Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝައިޙް ސަލްމާން

އޭއެފްސީގެ ރައީސްކަމަށް ޝައިޙް ސަލްމާން އިންތިޙާބު ކޮށްފި

ފުނިޔޭގެ ފުޓްބޯޅައިގެ މައި މަރުކަޒަކަށް އޭޝިއާ ހެދުމަށް އެއްބާރުލުން ދޭނަން: ސަލްމާން

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 6 އެޕްރީލު 2019 | ހޮނިހިރު 09:18
ޝައިހް ސަލްމާން

ޝައިހް ސަލްމާން

އޭޝިއަން ފުޓބޯލް ކޮންފިޑަރޭޝަން (އޭއެފްސީ)ގެ ރައީސް ކަމަށް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ޙަލީފާ އެނެއްކާ ވެސް އިންތިޙާބު ވެއްޖެއެވެ.

އޭޝިއާގެ މައި ފުޓުބޯޅަ އިދާރާ (އޭއެފްސީ) ގެ ރައީސްގެ މަޤާމުގައި މިހާރު ވެސް ހުންނެވީ ޝައިޙް ސަލްމާންއެވެ. ދެވަނަ ދައުރު ހަމަވާނީ 2023 ވަނަ އަހަރުއެވެ. އޭއެފްސީގެ ރައީސް ކަމުގެ އިތުރުން ފީފާގެ ނައިބު ރައީސްއެއްގެ ގޮތުގައި ވެސް ސަލްމާން ހުންނަވާނެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ކުރިއަށްދާ ކޮންގްރެސް އަށް ކުއްލި ގޮތަކަށް މަންމަ އަވަހާރަވުމުން ސަލްމާން ހާޒިރު ނުވެއެވެ. އެހެން ނަމަވެސް، ސަލްމާން ވަނީ ކޮންގްރެސްގެ ބައިވެރިންނަށް އޭނާގެ މެސެޖު ފޮނުއްވާފަ އެވެ. ކޮންގްރެސް ފެށުނު އިރު ވެސް އިންތިހާބުގައި ސަލްމާނާ ވާދަ ކުރެއްވުމަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންނަން ގެންދިއުމުގެ ސަބަބުން ސަލްމާނަށް އޮތީ ގާތްގަނޑަކަށް މަގާމު ކަށަވަރުވެފައެވެ.

އޭއެފްސީގެ އިންއިޙާބުގައި ވާދަކުރުމަށް ކުރިމަތި ލެއްވުމަށް ފަހުގައި ނަން ނެންގެވީ، އަރަބި އެމިރޭޓްސްގެ މުހައްމަދު ޚަލްފާން އަލް ރުމައިޘީ އާއި ގަތަރުގެ ސައުދު އަލް މުހަންދީ އެވެ. އަލް ރުމައިޘީ ކުރިން ނަން ނެންގެވި އެވެ. އެހެން ނަމަވެސް އަލް މުހަންދީ ނަން ނެންގެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އޭއެފްސީގެ މިހާރުގެ އެކްސްކޯ މެންބަރު އިންޑިއާގެ ޕްރަފުލް ޕަޓޭލް މެދުވެރިކޮށް ސަލްމާން ވިދާޅުވީ، ފުނިޔޭގެ ފުޓްބޯޅައިގެ މައި މަރުކަޒަކަށް އޭޝިއާ ހެދުމަށް ފީފާ އިން ކުރާ މަސައްކަތުގައި އޭއެފްސީން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އޭއެފްސީގެ ރައީސް ކަމަށް ޝައިޙް ސަލްމާން އެންމެ ފުރަތަމަ ވެވަޑައިގެންނެވީ، 2013 ވަނަ އަހަރު އެވެ. އެއީ އޭރު އޭއެފްސީގެ ރައީސް ކަމުގައި ހުންނެވި ގަތަރުގެ މުހައްމަދު ބިން ހަމްމާމްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު އޭނާ އުމުރު ދުވަހަށް ސަސްޕެންޑް ކުރުމުން، އޭއެފްސީގެ ރައީސް ކަމުގެ މަގާމު ހުސްވުމުންނެވެ. އެ އަށް ފަހު އިންތިހާބަކާ އެކު އޭނާ، އޭއެފްސީގެ ރައީސް ކަމަށް ވަޑައިގެންނެވީ، 2015 ވަނަ އަހަރުއެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯއާ ވާދަކޮށް ބަލިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެނީ

އޭއެފްސީގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެނީ

15 އެޕްރީލު 2020
އޭއެފްސީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އޭއެފްސީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

14 އެޕްރީލު 2020
19 ވަނަ މަޖިލީހަށް އިންތިޙާބުވެފައިވާ އެމްޑީޕީ މެމްބަރުންނާ ޔޫތު މިނިސްޓަރ ބައްދަލުކުރައްވައިފި

19 ވަނަ މަޖިލީހަށް އިންތިޙާބުވެފައިވާ އެމްޑީޕީ މެމްބަރުންނާ ޔޫތު މިނިސްޓަރ ބައްދަލުކުރައްވައިފި

13 މެއި 2019
ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުކޮށްފި

ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުކޮށްފި

31 މާރިޗު 2019
ފީފާ އަދި އޭއެފްސީގެ ޓީމެއް އަންގާރަ ދުވަހު ރާއްޖެ އަންނަނީ!

ފީފާ އަދި އޭއެފްސީގެ ޓީމެއް އަންގާރަ ދުވަހު ރާއްޖެ އަންނަނީ!

07 މާރިޗު 2019

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު