Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެކްސިޓް

ބްރެކްސިޓް ފަސްކޮށްދޭން ބޮޑުވަޒީރު މޭ އީޔޫއަށް ދަންނަވަނީ

މޭގެ ދެވަނަ ހުށަހެޅުއްވުންވެސް 149 ވޯޓާއެކު މިދިޔަ ހަފްތާގައިވަނީ ބޭރުކޮށްލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2019 | ބުދަ 07:10
ރަސްމީ އޮފީހުން ބުނެފައި ވަނީ އަދި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް

ރަސްމީ އޮފީހުން ބުނެފައި ވަނީ އަދި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް

އީޔޫ އިން އިނގިރޭސިވިލާތް ވަކިވުން ފަސްކޮށްދިނުމަށް ރަސްމީކޮށް އެދިވަޑައިގެން އީޔޫއަށް ލިޔުއްވުމަށް ބޮޑުވަޒީރު ތެރީސާ މޭ ނިންމަވައިފިއެވެ.

މިނިސްޓަރަކާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ އީޔޫ އިން ވަކިވުން އެންމެ ދިގުވެގެން ފަސްކުރަނީ ދެ އަހަރަށް ކަމަށެވެ. ނަމަވެސް ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޓެން ޑައުނިންގް ސްޓްރީޓުން ބުނެފައިވަނީ އަދި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރައްވާ މައިކަލް ބާރނިއަރ ވިދާޅުވީ އިނގިރޭސި ވިލާތުގެ "ހަރުދަނާ ޕްލޭނެއް" ނެތި އެ ޖަމާއަތުން އެކަން ނުކޮށްދޭނެ ކަމަށެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ބޮޑުވަޒީރު މޭ އެ ޖަމާއަތާ އެކު މަޝްވަރާކުރެއްވުމަށް ފަހު ހުށަހެޅުއްވި ދެވަނަ އެއްބަސްވުން ވެސް ގާނޫނު ހަދާ މަޖިލީހުން މިދިޔަ ހަފްތާގައި 149 ވޯޓާ އެކު ވަނީ ބޭރުކޮށްލާފައެވެ.

މީގެ އިތުރުން އެ މެމްބަރުން ވަނީ އީޔޫއާ އެކު އެއްބަސްވުމެއް ނެތި އެ ޖަމާއަތުން ވަކިވުމަށް އަދި ވަކިވުމުގެ މުއްދަތު ފަސްކޮށްދިނުމަށް ވޯޓް ދެއްވާފައެވެ.

އީޔޫ އިން ވަކިވުމަށް ވެވުނު އެއްބަސްވުމުގެ ގޮތުގައި ބޮޑުވަޒީރު މޭ ޖެނުއަރީ މަހު ހުށަހެޅުއްވި ހުށަހެޅުއްވުމާ ދެކޮޅަށް 230 މެމްމަބަރުން ވޯޓް ދެއްވާފައިވާއިރު އެއީ އެ ގައުމުގެ ތާރީޚުގައި ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ހުށަހެޅުމާ ދެކޮޅަށް އެންމެ ގިނަ ވޯޓް ލިބުނު ފަހަރެވެ.

އެ ފަހަރުގެ ވޯޓުގައި އެއްކޮޅަށް 202 މެމްބަރަކު ވޯޓް ދެއްްވާފައިވާއިރު ދެކޮޅަށް ވޯޓްދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ 118 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.

އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު