Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިސް މޮސްކޯ

ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި

ތާޖު ހޯދިއިރު ޑައިމެންޑްގެ އެތިކޮޅުތައް މަދު: އޯގަނައިޒާ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 23 މާރިޗު 2019 | ހޮނިހިރު 05:53
2018 ވަނަ އަހަރުގެ ރަޝިއާގެ މިސް މޮސްކޯގެ މަގާމު ހޯދި އެލީސީއާ ސެމެރެންކޯ

2018 ވަނަ އަހަރުގެ ރަޝިއާގެ މިސް މޮސްކޯގެ މަގާމު ހޯދި އެލީސީއާ ސެމެރެންކޯ

ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފިއެވެ.

ބަލިވެގެން ކަމަށް ބުނެ އިވެންޓަކަށް ހާޒިރުނުވެ ބަހަނާ ދެއްކުމަށް ފަހު ރާއްޖޭއަށް އައުމުން ލަގަބު އަތުލާފައި ވަނީ 2018 ވަނަ އަހަރުގެ ރަޝިއާގެ މިސް މޮސްކޯގެ މަގާމު ހޯދި އެލީސީއާ ސެމެރެންކޯ އަތުންނެވެ. އޭނާ އަށް ދީފައިވާ ޑައިމަންޑް ތާޖު އަނބުރާ ވަނީ އަތުލާފައެވެ.

އިކޮނޮމިކްސް ކިޔަވަމުންދާ އުމުރުން 24 އަހަރުގެ އެލޭސިއާ އަށް ލިބުނު ތާޖު ވެސް މިހާތަނާ ޖެހެންދެން އޭނާ ގެންގުޅުނީ ފޮރުވައިގެންނެވެ. އޯގަނައިޒަރުން ބުނެފައި ވަނީ ތާޖް އަނބުރާ ހަވާލު ކުރަން ބުނުމުން ހަވާލު ނުކޮށް ގޭގައި ފޮރުވައިގެން ގެންގުޅުމުގެ އިތުރުން އަނބުރާ ހަވާލުކުރި އިރު ތާޖުގެ ޑައިމެންޑް އެތިކޮޅުތައް މަދު ކަަމަށެވެ.

''އަހަރުމެންނަށް ވަރަށް އުދަނގުލުން އޭނާ އަތުން ތާޖް ހޯދުނީ ވެސް. އޮތީ ހަލާކު ކޮށްލާފައި. އެއީ ގޯލްޑް ޕްލެޓް އިން ހަދާފައިވާ އަގުބޮޑު ތާޖެއް،'' އިންތިޒާމް ކުރި ފަރާތުން ބުންޏެވެ.

އެހެން ނަމަވެސް އޭނާ ބުނެފައި ވަނީ ތާޖަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެ ކަމަށާއި، ބަޔަކު އޭނާގެ އަގު ވައްޓާލުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. މިހާރު ދެން އެ ތާޖު ދިނުމަށް ހަމަޖެހިފައި ވަނީ އެލޭސިއާ ވާދަކޮށް މިސް މޮސްކޯގެ ދެވަނަ މަގާމު ހޯދި ސޭނިއާ ޕަަލޭނޮވާ އަށެވެ.

އެވޯޑް ދިން ފަރާތުން ބުނީ، މިސް މޮސްކޯގެ މަގާމު އޭނާ އަށް ދިންއިރު އޭނާ ބައިވެރިވާން އެއްބަސްވެފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އޭނާ އަށް ގުޅަން އެ މީހުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަަމަށެވެ. އަދި ތަކުރާރުކޮށް އޭނާ އުޅެނީ ބަލިވެގެން ކަަމަށް ބުނަމުން ދިޔަ ކަަމަށެވެ.

''އެއްފަހަރު ބަލިވެފައި ދެން އަނެއްކާ ވެސް އޭނާ ބުނީ ބަލިވެޔޭ އުޅެނީ. އެތައް މަސްތަކެއް ވަންދެން އެކަން ތަކުރާރު ކުރި،'' އިވެންޓްގެ އޯގަނައިޒަރު ބުންޏެވެ.

އޯގަނައިޒަރު ބުނީ މި ފަހަރު އޭނާ ބައިވެރިވާން ޖެހޭ ރަޝިއާގެ މިލިޓަރީގެ އިިވެންޓެއްގައި ބައިވެރިނުވެ ދެން ފެނުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކެެއް ކަމަށެވެ.

މިސް މޮސްކޯ ކޮންޓެސްޓްގެ ޑިރެކްޓަރު ޓަޓިއާނާ ބުނީ، އެ މަގާމު ލިބޭ ފަރާތުން އެއް އަހަރު ދުވަސް ވަންދެން އިންތިޒާމް ކޮށްގެން ހިންގާ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެކަމަކު ހަރާކަތެއްގައި ބައިވެރި ނުވާއިރު ރިހާސަލްގައި ވެސް އެލޭނާ ބައިވެރި ނުވާކަން ޓަޓިއާނާ ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު

އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު

21 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު