Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހްލޫފް

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

ހަ މަސްދުވަހަށް ޖަލަށްކުރި ހުކުމް ނިމިފައިވަނީ މި ޖެނުއަރީ މަހުގެ 17 ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2017 | ހޮނިހިރު 14:31
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށް ސާބިތްވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ އެހުކުމް ތަންފީޒުކޮށް ނިމުނު އިރު ވެސް، މަހުލޫފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ކޯޓުގައި ކުރިއަކަށް ނުދާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަހްލޫފްގެ އާއިލާއިން ބުނީ މަހުލޫފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު، މަހްލޫފްގެ މައްޗަށް ކޮށްފައިވާ ހަ މަސްދުވަހުގެ ޖަލު ހުކުމް މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހިމެނޭ ލިޔުމެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ދީފައިވާ ކަމަށް ވެސް މަހްލޫފްގެ އަނބިކަނބަލުން ނަޒުރާ ނަސީމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެލިޔުމުގައި ވާގޮތުން ޖަލުގައި މަހުލޫފް މިހާރު ތަންފީޒު ކުރަމުން ގެންދަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެކެވެ. އެހުކުމް ތަންފީޒުކޮށް ނިމެނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ހުއްޓިފައިވާތީ މަހްލޫފްގެ އާއިލާއިން ބުނީ އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މަހްލޫފަށް ލިބެންޖެހޭ ހައްގުތަކާ ގުޅޭ ދެ މައްސަލައެއް ހިއުމަން ރައިޓް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ވެސް ހުށަހަޅާފައިވާއިރު އެދެ މައްސަލައާމެދު މިހާތަނަށް އެކޮމިޝަނުން ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް މަހްލޫފްގެ އާއިލާއިން ބުނެއެވެ.

މަހްލޫފްގެ މައްޗަށް ހިންގާފައިވާ އެ ދެ ޝަރީއަތާއި ކޯޓުން ކޮށްފައިވާ އެ ދެ ހުކުމް މަހްލޫފްގެ ފަރާތުން ވަނީ ޔޫއެން، ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު