Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުމަތީގެ އެކްސިޑެންޓް

ހިނގާ މީހުންނަށް ތަން ދިނުމަށް ޒިބުރާކުރޮސް ކައިރިއަށް 80 އިންސައްތަ އުޅަނދު މަޑުކުރޭ: ސްޓޭޝަން އިންސްޕެކްޓަރ

11 އެޕްރީލު 2019 | ބުރާސްފަތި 16:46

މަގަކީ އެންމެންގެވެސް ހައްގު އެކުލެވިގެންވާ ތަނެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 11 އެޕްރީލު 2019 | ބުރާސްފަތި 16:46
އެކްސިޑެންޓެއް ހިނގާފައިވާ ސަރަހައްދެއް

އެކްސިޑެންޓެއް ހިނގާފައިވާ ސަރަހައްދެއް

ހިނގާ މީހުންނަށް ތަން ދިނުމަށް ޒިބުރާކުރޮސް ކައިރިއަށް 80 އިންސައްތަ އުޅަނދު މަޑުކުރާ ކަމަށް ސްޓޭޝަން އިންސްޕެކްޓާރ އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅު ވެއްޖެއެވެ.

ރާއްޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުހައްމަދު ވަޙީދު ވިދާޅުވި ޒިބުރާ ކުރޮސްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ވެސް އެންމެ ބާރު ބޮޑު ގަޑީގައި ޒިބުރާ ކުރޮސްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެތަނުގައި ޒިބުރާ ކުރޮސްމަތިން ހުރަސްކުރާ މީހުންނަށް ވެހިކަލްތައް މަޑު ކުރަން ޖެހޭ ކަމަށް ވެހިކަލް ދުއްވާ މީހުންނަށް އަންގައިދީ އަދި ހިނގާ ބިނގާ ވާ މީހުންނަށް ވެސް ވެހިކަލް ތަކަށް ޖާގަ ދީގެން ހުރަސް ކުރަންޖެހޭނެކަން އަންގައިދީގެން އެތަނުގައި ޓްރެފިކް ފުލުހުން ތިބެގެން މަސައްކަތްތަކެއް ކޮށްފައި ވާނެކަމަށެވެ.

Advertisement - newsAdvertisement
" ނަތީޖާއަކީ މިއަދު ދުއްވާ އުޅަނދުގެ 80 އިންސައްތަ މީހުން ޒިބުރާ ކޮރޮސް ހުރަސް ކުރާ މީހާއަށް މަޑުކުރޭ. އަދި ކުރިއަށް ވުރެ ބޮޑަށް މަގުމަތީގެ ގަވާއިދުތަކަށް މީހުން ހުރުމަތްތެރިކޮން ހިތާކަން ފާހަގަ ކުރެވިފައިވޭ" ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު އެއްސަބަބާއި ބެހޭގޮތުން މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗީފް ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ހަސަން ވިދާޅުވީ ދުއްވާފައިދާ ޒުވާން ކުއްޖާއަށް މަގުމައްޗަކީ އެފަރާތްތަކުގެ އަމިއްލަ އެއްޗެއްގެ ގޮތަށް ހީކުރެވޭ ފަހަރު އަންނަ ކަމަށާއި އެކަމަކު އެއީ ގޯހެއް ކަމަށެވެ.

މަގުމައްޗަކީ އެންމެންގެ ތަނެއްކަން ފާހަގަ ކުރައްވާ އިންސްޕެކްޓަރ ހަސަން ވިދާޅުވީ މަގަކީ އެންމެންގެ ވެސް ހައްގު އެކުލެވިގެންވާ ތަނެއް ކަމަށާއި އެމަގުގެ ބޭނުން އުމުރުން ދުވަސް ވީ މީހުންނާއި ކުޑަކުދިންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި މިފަދަ އެތައްބަޔަކު ކުރާ ކަމަށެވެ.

އަދި އެކްސިޑެންޓްތައް ހިނގާ މިންވަރު މަދުކުރެވޭނީ އަމިއްލަ ފަރުދީ ޒިންމާ ވެސް އަދާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ

" އަޅުގަނޑުމެން މިހާރު ގަވާއިދާއި ޚިލާފަށް ދުއްވާ އެއްޗިހި ހުއްޓުވާ ނަސޭހަތް ދެމުން މިދަނީ އެފަދަ ކުއްތައް ތަކުރާރު ނުކުރުމަށް. އަދި ތަކުރާރު ކުރާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅާނަން. ފުލުހުން އެއްވެސް ވަރަކަށް ބޭނުން ނުވާނެ ފިޔަވަޅު އަޅާކަށް. ފުލުހުންނަކީ މަގު ދައްކާބައެއް. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެންމެ މަތީ ފަންތިން ފެށިގެން އެންމެ އާދައިގެ މީހާވެސް މަސައްކަތް ކުރަމުން ދަނީ މަގުމައްޗަކީ އެންމެންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށްޓަކައި" އިންސްޕެކްޓަރ ހަސަން ވިދާޅުވިއެވެ

ހުސްވި މާރިޗު މަހު އެކަނި ވެސް މަގުމަތީ53 އެކްސިޑެންޓް ހިނގާފައިވާއިރު ސިނަމާލެ ބްރިޖްގައި ހިނގާ އެކްސިޑެންޓްތައް ގިނަވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅައިގެން ދަތުރުކުރުމަށް މަޖުބޫރު ކޮށްފައެވެ. އަދި ހެލްމެޓް ނާޅާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް