Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ލީޑަރޝިޕް

އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު: ރައީސް ސޯލިހު

28 މާރިޗު 2019 | ބުރާސްފަތި 05:01

އެ ވާހަކަ ވިދާޅުވީ އަސާސީ ގަވާއިދާ ހަވާލާ ދެއްވައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 މާރިޗު 2019 | ބުރާސްފަތި 05:01
ރައީސް ސޯލިހު ރައީސް ނަޝީދާ އެކު: އެ ވާހަކަ ވިދާޅުވީ އަސާސީގަވާއިދާ ހަވާލާ ދެއްވައި

ރައީސް ސޯލިހު ރައީސް ނަޝީދާ އެކު: އެ ވާހަކަ ވިދާޅުވީ އަސާސީގަވާއިދާ ހަވާލާ ދެއްވައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ރައީސް ސޯލިހު އެހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަށާއިރު ޕްރޮގްރާމް" ގައި ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނަކީ ޕާޓީގެ އެންމެ އިސް ލީޑަރު ކަމަށް އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނެފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އިނގޭތޯ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަން އޮތް ގޮތް. އަޅުގަނޑު ވެރިކަމުގައި ހުއްޓަސް، އަޅުގަނޑު ޖެހޭނެ ޕާޓީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން. އެނގިވަޑައިގަންނަވާ ކުރިއަށް އޮތް މަޖިލީހަށް އަޅުގަނޑުމެއް އެކީގައި ވަޑައިގަންނަވަން އެއްބަހެއް ނުވެވުނު. އެހެންވީމަ ވިސްނާފަ ޕާޓީގެ ކެމްޕެއިންގައި ފުލްކޮށް އަޅުގަނޑު ނުކުތީ،" އެމްޑީޕީގެ ކޮންގްރެސްގެ 791 މެމްބަރުންގެ އިއްތިފާގުން ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެޓީވީ ފަލަށާއިރު ޕްރޮގްރާމްގައި އާމިރު ސަލީމް(ކ) އަރިހުގައި ރައީސް ސޯލިހު

އެމްޑީޕީގެ އަސާސީގަވާއިދުގެ 75 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީ ވެރިކަމުގައި އޮންނައިރު، އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އެ ބޭފުޅެއް ކަމަށެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައިވެއެވެ.

އެމްޑީޕީގެ އެންމެ އިސް ފަރާތުގެ ވާޖިބުތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި ބުނެފައި ވަނީ ޕާޓީގެ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށްޓަކާ ޕާޓީގެ އަސާސީ ގަވާއިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާ މަޝްވަރާކޮށް، އެ ފަރާތްތަކާ އެކުއެކީގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމެޓީ އާއި ޕާލަމެންޓްރީ ގްރޫޕުގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ވެސް ޕާޓީގެ އެންމެ އިސް ފަރާތުގެ ވާޖިބެއް ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް