Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަހަރާ

އާސަހަރާ ފުރި އަނެއްކާ ވެސް ފަސް އަޅަނީ

އާ ސަހަރާ ފުރިގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވަނީ ފަސް އަޅާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 މާރިޗު 2019 | އާދީއްތަ 07:29
އާސަހަރާ

އާސަހަރާ

އާސަރަހާއަށް އަނެއްކާ ވެސް ފަސް އަޅަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އާސަހަރާގަ ޖާގަ ނެތުމުން ޖާގަ ހެދުމަށްޓަކައި، ސަހަރާގެ އިރުމަތި ފަރާތަށް ވެލި އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އާސަހަރާގެ އިރުމަތީ ފަރާތުގެ މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައި ހުރި މަހާނަ ގައުތައް، މައްޔިތުންގެ އާއިލާގެ ފަރާތުން 31 މާރޗް 2019 ގެ ނިޔަލަށް ނެގުމަށް އެދޭ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ނުނަގާ ހުރި ގައުތައް، އެތަނުން ނަގައި އެތަނަށް ވެލި އެޅޭނެ ކަމަށާއި މަހާނަ ގައުތައް ނެގުމުގައި، އެ ގައުތަކަށް ލިބިދާނެ ގެއްލުމަކަށް، އެ ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އާ ސަހަރާ ފުރިގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވަނީ ފަސް އަޅާފައެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ގެންނަން ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް މީހުންގެ ޝަކުވާތަކާއި ގުޅިގެން އެކަން ވަނީ ހުއްޓާލާފައެވެ.

މާލެ ސިޓީގައި މިހާރު މީހުން ވަޅުލަން އޮންނަ ހަމައެކަނި ތަނަކީ އާސަހަރާއެވެ. މިދިޔަ ސަރުކާރުގައި މާލޭގައި މީހުން ވަޅުލުން ހުއްޓާލައި ހުޅުމާލޭގައި މީހުން ވަޅުލާ ގޮތަށް ވެސް ހަމަޖެއްސިއެވެ. ނަމަވެސް ބްރިޖް ނެތުމުން މައްޔިތާ އުފުލުގައި ދަތިތައް ދިމާވުމާ ގުޅިގެން އެކަން ބަދަލުކުރިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު