Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

މި ލަވައަކީ ދާދި ފަހަކާ ޖެހެންދެންވެސް އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ރީތި ލަވައެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ފެބުރުއަރީ 2017 | އާދީއްތަ 12:00
ވަރުން އަދި އާލިއާ ބަޓް

ވަރުން އަދި އާލިއާ ބަޓް

ނަވާރަ ސަތޭކަ ނުވަ ދިހަ ވަނަ އަހަރު ބެލުންތެރިންނަށް ފެނިގެން ދިޔަ ފިލްމެއްކަމަށްވާ " ތާނޭދާރް" ގެ މަޝްހޫރު ލަވައެއް ކަމަށްވާ "ތަމާ ތަމާ އެގެއިން" ގެ އާ ވާޝަންއެއް ރިލީޒްކޮށްފިއެވެ.

ސަންޖޭ ދަތު އަދި މަދޫރީ އެކުގައި ފުރަތަމައަށް ފެނިގެންދިޔަ މި ފިލްމުގެ މި ލަވައަކީ ދާދި ފަހަކާ ޖެހެން ދެން ވެސް އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ރީތި ހިތްގައިމު ލަވައެކެވެ.

މިހާރު މިވަނީ އެ ލަވައިގެ ފަހުގެ ވާޝަން ރިލީޒްކޮށްފައެވެ. ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ވަރުން ދާވަން އެކުގައި ފެނިގެންދާ މި ލަވައަކީ މާޗް މަހުގެ 10 ވަނަ ދުވަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ " ބަދުރިނާތު ކި ދުލްހަނިޔާ"ގެ ލަވައެކެވެ.

ޝަޝަންކް ކައިތާން ޑައިރެކްޓްކޮށް، ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ 2014 ވަނަ އަހަރު ބޮލީވުޑްގައި ކުރިއަރައިގެންދިޔަ ހެއްވާ މަޖާ ފިލްމެއް ކަމުގައިވާ " ހަމްޕްޓީ ޝަރްމާކީ ދުލްހަނިޔާ" ގެ ދެވަނަ ބައެވެ.

މި ފިލްމުގެ "ތަމާ ތަމާ އެގެއިން " ލަވަ ރިލީޒްކޮށް ޕްރޮމޯޓް ކުރުމަށްޓަކައި އާލިއާ އަދި ވަރުން ވަނީ މި ލަވައިގެ އަސްލު ދެބައިވެރިން ކަމަށްވާ ސަންޖޭ އަދި މަދޫރީ އާއި އެކުގައިވާ ވީޑިއޯއެއް ޓްވިޓާގައި ޝެއާކޮށްފަ އެވެ.

ހިތްގައިމު ހަރަކާތްތަކެއް ފެނިގެންދާ މި ލަވަ ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

"ގޯލްމާލް އެގެއިން" ގެ ޓްރެއިލާއަށް 20 މިލިއަން ވިއުސް

25 ސެޕްޓެމްބަރު 2017
"ގޯލްމާލް އެގެއިން" ގެ ޓްރެއިލާއަށް 20 މިލިއަން ވިއުސް
24 ސެޕްޓެމްބަރު 2017

"އޭބީސީޑީ3" ގައިވެސް ވަރުން ދަވަން

24 ސެޕްޓެމްބަރު 2017
"އޭބީސީޑީ3" ގައިވެސް ވަރުން ދަވަން
03 އޯގަސްޓު 2017

"ޓައިގާ ޒިންދާހޭ"ގެ އެންމެ ފަހުގެ ޝޫޓިން އަބޫ ދާބީގައި !

03 އޯގަސްޓު 2017
 "ޓައިގާ ޒިންދާހޭ"ގެ އެންމެ ފަހުގެ ޝޫޓިން އަބޫ ދާބީގައި !
29 ޖޫން 2017

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

29 ޖޫން 2017
"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި
06 އެޕްރީލު 2017

ވަރުން ދާވަން ޓްވިޓަރ އާއި ދުރަށް

06 އެޕްރީލު 2017
ވަރުން ދާވަން ޓްވިޓަރ އާއި ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު