Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަލްމާން - މަހުލޫފް

އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ލަންޑަނުގައި

ލީވާން އަލީ
ލީވާން އަލީ | 22 ޑިސެމްބަރު 2018 | ހޮނިހިރު 18:29
މިނިސްޓަރު މަހުލޫފް (ކ) އަދި ޝައިހް ސަލްމާން

މިނިސްޓަރު މަހުލޫފް (ކ) އަދި ޝައިހް ސަލްމާން

އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހް ސަލްމާނާ އެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ފީފާގެ ގަވައިދުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ. އަދި އޭއެފްސީގެ ނަސޭހަތް އަބަދުވެސް ބަލައިގަންނާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ލަންޑަނުގައި ޝައިހް ސަލްމާނާ މިނިސްޓަރު މަހުލޫފް ބައްދަލު ކުރައްވާފައިވާއިރު، މިނިސްޓްރީން ދަނީ "ފެކްޓް ފައިންޑިން ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދާ އެފްއޭއެމްގެ މައްސަލަތައް ބަލަމުންނެވެ.

އެ ކޮމިޓީ އުފެއްދުމާ އެކު އެފްއޭއެމުން ވަނީ އޭއެފްސީގައި ބުދަ ދުވަހު ލަފަޔަކަށް އެދިފައެވެ. އެގޮތުން އޭއެފްސީން ޖަވާބުގައި ބުނީ، އެފްއޭއެމްގެ މައްސަލަތައް ބެލޭނީ ހަމައެކަނި އޭއެފްސީ އާއި ފީފާއަށް ކަމަށާއި، ތިން ވަނަ ފަރާތަކުން އެފްއޭއެމްގެ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެދިފައެވެ.

މީގެ އިތުރުން އޭއެފްސީން ވަނީ ނުސީދާ ގޮތެއްގައި ޔޫތު މިނިސްޓްރީއަށް އިންޒާރު ވެސް ދީފައެވެ. އަދި އެފްއޭއެމްގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އޭއެފްސީން ވަނީ ބުނެފައެވެ.

ނަމަވެސް މިނިސްޓަރު ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ފެކްޓް ފައިންޑިން ކޮމިޓީން މަސައްކަތް ކުރަމުންދާނީ ކަނޑައެޅިފައިވާ އިމުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރު މަހުލޫފް ބުދަ ދުވަހު ކުރެއްވި ޓުވީޓްގައި ވެސް އެފްއޭއެމްގެ ކަންކަމުގެ ތެރެއަށް ނުވަންނަކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި އެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2019

ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް ދަނީ މަސައްކަތް ކުރަމުން: އެފްއޭއެމް

25 ޖެނުއަރީ 2019
ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް ދަނީ މަސައްކަތް ކުރަމުން: އެފްއޭއެމް
12 ޖެނުއަރީ 2019

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

12 ޖެނުއަރީ 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް
06 ޖެނުއަރީ 2019

ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި

06 ޖެނުއަރީ 2019
ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި
05 ޖެނުއަރީ 2019

ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

05 ޖެނުއަރީ 2019
ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި
05 ޖެނުއަރީ 2019

މާޔަން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި

05 ޖެނުއަރީ 2019
މާޔަން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި
20 ޑިސެމްބަރު 2018

އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވަނީ!

20 ޑިސެމްބަރު 2018
އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވަނީ!
05 ޑިސެމްބަރު 2018

ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

05 ޑިސެމްބަރު 2018
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު
28 ނޮވެމްބަރު 2018

އަންހެނުންގެ ފުޓްބޯޅަ ލީގެއް އުފެއްދުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު މަހްލޫފު

28 ނޮވެމްބަރު 2018
އަންހެނުންގެ ފުޓްބޯޅަ ލީގެއް އުފެއްދުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު މަހްލޫފު
12 ޖުލައި 2017

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި
03 މެއި 2017

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

03 މެއި 2017
ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު