Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ - އޭއެފްސީ

ފީފާ އަދި އޭއެފްސީގެ ޓީމެއް އަންގާރަ ދުވަހު ރާއްޖެ އަންނަނީ!

ފީފާ އަދި އޭއެފްސީގެ ޓީމު ރާއްޖެ އަންނަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމާ ގުޅޭ ގޮތުން

ލީވާން އަލީ
ލީވާން އަލީ | 7 މާރިޗު 2019 | ބުރާސްފަތި 12:50
ފީފާގެ ރައީސް (ކ) އަދި އޭއެފްސީގެ ރައީސް (ވ)

ފީފާގެ ރައީސް (ކ) އަދި އޭއެފްސީގެ ރައީސް (ވ)

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އަދި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ޓީމެއް އަންނަ އަންގާރަ ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ފީފާ އަދި އޭއެފްސީގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހުނީ އެފްއޭއެމްގެ މިވަގުތު ހާލަތު ދެނެގަނެ، ބައެއް މެމްބަރު ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ހުށަހެޅުމުން ކަން ހިނގައިދާގޮތް ބެލުމަށެވެ.

ފީފާ އަދި އޭއެފްސީގެ ޓީމު ފުރަތަމަ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމު ރާއްޖެ ނައީ އެފްއޭއެމްއިން އެކަން ލަސްކޮށްދިނުމަށް އެދުމުންނެވެ.

ފީފާއިން ބުދަ ދުވަހު އެފްއޭއެމްއަށް ފޮނުވި ސިޓީއެއްގައި ބުނީ، ފީފާ އަދި އޭއެފްސީގެ ޓީމު އަންގާރަ ދުވަހު ރާއްޖެ އަންނާނެ ކަމަށާއި، އެ ޓީމުން އެފްއޭއެމް އާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް އެދި ހުށަހެޅި ކްލަބްތަކާއި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް އެދި ސޮއިކުރުމަށްފަހު އެ ސޮއި އަނބުރާ ނެގި ކްލަބްތަކާ ބައްދަލުކުރާނެ ކަމަށެވެ.

މީގެއިތުރުން ފުރުސަތު އޮތްނަމަ، އެކްޓިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަލީ ވަހީދުއާވެސް ފީފާ އަދި އޭއެފްސީން އަންނަ ޓީމު ބައްދަލުކުރައްވާނެ ކަމަށް ފީފާއިން ބުނެއެވެ.

ފީފާގެ ފަރާތުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އެލެގްޒެންޑްރާ ގްރޯސްއެވެ. އަދި އޭއެފްސީން އައުމަށް ހަމަޖެހިފައިވަނީ އެންޑްރޫ މާރސާ އާއި ޕްރުޝޮއްތަމް ކައްޓޭލްއެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާގޮތުން އެފްއޭއެމްގެ ފުރިހަމަ މެމްބަރ ކްލަބްތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކޮންމެ ވަގުތަކު ވެސް އެދެވޭނެއެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެދޭތާ 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަކީ މަޖުބޫރު ކަމެކެވެ.

ނަމަވެސް 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެފްއޭއެމުން ބާއްވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު