Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

އައްޑޫ ސިޓީގެ ގަރުބުރުސްތާނުގައި މީހަކު ވަޅުލެވެނީ ވެސް ހުއްދަހޯދައިގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 17 ފެބުރުއަރީ 2017 | ހުކުރު 04:28
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެެރއިން

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެެރއިން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް ނަގާފައިވާ ކަމަށް އެ ސިޓީގެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމްގައި ތޮއްޔިބް ވިދާޅުވީ މިއަދު އައްޑޫ ސިޓީގެ ކައުންސިލްގެ ހުރިހާ ބާރުވެރިކަމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅާއިގެންފައިވާ ކަމަށެވެ. އައްޑޫ ސިޓީގެ ގަރުބުރުސްތާނުގައި މީހަކު ވަޅުލެވެނީ ވެސް އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށްވާއިރު ، އައްޑޫ ސިޓީގެ ތަރައްޤީ ކަންކަން ނިންމުގެ ފުރުސަތު ރައްޔިތުންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތޮއްޔިބް ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކާއި ގަބުރުސްތާނުތަކާއި އަދި ޕާކްތައް ބެލެހެއްޓުމުގެ އެއްވެސް ހައިސިއްޔަތެއް ސީޓީ ކައުންސިލްގެ ނެތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް ރައީސް ޔާމީންގެ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މިއަދު އެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ސިޓީގެ ޕާކްތަކާއި ގަބުރުސްތާނުތައް އޮތީ ވަރަށް ބޮޑަށް ވިނަވެފައި ކަމަށާއި ، އެތަންތަން ސަރުކާރަށް ނުބެލެހެއްޓޭނަމަ ކައުންސިލާ އަލުން ހަވާލުކުރުމަށް ތޮއްޔިބު ގޮވާލެއްވި އެވެ. ހައުސިން މިނިސްޓްރީން މުވައްޒިފުން މާލޭގައި ގާއިމްކޮށްފައިވާ ޕާކްތައް ބަލައްޓާކަމަށް ވާނަ ، އައްޑޫ ސިޓީގައި ހުރި ޕާކްތައް ވެސް ބަލެހެއްޓެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަންކަމާ ގުޅިގެން ސަރުކާރުގެ މިނިސްޓްރީތަށް ވަޑައިގަތުމުން އެ ސިޓިގެ ކައުންސިލަރުންނާއި މިނިސްޓަރުން ބައްދަލުނުކުރައްވާތީ ހިތާމަ ކުރައްވާކަމަށް ވެސް ތޮއްޔިބް ވިދާޅުވިއެވެ. އައްޑޫ ސިޓީގައި ހުރި މައްސަލަތައް ހައްލުކުރަން އެދި ކަމާއިބެހޭ މުވައްސަސާތަކަށް ފޮނުވާ ސިޓީގެ ޖަވާބު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު