Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީގެ މެޗުތައް ފަސްކުރުން

އޭއެފްސީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 އެޕްރީލު 2020 | އަންގާރަ 20:10
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނިންމައިފި އެވެ.

އޭއެފްސީން އެންމެ ފުރަތަމަ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިންމީ މި މަހު ކުޅެން ހުރި މެޗުތައް ފަސްކުރުމަށެވެ. އެކަމަކު އަންގާރަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހާއި ޖޫން މަހު ވެސް މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއް އޮންނާނެ ކަމަށް ނުބެލެވޭތީ، އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތްގޮތަށް މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރިއިރު، މި މަހު މި މުބާރާތުގައި މާޒިޔާ އާއި ޓީސީ، މާލޭގައި ދެ މެޗު ކުޅޭ ގޮތަށް އޮތީ ތާވަލުކޮށްފައެވެ. ޓީސީން އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް މާލޭގައި ނުކުންނަށް ހަމަޖެހިފައި އޮތްއިރު، މާޒިޔާ ބައްދަލުކުރާން އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ އެވެ.

މީގެ ކުރިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މިދިޔަ މާޗް މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގެ ޗެންނާއީގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ.

ޗެންނާއީއާ ދެކޮޅަށް ކުޅުމަށް ފަހު މާޒިޔާ ވަނީ އެނބުރި މާލެ އައިސްފައިވާއިރު، ޓީސީ ޓީމު މިވަގުތު ތިބީ ކަރަންޓީނުގައެވެ. ބަންގްލަދޭޝްގެ މެޗު ނިންމާލުމަށް ފަހު ލަންކާގައި 24 ދުވަސް ވަންދެން ކަރަންޓީނުގެ މުއްދަތު ހޭދަކުރުމަށްފަހު ޓީސީ ރާއްޖެ އައިރު، ޓީސީ މި ވަގުތު އަންނަނީ ރާއްޖޭގައި ވެސް ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަމުންނެވެ. އެގޮތުން 14 ދުވަހަށް ޓީސީ ކަރަންޓީނުކޮށްފައިތިބީ ފުރަވެރި ރިސޯޓުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހަރަކާތްތައްވެސް ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖެއިންވެސް މީގެ ކުރިން ވަނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ބާކީބައި ކެންސަލް ކޮށްފައެވެ. އެގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު