Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

ލީވާން އަލީ
ލީވާން އަލީ | 8 ފެބުރުއަރީ 2017 | ބުދަ 16:06
"ޑަންގަލް" ގެ ޑައިރެކްޓަރ ނިތޭޝް ތިވާރީ

"ޑަންގަލް" ގެ ޑައިރެކްޓަރ ނިތޭޝް ތިވާރީ

"ޑަންގަލް" ގެ ބޮޑު ކާމިޔާބީއަށް ފަހު ފިލްމްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އޭނާގެ އާ ފިލްމަކަށް ތައްޔާރު ވެއްޖެ އެވެ.

އެ ފިލްމްގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ނިތޭޝް ވަނީ ބުނެފައެވެ.

ނިތޭޝް ބުނީ މި ފިލްމް ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވަނީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމްތަކެއް ޕްރޮޑިއުސް ކޮށްފައިވާ ތިން ފަރާތް ކަމުގައިވާ ރޮނީ ސްކްރެވާލާ އާއި ސިދްހާތު ރޯއީ ކަޕޫރްގެ އަދި ކަރަން ޖޯހަރާ ގުޅިގެން ކަމަށެވެ.

މި ފިލްމްގެ ކާސްޓުންގެ ނަންތައް ހާމަ ކޮށްފައި ނުވި ނަމަވެސް ނިތޭޝް ބުނެފައިވަނީ އާމިރުޚާނާއެކު މަސައްކަތްކުރާ ހިތްވާ ކަމަށާއި އޭނާގެ ފިލްމްގައި އާމިރްހާންގެ އެކްޓް ދައްކާލުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.ނަމަވެސް އާމިރު ޚާން މިހާރު ދަނީ ވިޖޭ ކްރިޝްނާ އަޝަރްޔާގެ "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތްތައް ކުރަމުންނެވެ.

އެ ފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. އެހެން ކަމުން އާމިރްހާންއަށް ނިތޭޝްގެ ފިލްމުގެ މަސައްކަތް ތަކުގައި ބައިވެރިވެވޭނީ މި ފިލމުގެ ހުރިހާ މަސައްކަތެއް ނިމުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
05 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު