Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަރިޔަމް މުހައްމަދު (މާޔަން)

މާޔަން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި

އޭއެފްސީގެ ރައީސްއާ މާޔަން ބައްދަލުކުރީ ހުކުރު ދުވަހު

ލީވާން އަލީ
ލީވާން އަލީ | 5 ޖެނުއަރީ 2019 | ހޮނިހިރު 14:44
އޭއެފްސީގެ ރައީސްއާ މާޔަން ބައްދަލުކުރުން

އޭއެފްސީގެ ރައީސްއާ މާޔަން ބައްދަލުކުރުން

އަންނަ އޭޕްރިލް މަހު އޮންނަ އޭއެފްސީ ކޮންގްރެސް އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމް އިން ނަން ހުށަހަޅާފައިވާ މަރިޔަމް މުހައްމަދު (މާޔަން) އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ބައްދަލުކޮށްފިއެވެ.

ފީފާ ކައުންސިލް ގޮނޑިއަށް ކެމްޕޭން ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު މާޔަން އަބޫދާބީ އަށް ފުރާފައިވާއިރު، ޝައިހް ސަލްމާންއާ ބައްދަލުކުރީ ހުކުރު ދުވަހުއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މާޔަން ބުނީ، މިއީ ކެމްޕޭން ފެށުމުގެ ގޮތުންކުރާ އެންމެ މުހިންމު އެއް ދަތުރު ކަމަށާއި، މި ދަތުރުގައި ގައުމުތަކުގެ ފެޑެރޭޝަންތަކާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަބޫދާބީއަށް މާޔަން ކުރާ މި ދަތުރު ކުރިޔަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ. އެގޮތުން އަބޫދާބީގެ ދަތުރު ނިންމާލުމަށް ފަހު އާދީއްތަ ދުވަހު މާޔަން ދާނީ ލަންކާއަށެވެ.

ލަންކާ އަށް މާޔަން ކުރާ ދަތުރުގައި އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާޔަން އެނބުރި ރާއްޖެ އަންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މާޔަން ބުނީ ގޮނޑި ކާމިޔާބު ވެއްޖެ ނަމަ، ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަ ކުރިއެރުންތައް ހޯދައިދެވޭނެ ކަމަށާއި، އެގޮތުން ހުއްޓިފައި ހުރި ފީފާގެ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ފީފާ ކައުންސިލް ގޮނޑިއަށް ކުރިމަތިލާފައި ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި، ނޯތް ކޮރެއާ އާއި، ފަލަސްތީނާއި އަދި ލާއޯސް އިންނެވެ. މި ގޮނޑި މިހާރު ފުރަމުން އަންނަނީ ބަންގްލަދޭޝް އިންނެވެ.

އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެ ނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މާޔަން އަންނަނީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް މީގެކުރިން ކުޅުނު މާޔަން ވަނީ އޭއެފްސީ ވިމެންސް ކޮމެޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެފްއޭއެމްގައި ވިމެންސް ފުޓުބޯޅަ ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2019

ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި

06 ޖެނުއަރީ 2019
ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި
05 ޖެނުއަރީ 2019

ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

05 ޖެނުއަރީ 2019
ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި
03 ޖެނުއަރީ 2019

ފީފާ ކައުންސިލް ގޮނޑިއަށް ކެމްޕޭން ކުރުމަށް މާޔަން އަބޫދާބީއަށް ފުރައިފި

03 ޖެނުއަރީ 2019
ފީފާ ކައުންސިލް ގޮނޑިއަށް ކެމްޕޭން ކުރުމަށް މާޔަން އަބޫދާބީއަށް ފުރައިފި
22 ޑިސެމްބަރު 2018

އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

22 ޑިސެމްބަރު 2018
އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި
20 ޑިސެމްބަރު 2018

އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވަނީ!

20 ޑިސެމްބަރު 2018
އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވަނީ!
15 ޑިސެމްބަރު 2018

ފީފާ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން އެހީ ބޭނުން: މާޔަން

15 ޑިސެމްބަރު 2018
ފީފާ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން އެހީ ބޭނުން: މާޔަން
07 އޮކްޓޯބަރު 2018

ޓްރާންސިޝަން ކޮމިޓީން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށްފި

07 އޮކްޓޯބަރު 2018
ޓްރާންސިޝަން ކޮމިޓީން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށްފި
10 ނޮވެމްބަރު 2017

ނިއުގެ އަންހެން ޓީމަށް މާޔަން އާއި އަރީޝާ ސޮއިކޮށްފި

10 ނޮވެމްބަރު 2017
ނިއުގެ އަންހެން ޓީމަށް މާޔަން އާއި އަރީޝާ ސޮއިކޮށްފި
12 ޖުލައި 2017

އެންމެ ފަހުން އެމްބަޕޭ އާއި ވެންގާ ބައްދަލުކޮށްފި

12 ޖުލައި 2017
އެންމެ ފަހުން އެމްބަޕޭ އާއި ވެންގާ ބައްދަލުކޮށްފި
12 ޖުލައި 2017

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު