށް ބޮޑެތި މީހުންގެ ކިބައިން ފެންނަ ކަންކަމެވެ

ސައިބަރބުލީ

ޒަމާނާއި އެއްގޮތަށް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ބުލީކުރުން ވަނީ އާންމު ވެފައެވެ. އެގޮތުން ޗެޓްކޮށްގެން އީމެއިލަކުން، އިތުރުން އޮންލައިން ކޮންމެ ފޯރަމަކުން ވެސް ބުލީ ކުރެވިދާނެއެވެ އަދި މީ ގިނަ ބަޔަކަށް ކުރަން ފަސޭހަ އަދި އަވަހަށް ފެތުރިގެންދާ ކަމެކެވެ. އަދި މިގޮތަށް ބުލީކުރުމަކީ އެހެން މީހަކަށް އެކަން ހުއްޓުވުމަށް ނުކުޅެދިގެންވާ ކަންކަމެވެ.

ބުލީކުރުމުން ކޮންމެ މީހަކަށް ވެސް ތަފާތު އިހުސާސެއް ކުރެވޭއިރު އޭގެ ޝިކާރައަކަށް ވުމުން އެމީހާއަށް ކުރާ އިހުސާސް ބޮޑުތަނުން ތަފާތު ވާނެއެވެ.

އެގޮތުން އަމިއްލައަށް ބުލީގެ ޝިކާރައަކަށް ވުމުން އިހުސާސް ކުރެވޭނީ އަމިއްލަ ކުށުން ބުލީ ކުރާ ކަމަށެވެ. ނާއުއްމީދުވެ އެކަމުން ސަލާމަތް ވާނެ ގޮތެއް ނޭނގޭނެއެވެ. އެކަނިވެރިކަން އިހުސާސް ކުރެވި އެހީތެރިވާނެ މީހަކު ނެތި މުޖުތަމައުގެ ތެރޭގައި ބާކީވެފައިވާ މީހެއް ކަމަށް ގަބޫލު ކުރެވޭނެއެވެ. ޑިޕްރޭޝަނަށް މީހާ ގޮސް ރައްޓެހިން ގެއްލި އެކަނިވެރިކަން އިހުސާސް ކުރެވޭނެއެވެ. ބިރުގަނެ ރައްކާތެރި ކަމެއް ނެތް ކަމަށް ގަބޫލު ކުރެވޭނެ އެވެ. ހަދާނެގޮތް ހުސްވެ ބޯހާސްވެ އަމިއްލަ ނަފުސުދެކެ ފޫހިވާގޮތް ދިމާވެއެވެ.

އެހެންމީހުންނަށް ކުރާ އަސަރު

ބުލީކުރުމުން އޭގެ ނެދެވޭ އަސަރު ކުރަނީ ހަމައެކަނި ބުލީގެ ޝިކާރައަކަށް ވާ މީހާޔައް އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައަށް އެކަމުގެ އަސަރު ކުރެއެވެ. އެގޮތުން މީހަކު ބުލީ ކުރާތަން ފެންނަ މީހާ ވެސް އެކަމާއި ދެރަވެ ރުޅިގަދަ ވެއެވެ. އަދި ބުލީގެ ޝިކާރައަކަށްވާ މީހާއާއި އެއްވަރަށް އެކަމާއި ވިސްނާ ތިމަންނައާއި ދޭތެރެ މިހެން ވެދާނެ ކަމަށް ވެސް ވިސްނެއެވެ. އަދި މިބޮޑު ވަބާގެ ޝީކާރައަކަށް ވެސް ކޮންމެ މީހަކުވެސް ވެދާނެއެވެ. އެންމެ މުހިންމު ކަމަކީ އެމީހަކު އެމީހެއްގެ ހައްގުތައް ދެނެގަނެ އެންމެންނާއި މެދު ހަމަހަމަކޮށް އަދި އިހުތިރާމާއި އެކު މުޚާތަބު ކުރުމެވެ. ހަނގާ ކުރުމަކީ އޭގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އެތައް މައްސަލަތަކަކާއި ކުރިމަތި ލާންޖެހޭ ކަމެކެވެ. ހަނގާ ކުރުމުގެ ސަބަބުން އިންސާނީ އެތައް ހައްގެއް ގެއްލެއެވެ. އޭގެ ތެޜޭގައި ނަފްސާނީ ދުޅަހެޔޮކަން ގެއްލި ނަފަސާނީގޮތުން ބަލިކަށިވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރަސް އެޅި ކިޔެވުމާއި މަސައްކަތުގެ މާހައުލުގެ ރައްކާ ތެރިކަން ގެއްލެއެވެ.

ކީއްވެ އެހެން މީހުންނަށް ބުލީ ކުރަނީ

އެކި މީހުން އެކަން ކުރަނީ ތަފާތު އެކިއެކި ސަސަބު ތަކާއި ހުރެއެވެ. ބައެއް މީހުން ގަސްތުގައި އަނެއްމީހާގެ މައްޗައް ނުފޫޒު ފޯރުވުމަށާއި މުޖުތަމައުގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި މިގޮތަށް ބުލީ ކުރާމީހުން އަމިއްލަ ނަންސަށް ބޮޑާވުމާއި އެކަމަކީ ގޯސްކަމެއްގެ ގޮތުގައި ގަބޫލު ނުކުރެ އެވެ. ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ބުލީގެ ވަބާއާއި ކުރިމަތި ލާންޖެހިފައި ނުވާ މީހަކު މަދުވާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ބުލީ ނުވަތަ ހަނގާ ކުރުމުގެ ޝިކާރައަކަށް ވެއްޖެނަމަ އެންމެ ރަނގަޅުގޮތަކީ އިތުބާރުކުރެވޭ މީހަކާއި އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާ މަސްވަރާކޮށް މީހެއްގެ އެހީތެރިކަން ހޯދުމެވެ. އަދި އެމީހެއްގެ ފަރާތުން ރަނގަޅު ނަސޭހަތެއް އަޑު އެހުމެވެ.

ބައެއް ފަހަރު ރައްޓެއްސަކާއި ވާހަކަ ދައްކަން ފަސޭހަވެފަ އެހެން ނަމަވެސް އެއެއްޗިހި ބަޔާންކޮށްދޭން އުނދަގޫ ވާނަމަ އެއްޗެއްގައި ލިޔެފައި ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ބުނެދެވިދާނެއެވެ. ބުލީކުރުން ސުކޫލު މާހައުލުގައި ހިނގާނަމަ ރައްޓެހި ކުއްޖަކު ނުވަތަ ޓީޗަރުންގެ އެހީ ހޯދިދާނެއެވެ. މިގޮތަށް އެހެން މީހެއްގެ އެހީތެރިކަން ހޯދުމުން އިތުބާރު ބޮޑުވެ ރައްކާތެރިކަން އިހުސާސް ކުރެވެއެވެ.

ބުލީ ކުރާ މީހާޔާ ކުރިމަތިލާ އޭނާ އެ ކުރާ ކަމަކީ އެއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި މުޖުތަމައު ބަލައިގަންނަ ކަމެންނޫން ކަމަށް އޭނާޔަށް އިހުސާސްވާގޮތަށް ބުނެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

19 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު