Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނަން: ރައީސް

23 މާރިޗު 2019 | ހޮނިހިރު 04:11

ނިމިދިޔަ ސަރުކާރުގައި ފެނުނީ ތަރައްގީގެ ނަމުގައި ވެރިންގެ ޖީބު ފުރިގެން ދިޔަ މަންޒަރު ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 23 މާރިޗު 2019 | ހޮނިހިރު 04:11
ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ރ. އަތޮޅުގެ ފަސް ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު

ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ރ. އަތޮޅުގެ ފަސް ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު

އެއްވެސް ފިކުރަކަށް ކުޑަވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މި ސަރުކާރު ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އަލިފުށީގައި އޮތް އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ނިމުނު ވެރިކަމުގެ ތެރޭގައި ރާއްޖޭގެ ރަށްތަކަށް ތަރައްގީ އައިސްފައި ވަނީ އެއްވެސް ހަމަހަމަ ކަމެއް ނެތި ކަމަށެވެ. ރައީސް ވިދާޅުވި މި ވެރިކަމުގައި އެކަންކަން ބަދަލުކޮށް، ވެރިކަމުގެ ފަސް އަހަރު ނިމިގެންދާ އިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން "ބޮޑު" އެއްވެސް ކަމެއް ނުކުރާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ދައްކަނީ ވައްކަމުގެ ވާހަކަ ކަމުގައި ވަނީ ނަމަ އެއީ ތެދެއް ކަމަށެވެ. ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގި ހުރިހާ މަޝްރޫއުތަކުން ވެސް ފެނިގެން ދިޔައީ ވެރިންގެ ޖީބުތައް ފުރިގެން ދިޔަ މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުގައި އެކަން ތަކުރާރު ވިޔަ ނުދެއްވޭނެ ކަމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ރ. އަތޮޅަކީ ވެސް ބޯޑު އަތޮޅެއް ކަމަށާއި އެ އަތޮޅުގެ ތަރައްގީއަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވަނީ ރ. އަތޮޅުގެ ތަރައްގީއަށް މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ހުރިހާ މަޝްރޫއެއް ފެށިގެން ދާނެ ކަމުގެ ޔަގީންކަން ރ. އަތޮޅުގެ ރައްޔިތުންނަށް އަރުވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ އިންތިހާބުގެ ފަހުން މި އަތޮޅަށް އާދެވުނު ފުރަތަމަ ފަހަރު ކަމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރ. އަތޮޅުގެ ރައްޔިތުން އެ މަނިކުފާނަށް ދެއްވިި ވޯޓަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ ކުރިން އެމްޑީޕީއަށް މި އަތޮޅު ތަމްސީލުކުރަން ލިބުނީ އެއްމެ ގޮނޑިއެއް ކަމަށާއި އުއްމީދަކީ މި ފަހަރު މިކަން ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވެ އެ އަތޮޅުގެ ރައްޔިތުން އަރިހުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަން އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ށ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް ށ. އަތޮޅަށެވެ. އެ ގޮތުން ރައީސް އެއްމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު ކޮމަންޑޫއަށެވެ. އެ އަށް ފަހު އެ އަތޮޅު ފުނަދޫ އަދި ފޯކައިދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް