Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީގެ މެޗުތައް އަލުން ފެށުން

އޭއެފްސީގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެނީ

އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އެޕްރީލު 2020 | ބުދަ 20:00
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން -

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން -

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް، ސަޕޯޓަރުން ނުވައްދައި ކުރިއަށް ގެންދިއުމުގެ ޚިޔާލު ގެންގުޅޭ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފި އެވެ.

މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އޭއެފްސީން އެންމެ ފުރަތަމަ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިންމީ މި މަހު ކުޅެން ހުރި މެޗުތައް ފަސްކުރުމަށެވެ. އެކަމަކު އަންގާރަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހާއި ޖޫން މަހު ވެސް މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއް އޮންނާނެ ކަމަށް ނުބެލެވޭތީ، އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ.

އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސޯ ޖޯން އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މިއަހަރު ބޭއްވޭނެ ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މެޗުތައް އަލުން ފަށާއި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށް ގެންދިޔުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގައި މުބާރާތްތައް ވެސް މެދުކަނޑާލާފައިވާއިރު، އެކި ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުން މެޗުތައް ފަށަން މަސައްކަތްކުރަމުން އަންނަނީ ސަޕޯޓަރުން ނުވައްދާ ގޮތަށެވެ.

އޭއެފްސީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރިއިރު، މި މަހު މި މުބާރާތުގައި މާޒިޔާ އާއި ޓީސީ، މާލޭގައި ދެ މެޗު ކުޅޭ ގޮތަށް އޮތީ ތާވަލުކޮށްފައެވެ. ޓީސީން އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް މާލޭގައި ނުކުންނަށް ހަމަޖެހިފައި އޮތްއިރު، މާޒިޔާ ބައްދަލުކުރާން އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ އެވެ.

މީގެ ކުރިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މިދިޔަ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު