Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުކޮށްފި

ނެޓްބޯޅަ އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އެކުލަވާލައިފި

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 31 މާރިޗު 2019 | އާދީއްތަ 13:38
ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ

ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ

ގިނަ ދުވަސްތަކެއް ވަންދެން ނޯމަލައިޒް ކުރިވިފައިއޮތް ނެޓްބޯޅަ އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އެކުލަވާލައި އެ އެސޯސިއޭޝަންގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

އެސޯސިއޭޝަންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވީ ނޯމަލައިޒޭޝަން ކޮމިޓީން ހުކުރު ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބުގައެވެ.

މި އިންތިހާބުގައި ރައީސް އާއި ނައިބު ރައިސްގެ އިތުރުން އެކްސްކޯގެ ހަތް މަގާމަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ނުވަ ކްލަބުގެ ވޯޓުންނެވެ.

އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިޙާބުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކޯޗެއްގެ ގޮތުގައި ނެޓްބޯޅައަށް ޙިދުމަތް ކޮށްދީފައިވާ ކުުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބުގެ ފަޒުނާ ޖަލީލްއެވެ. ނައިބު ރައީސް ކަމަށް އިންތިޙާބުވެފައި ވަނީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން މީގެ ކުރިން ކޮށްފައިވާ ޒެނިތް ކްލަބުގެ މުޒުހިރާ އިބްރާހިމްއެވެ. ޙަޒާން ދާރުގެ ގޮތުގައި ސްޕޯރޓްސް ކްލަބް ސްކައިލާރކްގެ ފާތިމަތު ލީނާ އިންތިޙާބުވެފައިވާއިރު އިތުރު މެންބަރުންގެ ގޮތުގައި ހޮވިފައި ވަނީ އަހުމަދު އައިފާން، އާއި ނުޒުހަތު އަލީ އާއި މައުމުނާ އަބްދުﷲ އާއި އައިމިނަތު ލީލާ އާއި އިބްރާހީމް މޫސާ އާއި އައިޝަތު ނައުރާ އެވެ.

މި އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކުލަބުތަކުގެ ގޮތުގައި ނޯމަލައިޒޭޝަން ކޮމެޓީން ކަނޑައަޅާފައިވާ ނުވަ ކުލަބަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކުލަބު، ޒެނިތު ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ސްކައިލާރކް، ލޮރެންޒޯ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ޝައިނިންގ ސްޓާރ، ޔޫތު ޔުނައިޓަޑް ސްޕޯޓްސް ކުލަބު، ކުލަބު މެޓްރިކްސް، ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބުގެ އިތުރުން މަހިބަޫ ސްޕޯޓްސް ކުލަބެވެ.

އިންތިހާބު ކުރިޔަށްދިޔައީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމެޓީގެ ތިން މެންބަރުންގެ ހާޒިރުގައެވެ. ކޮމެޓީގައި ތިއްބަވަނީ ރައީސް އަޙްމަދު އިބްރާހީމް އާއި ނައިބް ރައީސް އިޝްރަތު ހަމީދު އާއި މެންބަރު އަޙްމަދު އާދަމް އެވެ. އިންތިހާބަށް ހާޒިރު ވެފައިނުވަނީ ޔަޒްނީ ރަޝީދު އާއި މޫސާ ނާޝިދު އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ އިތުރުން އިންތިހާބު ކުރިޔަށްދިޔައިރު އޮބްޒާވަރުންގެ ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން އަހްމަދު އަމްނޫނީ އިސްމާއީލް އާއި އޮލިމްޕިކް ކޮމެޓީގެ ފަރާތުން ޒުބައިރު މުޙައްމަދު އާއި ސްޕޯޓްސް ޑިޕާޓްމަންޓްގެ ފަރާތުން ހަސަން އަޙްމަދު ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނެޓުބޯޅަ އެސޯސިއޭޝަންއަށް އަލަށް އިންތިޙާބުވި އެގްޒެކެޓިވް ބޯރޑުން ރަސްމީކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ. އެހެން ނަމަވެސް ގަލޮޅު ދަނޑުގެ ސަހަރާއާއި ވީފަރާތުގައި ހިނގަމުންދާ އޮފީސްތައް ހިންގުމަށް އެތަން އެންމެ އެކަށީގެން ނުވާތީ ޔޫތު މިނިސްޓްރީން ވަނީ އެތަނުގައި އޮފީސްތައް ހިންގުން މަޑު ޖައްސާލާފައެވެ. އެހެންކަމުން ނެޓްބޯޅަ އެސޯސިއޭޝަން ހިންގުމައް މިވަގުތު އިދާރާއެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު