Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވޫޑް

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

"ރައީސް" ބެލުމަށް ޕާކިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިންތިޒާރުގައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2017 | ބުދަ 11:20
ޕާކިސްތާނުގެ ސިނަމާއެއްގައި ޓިކެޓް ގަތުމަށް ބަޔަކު ކިޔުގަ ޖެހިގެން. - ފޮޓޯ/ ރޮއިޓާސް

ޕާކިސްތާނުގެ ސިނަމާއެއްގައި ޓިކެޓް ގަތުމަށް ބަޔަކު ކިޔުގަ ޖެހިގެން. - ފޮޓޯ/ ރޮއިޓާސް

އިންޑިއާގެ ބްލޮކްބަސްޓާ ފިލްމެއް ކަމަށްވާ "ރައީސް" އެޅުވުމަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުގެ ސެންސަރު ބޯޑުން ބުނެފިއެވެ.

ބޮލީވޫޑް ސުޕަސްޓާ ޝާހްރުކް ޚާނާ އެކު ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ޚާން ފެނިގެންދާ "ރައީސް" ދެއްކުން މަނާކޮށްފައި ވަނީ އެ ގައުމުގައި ދެއްކުން އެކަށީގެން ނުވާ މަންޒަރުތައް ހިމެނޭތީ ކަމަށް ޕާކިސްތާނުގެ ޕެނަލް އޮފް ފިލްމް ސެންސާސް، މުބައްޝިރު ހުސައިން ވިދާޅުވިއެވެ.

ނަމަވެސް އޭގެ ތަފްސީލް ދެއްވަން އޭނާ ދެކޮޅު ހެއްދެވިއެވެ. މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ "ރައީސް" މަނާކޮށްފައި ވަނީ އެ ފިލްމްގައި މުސްލިމުންގެ ގޮތުގައި ބަޔަކު ދައްކާ އިރު ދީނާ ނުގުޅޭ އެތައް ކަމެއް ކުރާ މަންޒަރުތައް ހިމަނާފައި ވާތީ ކަމަށެވެ. އަދި އިސްލާމްދީނާ މެދު ނުބައި ތަސައްވުރެ އެ ފިލްމުގައި ދައްކުވައިދީފައިވާތީ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި މިހާރު ވެސް ބޮޑު އާމްދަނީއެއް ހޯދާފައިވާ "ރައީސް" ބެލުމަށް ޕާކިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިންތިޒާރުގައެވެ. ހާއްސަކޮށް އެ ގައުމުގެ އަންހެން ތަރިއަކު ފެނިގެންދާތީ ގިނަ ބަޔަކު މި ފިލްމް ސިނަމާތަކުން ބެލުމަށް ތިބީ ކެތްމަދުވެފައެވެ. އާންމު ގޮތެއްގައި ވެސް ބޮލީވޫޑްގެ ފިލްމްތަކަށް ޕާކިސްތާނުގައި ބޮޑު ތަރުހީބެއް ލިބެއެވެ. ނަމަވެސް ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ހިމެނޭ ޖައްމު-ކަޝްމީރުގެ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ނުކުރެވޭ ގޮތަށް ހަމަޖައްސައި ތަރިންތައް އަނބުރާ ފޮނުވާލުމަށް އިންޑިއާ އިން ނިންމުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ވަނީ މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ބޮލީވުޑްގެ ފިލްމްތައް ޕާކިސްތާނުގައި އެޅުވުން ވަނީ މަޑުޖައްސާލާފައެވެ. އަދި ކޭބަލް އޮޕަރޭޓަރުންނަށް ހިންދީ ޗެނެލްތައް ދެއްކުން ވެސް ވަނީ ސަރުކާރުން މަނާކޮށްފައެވެ.

ރާހުލް ޑޮލާކިއާ ޑައިރެކްޓްކޮށްފައިވާ މިފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނައިރު، ކްރިޓިކުން ބުނާ ގޮތުގައި ފިލްމު މިހާ ކާމިޔާބުވުމުގެ ސިއްރަކީ ފިލްމުގައި ދައްކުވައިދީފައިވާ ޕާކިސްތާނު އެކްޓްރެސްއެއް ކަމަށްވާ މާހިރާ ޚާން އާއި ނަވާޒުއްދީން ޞިއްދީޤީ ހިމަނައިގެން ނެރުނު ފިލްމު "ރައީސް" އަންނަނީ މިއަހަރު އިންޑިޔާގެ ބޮކްސް އޮފީހުގައި ހަދާފައިވާ އެތަކެއް ރެކޯޑުތަކެއް މުގުރާލަމުންނެވެ.

ޕާފޯމެންސްގެ އިތުރުން އޭގައި އެކުލެވޭ "އަސަރުގަދަ" ޑައިލޮގްތަކަށާއި ވަކިން ޚާއްޞަކޮށް ފިލްމުގެ މިއުޒިކަށް ގިނަ ބަޔަކު ވަނީ ތަޢުރީފްކޮށްފައެވެ.

.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

02 މާރިޗު 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު