Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީޕީޖޭ

މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ބާރުތައް ދިނުމަށް ސީޕީޖޭއިން މަޖިލީހުގެ ރައީސަށް ދަންނަވައިފި

28 މާރިޗު 2019 | ބުރާސްފަތި 11:40

ސީޕީޖޭއިން ވަނީ މަޖިލީހުގެ ރައީސްގެ ޖަވާބަކަށް އެދޭ ކަމަށް ބުނެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 މާރިޗު 2019 | ބުރާސްފަތި 11:40
މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވާހަކަދައްކަވަނީ

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވާހަކަދައްކަވަނީ

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އުފައްދަވާފައިވާ ރިޔާސި ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓް (ސީޕީޖޭ) އިން ގޮވާލައިފިއެވެ.

ނޫސްވެރިކަމުގެ މިިނިވަން ކަމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތުން މިހެން ގޮވާލާފައި ވަނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަށް ފޮނުވި ސިޓީއެއްގައެވެ.

Advertisement - newsAdvertisement

"މަދަނީ ޖަމްއިއްޔާތަކުގެ ފުޅާ ކޯލިޝަނަކުންނާއި މި ކަމުގައި ޝާމިލުވާ އާއިލާތަކުން ވަނީ މި ވޯޓް ނެގުމަށް ގޮވާލާފައި. އަދި އަޅުގަނޑުމެން ސިޓީ ލިޔުނީ އެ ފަރާތްތަކަށް ތާއީދުކުރާކަން ހާމަކުރުމަށް," ސީޕީޖޭގެ ސިޓީގައި ވެއެވެ.

ސީޕީޖޭއިން ވަނީ ނިމިގެންދިޔަ ފެބްރުއަރީ މަހު އެ ޖަމާއަތުން ރާއްޖެއަށް ކުރި ޒިޔާރަތުގައި، ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ކުރިއަރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ކޮމިޝަނަށް ބާރުތައްދީ ހަވާލުކުރެވިފައިވާ މަސައްކަތް ނިންމަން ފުރުސަތު ދިނުމަކީ އިތުރު ކުރިއެރުމަކަށް ވާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލް ހަތަރު ފަހަރަށް އެޖެންޑާ ކުރުމަށް ފަހު ވެސް ބިލް ވަނީ ފާސްނުވެފައެވެ.

މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ސިޓީގައި ސީޕީޖޭ އިން ބުނެފައި ވަނީ ކޮމިޝަންތަކުގެ ބިިލް ގާނޫނުއަސާސީއާ ޚިލާފް ކަމަށް މަޖިލީހުގެ ރައީސް ފުރަތަމަ ވިދާޅުވި ކަމަށާއި ނަމަވެސް އެކަން ވެސް ކައުސެލް ޖެނެރަލް ސާފްކޮށްދެއްވާފައިވާ ކަމަށެވެެ.

ސީޕީޖޭއިން ވަނީ މަޖިލީހުގެ އިންތިޚާބުގެ ކުރިން ބިލް އެޖެންޑާކޮށް ވޯޓަށް އެހުމަށް ގޮވާލާފައެވެ. އަދި މަޖިލީސް ރައީސްގެ ޖަވާބަކަށް އިންތިޒާރުކުރާ ކަމަށް ސިޓީގައި ވެއެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަން އުފައްދާފައި ވަނީ ރައީސް ސާލިހު މަގާމުގެ ހުވާކުރެއްވި ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް