Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއައިޓީޑީސީ

އެމްއައިޓީޑީސީ: ކުންފުނިން ފުރަތަމަ ވެސް ހެދީ ޕީޕީއެމްގެ އޮފީސް!

3 އެޕްރީލު 2019 | ބުދަ 09:28

ޕީޕީއެމް އޮފީސް ހެދުމަށް ކުންފުނިން ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 އެޕްރީލު 2019 | ބުދަ 09:28
ހ. ހުރަފަ ގޭގައި ދެ ބުރިއަށް ހަދާފައިވާ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މިދިޔަ ސަރުކާރުން ހިންގި ސިޔާސީ އިވެންޓެއްގެ ތެރެއިން

ހ. ހުރަފަ ގޭގައި ދެ ބުރިއަށް ހަދާފައިވާ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މިދިޔަ ސަރުކާރުން ހިންގި ސިޔާސީ އިވެންޓެއްގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ޓޫރިޒަމްގެ ބޭނުމަށް އުފެއްދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އެންމެ ފުރަތަމަ ވެސް ހިންގި މަޝްރޫއަކީ ޕީޕީއެމްގެ އޮފީސް ހެދުމުގެ މަސައްކަތް ކަން ހާމަވެެއްޖެއެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އޮފީސް ހިންގުމަށް 2016 ވަނަ އަހަރު އެ ކުންފުނީގެ ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވާ ކަމަށެވެ. އެއީ ކޮން އޮފީހެއްގެ ސިޔާސީ ޕާޓީއެއް ކަން ރާއިދު ވިދާޅުނުވި ނަމަވެސް ބޮޑު ތަކުރުފާނު މަގުގައި ހުންނަ ހ. ހުރަފަގައި ދެ ބުރިއަށް ހަދާފައިވާ ޕީޕީއެމްގެ އޮފީހަކީ 2016 ވަނަ އަހަރު ހަދަން ފެށި އިމާރާތެވެ.

Advertisement - newsAdvertisement

ރާއިދު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޓާނަލް އޮޑިޓެއް ކޮށްފައިވާ ކަމަށާއި ޕާޓީއެއްގެ އޮފީހެއް ހަދާފައި ވަނީ އެ ކުންފުނީގެ ދެ މިލިއަން ރުފިޔާ ޚަރަދުކޮށްގެންކަން ހާމަވާ ކަމަށެވެ. އެ މައްސަލައިގައި ކުންފުނީގެ ބޯޑު މެމްބަރަކާއި މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ އޭސީސީ އަށް ފޮނުވައި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ވެސް މި ކުންފުނިން ޚަރަދު ކޮށްފައި ވަނީ އެލާރި. 2016 ވަނަ އަހަރު ކުންފުނި ހަވާލުވުމަށް ފަހު ޚަރަދުކޮށްފައި ވަނީ އެ ފައިސާކަން އެ އޮތީ ހާމައަށް ފެންނަން. ކުންފުނީގެ އޮޑިޓް ރިޕޯޓުގައި އެކަން ފާހަގަ ކޮށްފައިވޭ،" ރާއިދު ވިދާޅުވިއެވެ.

އޮޑިޓަށް ދޮގުމައްޗަށް ދޮގު

ރާއިދު ވިދާޅުވީ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މުއައްޒަފުން އޮޑިޓަށް ހާޒިރުކުރި ކަމަށެވެ. އަދި ކުންފުނިން އިސްނަގައިގެން ހިންގާފައިވާ އިންޓާނަލް އޮޑިޓަށް ދީފައިވާ ޖަވާބާއި އޮޑިޓް އޮފީހުން ކޮށްފައިވާ އޮޑިޓަށް ދީފައިވާ ޖަވާބު ދިމާނުވާ ކަމަށް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން 2016 ވަނަ އަހަރު ކުރި އޮޑިޓްގައި އެސެޓް ރެޖިސްޓްރީ ނެތް ކަމަށް ބުނި ނަމަވެސް 2017 ވަނަ އަހަރު އެ އޮފީހުން ކުރި އޮޑިޓްގައި ކުންފުނީގެ ފައިސާ ބޭނުންކޮށްފައި ވަނީ ސީއެސްއާރަށް ކަމަށް ބުނެފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި އެ ފައިސާއަކީ ވެލާނާގޭގައި ހުންނަ އެމްއައިޓީޑީސީގެ އޮފީސް މަރާމާތު ކުރުމަށް ނެގި ފައިސާ ކަމަށް އިންޓާނަލް އޮޑިޓަށް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ވެލާނާގޭގައި ހުރި އޮފީހެއް މަރާމާތު ކުރުމަށް ދެ މިލިއަން ޚަރަދުވެދާނެ ކަމަށް ބުއްދި ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކާކުތޯ ގަބޫލުކުރާނީ ވެލާނާގޭގައި ހިންގާ ކުންފުޏެއްގެ މަރާމާތަށް ދެ މިލިއަން ރުފިޔާ ޚަރަދުވެދާނެ ކަމަށް. އަޅުގަނޑުމެންގެ އޮޑިޓަށް އެ މުއައްޒަފުން ހާޒިރުކުރީމަ ބުނަނީ އެއީ މި އޮފީހުގެ މަރާމާތަށް ކުރި ޚަރަދު ކަމަށް،" ރާއިދު ވިދާޅުވިއެވެ.

ޕީޕީއެމް އޮފީސް ހެދުމަށް އެމްއައިޓީޑީސީން ދެ މިލިއަން ރުފިިޔާ ބޭނުންކޮށްފައި ވަނީ ތިން ކުންފުންޏަކަށް އެކި ފަހަރުމަތިން ފައިސާ ދީގެންނެވެ. ފައިސާ އެ ކުންފުނިން ނަގާފައިވަނީ ޓްނާންސެކްޝަންގެ ގޮތުގައި ކަމެއް އަދި ނަގުދު ފައިސާގެ ގޮތުގައި ކަމެއް ރާއިދު ވިދާޅެއް ނުވިއެވެ.

ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރު ޔާމީންއާ ހަވާލުކުރުމަށް ކޯޓުން ޕީޕީއެމްގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ވަގުތީ ގޮތުން ދަރުބާރު ގޭގައި ޕީޕީއެމް އޮފީސް ހިންގުމަށް ފަހު ހ. ހުރަފަގައި އެ އޮފީސް ހުޅުވާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އެމްއައިޓީޑީސީއަކީ ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް