Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުހައްމަދު ޝަވީދު

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

ޝަވީދު އޮލިމްޕިކް ކޮމެޓީގެ ރައީސްއަކަށް އިންތިހާބުވީ 2013 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 12 ޖުލައި 2017 | ބުދަ 06:53
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަންއަކަށް އައްޔަންކުރެއްވި މުހައްމަދު ޝަވީދު

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަންއަކަށް އައްޔަންކުރެއްވި މުހައްމަދު ޝަވީދު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު އައްޔަންކުރައްވައިފި އެވެ.

މިހާރުވެސް އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުކަން ފުރުއްވަމުން ގެންދަވާ ޝަވީދު މާކެޓިން ކޮމެޓީގެ ޗެއާމަންކަމަށް އައްޔަންކުރެއްވިއިރު، އެބޭފުޅާ އަކީ މީގެކުރިން އެ ކޮމެޓީގެ ވައިސް ޗެއާމަން އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންކަން ކުރިން ކުރެއްވި ޝަވީދު ވަނީ އެފްއޭއެމްގެ ރައީސް ކަމަށްވެސް ކުރިމަތިލައްވާފައެވެ. އެހެންނަމަވެސް އެބޭފުޅާ ވަނީ ނަން އަނބުރާ ގެންދަވާ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރައްވާފައެވެ.

ޝަވީދު ވަނީ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންގެ މަގާމުގައި ހުރެ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެބޭފުޅާ ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިޔަށްގެންދާ މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ތައާރަފްކޮށްދެއްވާ އަތޮޅު ތެރޭގައި ފުޓުބޯޅަ ފޯރިގަދަ ކުރުމަށްވެސް މަސައްކަތްކުރައްވާފައެވެ.

ވީބީ ސްޕޯޓްސް ކްލަބް އުފައްދައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޝަވީދު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް އިންތިހާބުވެފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައިމަހުއެވެ. އޭގެ ފަހުން މި އަހަރު އެބޭފުޅާ ވަނީ އޮލިމްޕިކް ކޮމެޓީގެ ދެވަނަ ދައުރަކަށް އިންތިހާބުވެފައެވެ. މި ދައުރަށްފަހު ދެން އޮލިމްޕިކް ކޮމެޓީގެ ރައީސްގެ މަގާމަށް ކުރިމަތިނުލައްވާނެ ކަމަށް ޝަވީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީގެ ރައީސްކަމަށް ޝައިޙް ސަލްމާން އިންތިޙާބު ކޮށްފި

އޭއެފްސީގެ ރައީސްކަމަށް ޝައިޙް ސަލްމާން އިންތިޙާބު ކޮށްފި

06 އެޕްރީލު 2019
ފީފާ އަދި އޭއެފްސީގެ ޓީމެއް އަންގާރަ ދުވަހު ރާއްޖެ އަންނަނީ!

ފީފާ އަދި އޭއެފްސީގެ ޓީމެއް އަންގާރަ ދުވަހު ރާއްޖެ އަންނަނީ!

07 މާރިޗު 2019
ނިއު ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލެއް ނުކުރަން: ޕްލޭޔާ ސްޓޭޓަސް ކޮމެޓީގެ ޗެއާމަން

ނިއު ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލެއް ނުކުރަން: ޕްލޭޔާ ސްޓޭޓަސް ކޮމެޓީގެ ޗެއާމަން

27 ޖެނުއަރީ 2019
ކުޅިވަރު އެސޯސިއޭޝަންތަކުގައި ތިއްބެވީ ޝަވީދު ބޭނުންފުޅުވާ ބޭފުޅުން: ބައްސާމް

ކުޅިވަރު އެސޯސިއޭޝަންތަކުގައި ތިއްބެވީ ޝަވީދު ބޭނުންފުޅުވާ ބޭފުޅުން: ބައްސާމް

12 ޖެނުއަރީ 2019
ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

ފީފާ އަދި އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި

05 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު