Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަހުމަދު މަހުލޫފް

ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

ބައްދަލުވުން ކުރިޔަށް ގެންދެވީ އަބޫދާބީގައި

ލީވާން އަލީ
ލީވާން އަލީ | 5 ޖެނުއަރީ 2019 | ހޮނިހިރު 19:04
ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރެއްވުން

ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރެއްވުން

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައްދަލުކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނާ މިނިސްޓަރު މަހުލޫފް ބައްދަލުކުރެއްވީ ހޮނިހިރު ދުވަހު އޭޝިއަން ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އަބޫދާބީގައެވެ.

ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފީފާ އަދި އޭއެފްސީއާ ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމަށާއި، ގަވައިދުތަކަށްވެސް ބޯލަނބާނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފް ވަނީ ދާދި ފަހުން އޭއެފްސީގެ ރައީސް ޝައިހް ސަލްމާންއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ވެސް އޭއެފްސީ އަދި ފީފާގެ ގަވައިދުތަކަށް ބޯލަނބާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ފީފާގެ ރައީސް އިންފަންޓީނޯ ވަރަށް އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އިންފަންޓިނޯ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި
05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު