Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. ހޯރަފުށި

ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ

މި ސަރުކާރު ނުގެނެވުނު ނަމަ، އެއާޕޯޓު ނޭޅޭނެ: މިނިސްޓަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 25 މާރިޗު 2019 | ހޯމަ 13:55
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހޯރަފުށީގައި ވާހަކަފުޅު ދައްކަވަނީ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހޯރަފުށީގައި ވާހަކަފުޅު ދައްކަވަނީ

ހޯރަފުށީގައި އެއާޕޯޓް އެޅުމަކީ އެ ރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުންދިޔަ އިންތިޒާރެއް ކަމަށާއި ހއ. އަތޮޅުގެ އެކި ދިމަ، ދިމާލުގައި އަޅަން ނިންމި އެއާޕޯޓް ވާ ޖަހައި ދަމާފައި ހޯރަފުއްޓަށް ގެނެސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ ވާހަކައަކީ ކުޑައިރު ވެސް އަޑުއިވެމުންދިޔަ ވާހަކައެއް ކަމަށާއި އެ ރަށުގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ނިންމުމަކީ އެތައް ދުވަހެއް ވަންދެން އުންމީދުކޮށްގެން ތިބި ކަމެއް ހާސިލުވުމުން ކަމަށެވެ.

އުފަން ރަށް، ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށުގައި އެއާޕޯޓް އެޅުމަށް ނިންމުނީ ރައްޔިތުންގެ ހިތްވަރާއި އެއްބާރުލުން ސަރުކާރަށް ލިބުމުން ކަމަށެވެ. ހޯރަފުށީ ރައްޔިތުންގެ އަގުލަބިއްޔަތާ އެކު، ރައީސް ސޯލިހުގެ ސަރުކާރު ނުގެނެވުނު ނަމަ، އެއާޕޯޓުގެ މަސައްކަތް އެ ރަށުގައި ނުފެށުނީސް ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުޑައިރުން ފެށިގެނ އަޑު އިވެމުންދަނީ ކޮން އިރަކުންތޯ ހޯރަފުށީގައި އެއާޕޯޓެއް އެޅޭނީ. އެއާޕޯޓް އިހަވަންދޫ އާއި އެއާޕޯޓް ހުވަހަންދޫއާ އެކި ތަންތަނަށް ދެމެމުން ދެމެމުން ގޮއްސައި، ވާ ޖަހާފައި މި އޮތީ މާތްﷲގެ އިރާދަފުޅުން ހޯރަފުއްޓަށް ގެނެސްފައި،" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ޝުއިބު މުހައްމަދު އިގުބާލް

ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ހޯމަ ދުވަހުގެ ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތަށް މިނިސްޓަރު ނަހުލާ ހޯރަފުއްޓަށް ވަޑައިގަތުމާ އެކު، އެކަމަނާ އަށް ހޫނު މަރުހަބާއެއް އެ ރަށުން ވަނީ ދަންނަވާފައެވެ. އައިޝާ ހޯރަފުއްޓަށް ވަޑައިގަތުމާ އެކު، އެކަމަނާގެ މަންމާފުޅު ހަދީޖާ އިބްރާހިން ވަނީ މަރުހަބާ ވިދާޅުވެފައެވެ. ދެމައިން އުފަލުން ބައްދާލި ވަގުތު މަންމާފުޅުގެ ލޮލުން ކަރުނަ ހިލުނެވެ.

ވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު، މިއީ ނަހުލާގެ އުފަން ރަށް ހޯރަފުށްޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު