Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

އިންތިޚާބް ފަސްކޮށްފައިވަނީ އަންނަ މަހުގެ 4 ހޮނިހިރު ދުވަހަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޖެނުއަރީ 2017 | ހޯމަ 12:37
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނިމިދިޔަ ދައުރުގެ މެންބަރުން- ފައިލް ފޮޓޯ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނިމިދިޔަ ދައުރުގެ މެންބަރުން- ފައިލް ފޮޓޯ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓް ނެގެން ފަސްކޮށްފިއެވެ.

މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލްކުރާ އަށް މެންބަރުންގެ ތެރެއިން އެއް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން އެންމެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ބާއްވަން ނިންމީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ. އަދި ރެޖިސްޓްރީކުރުން ޖެނުއަރީ 23، 24 އަދި 25 ގައި ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް ފަސްކުރިކަން ކެންޑިޑޭޓުންނަށް އެނގުނީ ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހޯމް މިނިސްޓްރީ އަށް ދިޔުމުންނެވެ.

Advertisement - newsAdvertisement

ހޯމް މިނިސްޓްރީން ބުނީ އިންތިޚާބު ފަސްކުރީ ނޫން ކަމަށާއި އިންތިޚާބުގެ ވޯޓު ނަގާ ދުވަސް ފަސްކުރީ ކަމަށެވެ. އެހެން ކަމުން ބާއްވަނީ އާ އިންތިޚާބަކަށް ނުވާތީ ކުރިމަތިލުމަށް ހުޅުވާނުލާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުން މިހިނގާ ޖެނުއަރީ މަހުގެ 30، 31 އަދި މާރޗް މަހުގެ 01 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް ހޯމް މިނިސްޓްރީގައި ކުރިއަށް ދާނެ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން މައުލޫމާތު ދެއެވެ.

ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލްކުރާ މީޑިއާގެ ތައްގަނޑު ޖެހި ލިޔުމެއް ހުށަހަޅަން ޖެހެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ވޯޓުދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށް ކަމަށް އިއުލާންގައި ވެއެވެ.

މީޑިއާ ކައުންސިލަށް މީޑިއާގެ ފަރާތުން ކުރިމަތިލާފައިވަނީ ރާއްޖެ ޓީވީގެ ފަރާތުން އަލީ ޔޫސުފް އާއި ޗެނަލް 13 ގެ ފަރާތުން މުހައްމަދު ނިޔާޒްއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު