Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ޖަޔަޕޫރަށް ދެން ނުދާނެ ކަމަށް ބަންސާލީ ބުނެފި

ޖަޔަޕޫރުގައި ނަގަމުންދިޔަ "ޕަދްމާވަތީ" ގެ ޝޫޓިން ކެންސަލްކުރުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 11:27
ޖަޔަޕޫރުގުގައި ހުންނަ "ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގުން

ޖަޔަޕޫރުގުގައި ހުންނަ "ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގުން

ޖަޔަޕޫރުގުގައި ހުންނަ "ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގައި، ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ހަމަލާ ދިނުމުގެ ސަބަބުން ދެން ދުވަހަކު ވެސް އެތަނަށް ނުދާން އޭނާ ނިންމައިފިއެވެ.

ބަންސާލީ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޖަޔަޕޫރުގައި ނަގަމުންދިޔަ "ޕަދްމާވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފައިވާ ކަމަށާއި ދެން ދުވަހަކު ވެސް ޖަޔަޕޫރަށް ނުދާނެ ކަމަށެވެ.

ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާ ފިލްމްގެ ޝޫޓިން ހުއްޓުވާފައިވަނީ ބަންސާލީ މީގެ ކުރިން ވެސް ރާޖުޕޫތުގެ ތާރީހް އޮޅުވާލައިގެން ފިލްމް އުފައްދާފައިވާ ކަމަށް ބުނެއެވެ. އަދި މިފަހަރު ފިލްމް އުފެއްދުމުގެ ކުރިން ސްކްރިޕްޓް ދައްކަން ބުނެފައިވާނެ ކަމަށް ބުނި ނަމަވެސް ބަންސަލީ ސްކްރިޕްޓް ދައްކާފައި ނުވާ ކަމަށާއި ތާޜީހް އޮޅުވާލައިގެން ފިލްމް އުފައްދަން ފުރުސަތު ނުދޭނެ ކަމަށް އެކްޓިވިސްޓުން ވަނީ ބުނެފައެވެ.

އެކްޓިވިސްޓުން ބުނެފައިވަނީ އެމީހުންގެ އަތުގައި ހުރި ފޮތްތަކުގައި ރާނީ ޕަދްމިނީ އާއި އަލާއުއްދީން ހިލްޖީގެ ލޯބީގެ ވާހަކަތަކެއް ނެތް ކަމަށެވެ. ނަމަވެސް ބަންސާލީގެ ފިލްމުގައި އެފަދަ ލޯބީގެ މަންޒަރުތަކެއް ހިމަނާކަމަށެވެ.

ބަންސާލީގެ ބަޔާނުގައި ބުނެފައިވަނީ އެކްޓިވިސްޓުން އެބުނާ ކަހަލަ ރާނީ ޕަދްމަވަތީ އާއި އަލާއުއްދީން ހިލްޖީގެ މަންޒަރެއް އެއީ ހުވަފެނީ މަންޒަރެއް ވިޔަސް ނުހިމެނޭ ކަމަށެވެ. އަދި އެމީހުން އެނާއަށް ގެއްލުން ދިނީ ހީވާ ހީވުމަކަށް ބަޔަކު ދެއްކި ވާހަކއެއް ގަބޫލު ކޮށްގެން ކަމަށް ބަޔާނުގައި ވެއެވެ.

ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބަންސާލީ އުފައްދަމުން އަންނަ މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާ އެކު ހުކުރު ދުވަހު ޖެއިޕޫރުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ފިލްމުގެ މަސައްކަތް މެދު ކނޑާލާ ބަންސާލީ ވަނީ މުމްބައީ އަށް ގޮސްފައެވެ.

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ވިކްރަމް ސިންހަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެޕާޓީން މުޒާހަރާ ކުރަމުން ދަނީ ތާރީޚީ ގޮތުން ދޮގު މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.

އެންމެ ފުރަތަމަ ވެސް ބަންސާލީގެ މި ފިލްމަކީ ޗިޓޯރުގެ ރަސްކަލުން ރަތަންސޭންގެ އަނބިކަނބަލުން ރާނީ ޕަދްމިނީ (ޕަދްމާވަތީ) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަން ހާމަ ކުރުމާ އެކު ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ ޕާޓީން ވަނީ މި ފިލްމުގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ނަމަ ފިލްމް އެއްވެސް ތަނެއްގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ފުލުހުން ވަނީ ސެޓަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައެވެ. އަދި ބަންސާލީ އާއި "ޕަދްމާވަތީ"ގެ ޓީމަށް ފުލުހުން ސަލާމަތްތެރިކަން ދީފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި "ޕަދްމާވަތީ" ސެޓަށް ވަދެ ކާނި ސެނާ ޕާޓީގެ މެންބަރުން ވަނީ ފިލްމް ޝޫޓިންގައި ބޭނުންކުރަމުންދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑަތި ސާމާނުތައް ހަލާކުކޮށްފައެވެ. އަދި މުޒާހަރާ ކުރި މީހުންގެ ކިބައިން ބަންސާލީ ސަލާމަތް ކުރަން ފިލްމް ކުރޫއިން މަސައްކަތް ކުރި ނަމަވެސް ބަނަސާލީގެ ކަންފަތް މަތީގައި ޖަހާ ބޮލުގެ އިސްތަށިގަނޑަށް ދަމާ ތަން ވެސް އެވީޑިއޯއިން ފެނެއެވެ.

މިހަމަނުޖެހުން ހިންގިއިރު އެފިލްމުގައި ލީޑު ރޯލް އަދާކުރާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދް ކަޕޫރު އެވަގުތު ފިލްމް ސެޓްގައި ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓުން "ޕަދްމާވަތީ"ގެ ސެޓަށް ވަދެ ހަމަނުޖެހުން ހިންގި މި މައްސަލަ ބޮލީވޫޑްގެ ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ވީޕް" އެކްޓެރެސް ޖޫލިއާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެފި

"ވީޕް" އެކްޓެރެސް ޖޫލިއާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެފި

29 ސެޕްޓެމްބަރު 2017
މި ފަހަރު އުފަން ދުވަސް ފާހަގަކުރަން ބޭނުން ނުވާ ކަމަށް އަމީތާބް ބުނެފި

މި ފަހަރު އުފަން ދުވަސް ފާހަގަކުރަން ބޭނުން ނުވާ ކަމަށް އަމީތާބް ބުނެފި

14 އޯގަސްޓު 2017
އަޖޭއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ކާޖޮލް ބުނެފި

އަޖޭއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ކާޖޮލް ބުނެފި

09 އޯގަސްޓު 2017
"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

17 މެއި 2017
ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު